މިއަހަރުގެ ފުރަތަމަ ޓީޓީ މުބާރާތް ކަމަށްވާ ރޭންކިން މުބާރާތުގެ އެއް ވަނަ މަގާމު ފާތިމަތު ދީމާ އަލީ އާއި މޫސާ މުންސިފް އަހުމަދު ދިފާއުކޮށްފި އެވެ.
03 ފެބުރުއަރީ 2025
މިއަހަރުގެ ފުރަތަމަ ޓީޓީ މުބާރާތް ކަމަށްވާ ރޭންކިން މުބާރާތުގެ އެއް ވަނަ މަގާމު ފާތިމަތު ދީމާ އަލީ އާއި މޫސާ މުންސިފް އަހުމަދު ދިފާއުކޮށްފި އެވެ.
ހަފުތާ ބަންދުގައި ނިމުނު މުބާރާތުން ދީމާ އެ އްވަނަ ހޯދީ ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓެއް ވެސް ކާމިޔާބުކޮށްގެންނެވެ. އޭނާ ވަނީ ޖުމުލަ އަށް ޕޮއިންޓް ހޯދައިފަ އެވެ.
އަންހެން ރޭންކިންގެ ދެ ވަނަ ހޯދީ މިޝްކާ މުހައްމަދު އިބްރާހިމެވެ. ދީމާއާ ދެކޮޅަށް ކުޅުނު މެޗު ފިޔަވައި އެހެން ހުރިހާ މެޗަކުން އޭނާ މޮޅުވި އެވެ. ޖުމުލަ ހަތް ޕޮއިންޓް އޭނާ ހޯދި އެވެ.
ތިންވަނަ ހޯދީ އާއިޝަތު އަލްސާ ނާފިޒެވެ. ޓީޓީ ތަމްރީނު ޕްރޮގްރާމެއްގައި އޭނާ ރާއްޖޭން ބޭރުގައި ހުރުމުން، ކުރިން ވެސް އޭނާ ހުރި މަގާމު އޭނާ އަށް ވަނީ ހަމަޖެހިފަ އެވެ.
ޓީޓީއޭއެމުން ހަމަޖައްސާފައި ވަނީ އެ އެސޯސިއޭޝަނުން ގަބޫލުކުރާ ޓްރޭނިން ޕްރޮގްރާމެއްގައި އެތުލީޓް ހޭދަކުރާނަމަ ރޭންކިންގައި ކުރިން އެ ކުޅުންތެރިޔަކު އޮންނަ މަގާމަށް ބަދަލެއް ނާންނަގޮތަށެވެ.
ރޭންކިން މުބާރާތް ނިންމާލުމަށް ފަހު ދީމާ އާއި މުހައްމަދު ޝައްފާން އިސްމާއީލް އަދި އަޚްޔާރު އަހްމަދު ހާލިދު ދަނީ ޖަޕާނުގައި ތަމްރީނުތަކެއް ހަދަމުންނެވެ.
1. ފާތިމަތު ދީމާ އަލީ
2. މިޝްކާ މުހައްމަދު އިބްރާހިމް
3. އާއިޝަތު އަލްސާ ނާފިޒު
4. މަލާކް ބިންތި މުއިއްޒު
5. އާއިޝަތު މަލާކް ތާސީން
ފިރިހެން ރޭންކިންގެ އެއް ވަނަ ހޯދި ތަޖުރިބާކާރު ކުޅުންތެރިޔާ މުންސިފް އެއް ވަނަ ހޯދީ ކުޅުނު ހަ މެޗުން ވެސް މޮޅުވެގެންނެވެ. އޭނާ ވަނީ 12 ޕޮއިންޓް ހޯދައިފަ އެވެ.
ދެ ވަނަ ހޯދީ މުހައްމަދު ޝައްފާން އިސްމާއީލް އެވެ. އޭނާ ބަލިވީ މުންސިފް އަތުން އެކަންޏެވެ. ރޭންކިންގެ ތިން ވަނަ ހޯދީ ގައުމީ ޗެމްޕިއަން އަޚްޔާރެވެ. އޭނާ ވަނީ ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފަ އެވެ.
1. މޫސާ މުންސިފް އަހްމަދު
2. މުހައްމަދު ޝައްފާން އިސްމާއީލް
3. އަޚްޔާރު އަހްމަދު ހާލިދު
4. ޒީކް ހަސަން ލަތީފް
5. މުހައްމަދު ޒީސްތު ނަސީމް
ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ކޮންމެ މަހަކު ދޭ 5،000ރ. އިނާޔާތް ލިބޭ ޓީޓީ ކުޅުންތެރިން ކަނޑައެޅިގެން ދާނީ ވެސް ރޭންކިން މުބާރާތުންނެވެ. އަންހެން އަދި ފިރިހެން ވެސް ގަދަ ފަސް ކުޅުންތެރިންނަށް އެ އިނާޔަތް ދޭނެ އެވެ.
އޭޝިއާގެ ޓީޓީގެ ކައުންސިލަށް ޓީޓީއޭއެމްގެ ރައީސް އަލީ
އިރާންގެ ޕެއާ ބަލިކޮށް ޝައްފާނާއި މުންސިފް ދެވަނަބުރަށް
އަންހެން ޓީޓީ ޓީމަށް ލަންކާ އަތުން ތާރީހީ މޮޅެއް
ފެނުނީ ތަފާތު އަޚްޔާރެއް، މިހާރު އެންމެ އުހުގައި!
މުންސިފް ބަލިކޮށް ގައުމީ ތަށި އަޚްޔާރު ހޯދައިފި
މުންސިފަށް ރޭންކިން އެއްވަނަ، ދީމާ މަގާމު ދިފާއުކޮށްފި
އޮލިމްޕިކްސް އަށް ފަހު ވެސް ދީމާއަށް ހުއްޓުމެއް ނެތް!
ދީމާގެ ކާމިޔާބު، ސައުދީ ސަފީރު އަގުވަޒަން ކުރައްވައިފި
ޓީޓީގެ ރައީސް އަލީ އިތުރުދައުރަކަށް ވާދަކުރައްވަނީ
ދީމާއަށް ޓަކައި؛ ބަންޑުންކޮށްލީ ލޯތްބާއި އިހްތިރާމް