މާލެ އާއި ހުޅުމާލެ އަދި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ހާއްސަކޮށްގެން މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ކުއްތާތައް ބޭނުންކޮށްގެން ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ފަށައިފި އެވެ.
25 ޑިސެމްބަރ 2016
މާލެ އާއި ހުޅުމާލެ އަދި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ހާއްސަކޮށްގެން މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ކުއްތާތައް ބޭނުންކޮށްގެން ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ފަށައިފި އެވެ.
ފުލުހުން މިއަދު ބުނިގޮތުގައި ހާއްސަ އޮޕަރޭޝަނެއް ފެށީ މަސްތުވާތަކެތީގެ ވަބާ އިން ރާއްޖެ ސަލާމަތްކޮށް، އަމާން ރައްކާތެރި މާހައުލެއް ގާއިމްކޮށް، ކުށް މަދުކުރަން ކަމަށެވެ. މި އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލެ އަދި މާލެ އަތޮޅުގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެއްޗަށް ތުހުމަތުކުރެވޭ 369 މީހުންނާއި ހަތަރު ތަނެއް، މިހާތަނަށް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ތަންތަނުން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މަސްތުވާތަކެއްޗަށް ތުހުމަތުކުރެވޭ މީހުން ބަލައި ފާސްކޮށް މިހާތަނަށް މި އޮޕަރޭޝަންގައި ހައްޔަރުކުރީ އެންމެ މީހެކެވެ. އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 50 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ މި އޮޕަރޭޝަނަށް އާއްމު ރައްޔިތުންގެ އެއްބާރުލުން ދޭން ފުލުހުން އެދެ އެވެ. އެގޮތުން މަސްތުވާތަކެތީގެ މައުލޫމާތު ހިއްސާކުރަން 9792498 ނަމްބަރު ފުލުހުން ވަނީ އާއްމުކޮށްފަ އެވެ.
ޑޯގް ސްކޮޑާ އެކު ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވަނީ
ޑްރަގް އޮޕަރޭޝަންގައި 62 މީހަކު ހައްޔަރުކޮށްފި
އެއް އަހަރު ތެރޭ 100 ކިލޯގެ ޑްރަގް އަތުލައިގެންފި
ހާފްވޭހައުސްއަށް މަސްތުވާތަކެތި އެއްލި މީހަކު ހައްޔަރު
އައްޑޫ 10 ތަނެއް ބަލައިފާސްކޮށް 10 މީހުން ހައްޔަރު
މަރުވެފައި އޮތް މީހާގެ ބަނޑުން 78 ބުލެޓްގެ ޑްރަގް
ނަދީމް: މަސައްކަތެއް ނުކުރިއަސް އަގުބޮޑު ކާރުގައި!
އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާންމުކޮށްފި
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
ހިޔާ ފްލެޓެއްގައި ހަށިވިއްކި ބަޔަކު ހައްޔަރު