18 އެޕްރީލް 2022
ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން، ފަސްޓް ލޭޑީ ފަޒްނާ އަހްމަދާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން، ފަސްޓް ލޭޑީ ފަޒްނާ އަހްމަދާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، މުލީއާގޭގައި މިއަދު ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި ޗައިނާއާ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުމާއި އެއް ގައުމުން އަނެއް ގައުމަށް ދެމުން އަންނަ އެއްބާރުލުމާ ގުޅޭގޮތުން އެ ދެބޭފުޅުން ވާހަކަދެއްކެވި ކަމަށެވެ.
މި އަހަރަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރޭ މުނާސަބަތަށް ވާތީ، އެކަން ފާހަގަކުރުމަށް ރާވާފައިވާ ކަންކަމާ ގުޅޭ ގޮތުން ވެސް ސަފީރު ވާހަކަދެއްކެވި އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޗައިނާގެ ޓޫރިސްޓުނަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމުގައި ކުރިމަތިވާ ބައެއް ދަތިތައް ފާހަގަކުރައްވައި، އެ ބަލިމަޑުކަމުގެ ސަބަބުން ތައުލީމީ ދާއިރާ އަށް ކުރިމަތިވި ގޮންޖެހުންތައް ވެސް ފާހަގަކުރައްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުލިއާގޭގައި ބޭއްވި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ވަން ލިޒިން، ފަސްޓް ލޭޑީ ފަޒްނާ އަހްމަދަށް ހަދިޔާއެއް ހަވާލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
އެ އޮފީހުން ބުނި ގޮތުގައި، ދިވެހި ސަރުކާރުން ކުރިޔަށް ގެންދަވާ ހިލޭ ޑިގްރީ ޕްރޮގްރާމަށް ސަފީރު ތައުރީފުކުރެއްވުމުން، އެ ޕްރޮގްރާމުގެ ސަބަބުން މަތީ ތައުލީމު ހާސިލުކުރުމަށް މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައި ތިބި ގިނަ އަދަދެއްގެ އަންހެން ކުދިންނަށް އެކަމުގެ ފަސޭހަ ލިބުނު ކަމަށް ފަޒްނާ ވިދާޅުވި ކަމަށެވެ.
އެ ބައްދަލުކުރެއްވުމަށް ފަހު ޗައިނާގެ ސަފީރު ކުރެއްވި ޓުވީޓެއްގައި ވަނީ އަންހެނުންނާއި ކުޑަކުދިންނާ ގުޅޭ ކަންކަމުގައި ފަޒްނާ ކުރައްވާ މަސައްކަތަށް ތައުރީފްކުރައްވައި، އެ ދައިރާއިން ދެ ގައުމު ގުޅިގެން ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރަން އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
"ރާއްޖެއަށް ޗައިނާއިން އަބަދުވެސް އެއްބާރުލުން ދޭނެ"
ޗައިނާއިން ރާއްޖެއަށް އަބަދުވެސް އެހީވާނެ: އާ ސަފީރު
ޗައިނާގެ އާ ސަފީރު މަގާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
ޗައިނާއާއެކު އޮތް ގުޅުން ވާނީ ވަރުގަދަ: ރައީސް
ރާއްޖެއަށް އެންމެ ބޭނުންވާ ކަންކަމަށް އެހީވާނަން:ޗައިނާ
ޗައިނާއިން އިސްކަން ދެނީ ހިލޭ އެހީ ދިނުމަށް: ސަފީރު
ރާއްޖެ-ޗައިނާއާ ދެމެދު އަންނަ މަހު ދަތުރުތައް ފަށަނީ
130މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނީ މަޝްރޫއުތަކަށް
ރައީސަށް ޗައިނާ އިން ރަތްދޫލައިގެ މަރުހަބާއެއް