24 އެޕްރީލް 2022
އަންނަ މަހު ރާއްޖޭގައި ބާއްވާ ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ރާއްޖޭގެ ގައުމީ ޓީމު ތައްޔާރު ކުރުމަށް ކްރޮއޭޝިއާގެ ކޯޗެއް ރާއްޖެ ގެނެސްފި އެވެ.
އަންނަ މަހު ރާއްޖޭގައި ބާއްވާ ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ރާއްޖޭގެ ގައުމީ ޓީމު ތައްޔާރު ކުރުމަށް ކްރޮއޭޝިއާގެ ކޯޗެއް ރާއްޖެ ގެނެސްފި އެވެ.
ކްރޮއޭޝިއާގެ ގައުމީ ސްކޮޑްގައި ވެސް މަސައްކަތްކުރާ ކޯޗު، ޒެވޯނިމިރް ކޮރެނިކް ރާއްޖެ ގެނައީ، މިދިޔަ ހުކުރު ދުވަހު އެވެ. މިދިޔަ މަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް އައި ދުނިޔޭގެ ކުރީގެ ޗެމްޕިއަން ޒޯރާން ޕްރިމޯރަކް މެދުވެރިކޮށް ރާއްޖެ ފޮނުވި ކޮރެނިކް އަކީ ކްރޮއޭޝިއާގެ އެންމެ ބޮޑު ޓީޓީ އެކަޑަމީގައި ވެސް އެންމެ އިސްކޮށް މަސައްކަތްކުރާ ކޯޗެވެ.
ސްޕޯޓްސް އެވޯޑް ހަފުލާގައި "ސްޕޯޓްސް އައިކޮން" އެވޯޑް ދިން، ޒޯރާން އާއި ރާއްޖޭގެ ޓީޓީ އެސޯސިއޭޝަން (ޓީޓީއޭއެމް) އާ ދެމެދު ރަނގަޅު ގުޅުމެއް މިހާރު ވަނީ އުފެދިފަ އެވެ.
ޒޯރާން މެދުވެރިކޮށް މިދިޔަ ހަފްތާގައި ކްރޮއޭޝިއާގެ ދެ ކުޅުންތެރިން ކަމަށްވާ، މިރުނާ ޓޮމިކް އާއި ޑާރިއާ އެރްޕޯވިކް ރާއްޖެ އައިސްފައިވެ އެވެ. މިރްނާ އަކީ ކޮރޮއޭޝިއާގެ ގައުމީ ސްކޮޑުގެ ވެސް ކުޅުންތެރިޔެކެވެ. ޑާރިއޯ އަކީ ކްރޮއޭޝިއާގެ މަޝްހޫރު ޓީޓީ ކޯޗެއް ކަމަށްވާ ޑާކޯ އެރްޕޯވިކްގެ ދަރިއެކެވެ. އޭނާގެ ދައްތަ ހަނާ އެރްޕޯވިކް އަކީ ކޮރޮއޭޝިއާގެ އެންމެ މަޝްހޫރު ޓީޓީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ.
ގައުމީ ޓީމު މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިހާރު ވަނީ އައްޑޫގައި ކޭމްޕް ކޮށްފަ އެވެ. ޓީމުގެ ޓްރޭނިންތަކާ މެދު ގައުމީ ޓީމުގެ ކޯޗު، ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޯޕޮލްސް (ކޮސްޓޯ) ހުރީ ހިތްހަމަޖެހިފަ އެވެ.
"މި ޓީމާ މެދު ދިވެހިން އުންމީދުކުރަން ޖެހޭ ގިނަ ސަބަބުތަކެއް އެބަހުރި،" ކޮސްޓޯ "މިހާރު" އަށް ބުންޏެވެ.
މުބާރާތް އޮންނާނީ އަންނަ މަހު 9-12 އަށެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގަ އެވެ.
ދެވަނަ ރިހި މެޑަލް، ދެން އޮތީ ރަނަށް ކުރެވޭ އުންމިދު
ކުޅިވަރުގެ ވެރިންގެ ހާޒިރުވުން ޓީޓީއަށް ހިތްހަމަޖެހުން
ކެޑޭޓް ގައިވެސް ދީމާ ރާއްޖެ ސެމީއަށް ގެންގޮސްދީފި
މިޝްކާ ޕްރެޝަރުން ނުކުމެ ނޭޕާލާ ދެކޮޅަށް ރާއްޖެ މޮޅުކޮށްދީފި
ޖޫނިއާ އަންހެން ޓީމުން ޕާކިސްތާން ބަލިކޮށްފި
ރާއްޖޭގެ ފުރަތަމަ ދެމެޗު ލަންކާ އަދި ޕާކިސްތާނާ އެކު
އައިއޯއައިޖީގައި ޓީޓީއަށް ދިންފޯރި ޒުވާންޓީމަށް މުހިންމު
ސާކް ޓީޓީ މުބާރާތް: ލަންކާއިން ރާއްޖެއަށް ދޫކޮށްލައިފި
އޭޝިއާގެ ޓީޓީގެ ކައުންސިލަށް ޓީޓީއޭއެމްގެ ރައީސް އަލީ
އިރާންގެ ޕެއާ ބަލިކޮށް ޝައްފާނާއި މުންސިފް ދެވަނަބުރަށް