ނެޓްފްލިކްސް އިން ގެނެސްދޭ ދެކުނު ކޮރެއާގެ ކާމިޔާބު ތުރިލާ ސީރީޒް "ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި ހިމެނޭނީ އެންމެ ހަ އެޕިސޯޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނެޓްފްލިކްސް އިން ގެނެސްދޭ ދެކުނު ކޮރެއާގެ ކާމިޔާބު ތުރިލާ ސީރީޒް "ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި ހިމެނޭނީ އެންމެ ހަ އެޕިސޯޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ނެޓްފްލިކްސް އިން ވަނީ "ސްކުއިޑް ގޭމް"ގެ ފަހު ސީޒަނަށް ހަ އެޕިސޯޑް ތައްޔާރުކުރުމަށް 68.9 މިލިއަން ޑޮލަރުގެ ބަޖެޓެއް ހަމަޖައްސައި ދީފަ އެވެ.
"ސްކުއިޑް ގޭމް"ގެ ފުރަތަމަ ސީޒަންގައި ނުވަ އެޕިސޯޑު ގެނެސްދިން އިރު، މިދިޔަ އަހަރު ގެނެސްދިން ދެވަނަ ސީޒަންގައި ހިމެނެނީ ހަތް އެޕިސޯޑެވެ. އެކަމަކު، ދެވަނަ ސީޒަންގެ އެޕިސޯޑުތަކުގެ ދިގުމިން ފުރަތަމަ ސީޒަނަށް ވުރެ ބޮޑެވެ.
އެ ސީރީޒްގެ ފުރަތަމަ ދެ ސީޒަނަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
ފުރަތަމަ ސީޒަނަށް ވަނީ 265 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ. އަދި ދެވަނަ ސީޒަނަށް ވަނީ 152.5 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.
"ސްކުއިޑް ގޭމް"ގެ ލީޑު ރޯލު ކުޅެނީ ދެކުނު ކޮރެއާގެ އެކްޓަރު ލީ އުންޖޭ އެވެ. ފުރަތަމަ ސީޒަންއާ ހިލާފަށް ދެވަނަ ސީޒަންގެ ކާސްޓުގައި ވަނީ ދެކުނު ކޮރެއާގެ ވަރަށް މަޝްހޫރު ތަރިންނެއް ހިމަނައިފަ އެވެ. އޭގެ ތެރެއިން ބައެއް ތަރިން ފަހު ސީޒަންގައި ވެސް އުޅޭނެ އެވެ.
ފުރާނައަށް ނުރައްކާތެރި ގޭމް ކުޅެގެން މޮޅުވާ މީހަކަށް ފައިސާގެ ބޮޑު އިނާމެއް ލިބޭ "ސްކުއިޑް ގޭމް" 2021 ވަނަ އަހަރު ނެރުމާ އެކު، މި ސީރީޒްވީ ބޮޑު ހިޓަކަށެވެ. ނެޓްފްލިކްސްގެ އެންމެ ކާމިޔާބު އެއް ސީރީޒަށެވެ.
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަން މިހާރު ޝޫޓްކޮށް ނިމިފައިވާއިރު، އެ ސީޒަން ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށަނީ އަންނަ ޖޫން މަހުގެ 27 ގަ އެވެ.
ޕަރްވީން ބާބީގެ ރޯލު ކުޅެން ތުރިޕްތީ ހަމަޖައްސައިފި
"ސްކުއިޑް ގޭމް 2" 93 ގައުމެއްގެ އެއްވަނައިގައި
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
ބޮލީވުޑްގެ ވަރުގަދަ ކާސްޓަކާ އެކު "ދަ ރޯޔަލްސް"
"ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަން ޑިސެމްބަރު 26 ގައި
"ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަންގެ ޓީޒާއެއް ނެރެފި
ނެޓްފްލިކްސްގެ "ކާލާ ޕާނީ"ގެ ދެވަނަ ސީޒަނެއް
ނެޓްފްލިކްސް އިން ލައިވް ސްޓްރީމިން ފަށަނީ
މި އަހަރު ނެޓްފްލިކްސް އަށް ކޮރެއާގެ 25 އުފެއްދުމެއް
"ސްކްއިޑް ގޭމް" ތިން ވަނަ ސީޒަނެއް ވެސް ހަދާނެ