ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އަށް އިތުރު އެހީ ދޭން ދިރާގުން ނިންމައިފި އެވެ.
27 އެޕްރީލް 2022
ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އަށް އިތުރު އެހީ ދޭން ދިރާގުން ނިންމައިފި އެވެ.
އެ ޖަމިއްޔާ އިން އަންނަނީ ކްލަބް ހައުސްގައި ވެސް ތަފާތު މުބާރާތްތައް ބާއްވަމުންނެވެ.
އަންނަ މަހުގެ ތެރޭގައި، ގުރުއާން މުބާރާތާއި، ދީނީ ހަރަކާތްތަކާއި އަދި ތަފާތު ތަމްރީން ޕްރޮގްރާމްތައް ބޭއްވުމަށް އެ ޖަމިއްޔާއިން ވަނީ ރާވައިފަ އެވެ. އަދި މިކަން ކަމަށް ހިތްވަރު ދިނުމުގެ ގޮތުން ދިރާގުން އެ ޖަމިއްޔާގެ މެމްބަރުންނަށް ހިލޭ މޮބައިލް ޑޭޓާ ފޯރު ކޮށްދޭނެ ކަމަށް ދިރާގުން ބުންޏެވެ.
މީގެ އިތުރުން ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން އެ ޖަމިއްޔާ އަށް ހާއްސަ ޑިޖިޓަލް މުއާސަލާތީ ހިދުމަތް ކަމަށްވާ "ފޯންމީޓިން130" އާކޮށް ކުރިއަށް ގެންދާނެ އެވެ.
މި ހިދުމަތަކީ ދިރާގުން އެ ޖަމިއްޔާ އަށް ހާއްސަ ކޮށްގެން ޑިޒައިން ކޮށްފައިވާ ހިދުމަތެކެވެ.
ދިރާގުން މި ހިދުމަތް ހިލޭ ފޯރު ކޮށްދިނުމުން ފަސޭހަ ކަމާ އެކު ޖަމިއްޔާ ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އަދި މި ހިދުމަތް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ޖަމިއްޔާގެ ހުރިހާ މެމްބަރުންނަށް ޖަލްސާތައް ބޭއްވުމަށް ފަސޭހަވެ، މެމްބަރުންގެ މެދުގައި އެކުވެރިކަމާ ގުޅުން ބަދަހި ކުރުމަށް ވަރަށް ބޮޑު އެހީ އަކަށް ވާނެ އެވެ.
މި ހިދުމަތް މެދުވެރި ކޮށް މަދަހަ މުބާރާތްތަކާއި ގުރުއާން ކިޔަވައިދިނުމާއި އަދި ދީނީ ނަސޭހަތް ދިނުން ފަދަ ޕްރޮގްރާމްތައް ހިމެނެ އެވެ.
ޖަމިއްޔާގެ މެމްބަރުންގެ މެދުގައި ހިންގޭ މިފަދަ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ތައުލީމީ ޕްރޮގްރާމްްތައް ކުރިއަށް ގެންދިއުމަށް މި ހިދުމަތް ބޭނުން ކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ވޭތުވެދިޔަ އަހަރުތަކުގައި މި ޖަމިއްޔާއިން ވަނީ މި ހިދުމަތް މެދުވެރިކޮށް ހިސާބު، ލެޓިން، އަރަބި އަދި ގުރުއާން ކްލާސްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
ދިރާގުން މި ހިދުމަތް ފޯރު ކޮށްދިނުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ލޯފަން މީހުންގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތައް ބާރުވެރި ކުރުވާ، އެފަދަ ފަރާތްތަކަށް ހިތްވަރު ދީ، މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ އަމާޒަކީ މުސްތަގުބަލުގައި ވެސް މިފަދަ އިޖުތިމާއީ ކަންކަމުގައި އިތުރަށް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކެއާ ސޮސައިޓީގެ ވީޓީޔޫ އަށް ދިރާގުގެ އެހީ
ދިރާގު ގޭމާސް ގިލްޑުގެ ގޭމިން މުބާރާތެއް އައްޑޫގައި
މިއަދު ހަވީރު މާލޭގައި ދިރާގު ގުޑި ފެސްޓް ބާއްވަނީ
އެނދުގައި އޮންނަންޖެހޭނެއޭ ބުންޏަސް މި ހުރީ ތެދުވެ
ރާއްޖޭގެ އެންމެ ހަލުވި 5ޖީ ނެޓްވޯކުގެ އެވޯޑު ދިރާގަށް
ދިރާގާއެކު ކަރާ ފަޅައިގެން ސްވިޓްޒަލޭންޑް ދަތުރެއް
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގުން ޓިއާ-4 ޑޭޓާ ސެންޓަރު ހުޅުވައިފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ