މި މަސް ފެށީ، ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކުގެ ވަރަށް ވަރުގަދަ ސީރީޒްތަކާ އެކު އެވެ. މިހާރު މި މަސް ނިމެން ކައިރިވެފައިވާއިރު، ކުރިއަށް ވެސް، އެކި ޖޯންރާތަކުގެ ވަރަށް ވަރުގަދަ ސީރީޒްތައް އެބަހުއްޓެވެ.
20 އެޕްރީލް 2022
މި މަސް ފެށީ، ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކުގެ ވަރަށް ވަރުގަދަ ސީރީޒްތަކާ އެކު އެވެ. މިހާރު މި މަސް ނިމެން ކައިރިވެފައިވާއިރު، ކުރިއަށް ވެސް، އެކި ޖޯންރާތަކުގެ ވަރަށް ވަރުގަދަ ސީރީޒްތައް އެބަހުއްޓެވެ.
ބަލާނެ އާ ސީރީޒެއް ހޯދާ މީހުންނަށް ގިނަ ފަހަރަށް ރަނގަޅު އެއްޗެއް އިހުތިޔާރުކުރުމަކީ ވަރަށް އުނދަގޫ ކަމެއް ދޯ އެވެ. އަބަދުވެސް އާ ގިނަ ސީރީޒްތަކެއް ނިކުންނާތީ، ރަނގަޅު ސީރީޒެއް ހޯދަން ވެސް އުނދަގޫވެދާނެ އެވެ. އެހެންވެ، މި ލިސްޓުކޮށްލަނީ މި މަހު ނިކުންނަ ސީރީޒްތަކުގެ ތެރެއިން އެންމެ ސަޅި ވާނެ އެއްޗެއްސެވެ.
އެންޑްރޫ ގާފީލްޑް ލީޑް ރޯލުން ފެންނަ އެ ސީރީޒަކީ ތުރިލާ އަދި މިސްޓްރީއެކެވެ. އެ ސީރީޒްގައި ދައްކަނީ 1984 އަހަރު ހިނގި ކަމެކެވެ. ސީރީޒް ފެށެނީ އެމެރިކާގެ ޔޫޓާގައި ދެ މީހަކު މަރާލި މައްސަލައަކާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފަށާ ހިސާބުންނެވެ. އެ މަސައްކަތުގައި އިސްކޮށް އުޅޭ ޑިޓެކްޓިވް ޖެބް ޕަޔާގެ ރޯލުން ފެންނާނީ ގާފީލްޑެވެ.
އެ ސީރީޒް ދައްކަން ފަށަނީ މި މަހު 28ގަ އެވެ. އެ ސީރީޒް ސްޓްރީމް ކުރާނީ ހުލޫ އިންނެވެ.
އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ މިޝެލް އޮބާމާ، ވައިޓް ހައުސްގައި ދިރިއުޅުއްވި ގޮތް ދައްކައިދޭ އެ ސީރީޒަށް ވަރަށް ގިނަ ބަޔަކު އައީ އިންތިޒާރުކުރަމުންނެވެ. އެ ސީރީޒްގައި މިޝެލް އޮބާމާގެ ރޯލު ކުޅެފައި ވަނީ އޮސްކާ އެވޯޑް ހޯދާފައިވާ އެމެރިކާގެ އެކްޓްރެސް، ވަޔޯލާ ޑޭވިސް އެވެ.
އެ ސީރީޒްގެ ފުރަތަމަ އެޕިސޯޑް މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. އެ ސީރިޒް ސްޓްރީމް ކުރާނީ ޝޯޓައިމް އިންނެވެ.
ތުރިލާ އަދި އެކްޝަން އަށް ލޯބި ކުރާ މީހުންނަށް އެ ސީރީޒް ސަޅި ވާނެ އެވެ. އެންސެލް އެލްގޯޓް އާއި ކެން ވަޓަނަބޭ ލީޑް ރޯލުން ފެންނަ އެ ސީރީޒްގެ ބޮޑު ބައެއް ޝޫޓުކޮށްފައި ވަނީ ޖަޕާނުގަ އެވެ. އެ ސީރީޒްގައި ފެންނާނީ އެމެރިކާ ނޫސްވެރިޔަކު ޖަޕާނަށް ގޮސްގެން ޖަޕާނުގެ މަޝްހޫރު ޔަކޫޒާގެ ވާހަކަތައް އާންމުންނަށް ގެންނަން އުޅޭ ގޮތެވެ.
އެޗްބީއޯ ޕްލަސް އިން އެ ސީރީޒް ސްޓްރީމް ކުރާއިރު، މި މަހު ހަތަކުން ފެށިގެން ކޮންމެ ހަފުތާއަކު އެޕިސޯޑެއް އަންނަނީ ނެރެމުންނެވެ.
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
"ހައުސް އޮފް ދަ ޑްރެގަން"ގެ ތިންވަނަ ސީޒަނެއް
"ފްރެންޑްސް" ގެ ރިޔުނިއަން އެޕިސޯޑް ފަސްކޮށްފި
ނެޓްފްލިކްސްގެ ކޮންޓެންޓަށް އަލަށް 700 އުފެއްދުމެއް
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި އެންމެ ހަ އެޕިސޯޑު
ޕަރްވީން ބާބީގެ ރޯލު ކުޅެން ތުރިޕްތީ ހަމަޖައްސައިފި
ނެޓްފްލިކްސްގެ ފީތައް އަނެއްކާވެސް ބޮޑުކުރަނީ
ގޯލްޑެން ގްލޯބްސްގައި ވިދާލީ "އެމިލިއާ ޕެރޭޒް"
"ޑޫން: ޕްރޮފެސީ"ގެ ދެވަނަ ސީޒަން އިއުލާންކޮށްފި
ގޯލްޑެން ގްލޯބްސްގެ ކުރީގައި "އެމިލިއާ ޕެރޭޒް"