Roadha Mihaaru
އެކްސިޑެންޓުގައި ޒަހަމްވި ކުރީގެ މިޑްފީލްޑަރު މަރުވެއްޖެ

އެކްސިޑެންޓުގައި ސިކުނޑި މަރުވި، ރެއާލްގެ ކުރީގެ މިޑްފީލްޑަރު މަރުވެއްޖެ

14 އެޕްރީލް 2022

ކާލީ، ކޮލަމްބިއާ (އޭޕްރީލް 14) - ކާރު އެކްސިޑެންޓެއްގައި މިދިޔަ ހޯމަ ދުވަހު ޒަހަމްވެ، ސިކުނޑި މަރުވެގެން، ފަރުުވާދެމުން ދަނިކޮށް ރެއާލް މެޑްރިޑުގެ ކުރީގެ މިޑްފީލްޑަރު ފްރެޑީ ރިންކޮން 55 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

ކާލީ، ކޮލަމްބިއާ (އޭޕްރީލް 14) - ކާރު އެކްސިޑެންޓެއްގައި މިދިޔަ ހޯމަ ދުވަހު ޒަހަމްވެ، ސިކުނޑި މަރުވެގެން، ފަރުުވާދެމުން ދަނިކޮށް ރެއާލް މެޑްރިޑުގެ ކުރީގެ މިޑްފީލްޑަރު ފްރެޑީ ރިންކޮން 55 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

ކޮލަމްބިއާގެ ކާލީގައި ކާރު ދުއްވާފައި ދަނިކޮށް ބަހެއްގައި ޖެހިގެން ޒަހަމްވުމުން ރިންކޮން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި އެވެ. ރިންކޮން އަށް ފަރުވާ ދިން ޑޮކްޓަރުން ބުނެފައި ވަނީ އޭނާގެ ސިކުނޑި މަރުވެފައިވާ ކަމަށެވެ. އަދި އޭނާގެ ސިކުނޑީގެ އޮޕަރޭޝަނެއް ހެދި ނަމަވެސް އޭނާގެ ހަށިގަނޑު އެސާޖަރީއަށް ސަޕޯޓް ނުކުރިކަމަށް ޑޮކްޓަރުންނާ ހަވާލާދީ ކޮލަމްބިއާގެ މީޑީއާތަކުން ބުނެފައިވެ އެވެ.

ރިންކޮން، 55، މަރުވި ކަމަށް ޑޮކްޓަރުން އިއުލާން ކުރީ މިއަދު ހެނދުނު އެވެ.

ކުރީގެ ކުޅުންތެރިޔާ ދުއްވި ކާރު ޖެހުނު ބަހުގައި ތިބި މީހުންނަށް ވެސް އަނިޔާވި އެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ އެކި ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާ ދީފަ އެވެ.

ރިންކޮން އަކީ ކޮލަމްބިއާގެ ރަން ޖީލްގެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. އޭނާއާ އެކު ކޮލަމްބިއާ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި ކާލޯސް ވަލްޑެރާމާ، ފައުސްޓިނޯ އަސްޕްރިލާ، އެޑޮލްފޯ ވެލެންސިއާ، ވިލްސަން ޕެރޭޒް، އޮސްކާ ކޮރްޑޯބާ ފަދަ ކުޅުންތެރިން ހިމެނެ އެވެ.

"އެލް ކޮލޯސޯ" ގެ ނަމުން މަޝްހޫރު ވެފައިވާ ރިންކޮން ވަނީ ޕްރޮފެޝަނަލް ކެރިއަރުގައި ކޮލަމްބިއާގެ ސަންޓާ ފޭ، ބްރެޒިލްގެ ޕަލްމެއިރާސް، ނަޕޯލީ، ރެއާލް މެޑްރިޑް އަދި ކޮރިންތިއަންސް އަށް ކުޅެފަ އެވެ.

ކޮލަމްބިއާގެ ގައުމީ ޓީމާ އެކު އޭނާ ވަނީ ތިން ވޯލްޑް ކަޕް (އިޓަލީ 1990، އެމެރިކާ 1994 އަދި ފްރާންސް 1998) ގައި ކުޅެފަ އެވެ.