މާލެ އާއި މާލެ ހިމެނޭ ސަރަހައްދުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި 11 ދުވަހުގެ ހާއްސަ އޮޕަރޭޝަންގައި 62 މީހަކު ހައްޔަރުކޮށްފި އެވެ.
މާލެ އާއި މާލެ ހިމެނޭ ސަރަހައްދުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި 11 ދުވަހުގެ ހާއްސަ އޮޕަރޭޝަންގައި 62 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 22 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށް، އަމާން ރައްކާތެރި މާހައުލެއް ގާއިމުކޮށް އަދި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް މަދުކުރުމާއި ކުށްމަދުކުރުމުގެ ގޮތުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.
ފުލުހުން ބުނީ ކުއްތާ ބޭނުންކޮށްގެން ހިންގި އޮޕަރޭޝަންގައި ތުހުމަތުކުރެވޭ 1،004 މީހަކު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން 21 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން 62 މީހަކު މި އޮޕަރޭޝަންގައި ހައްޔަރުކުރިއިރު، މަސްތުގެ ހާލާތުގައި ތިބި 34 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންގައި 1.347 ކިލޯގްރާމްގެ ހަޝިސް އޮއިލް އާއި 0.436 ކިލޯގްރާމްގެ ހެރޮއިން އަތުލައިގެންފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 279،000 އަށްވުރެ ގިނަ ރުފިޔާ އާއި 710 ޑޮލަރު ވެސް އަތުލައިގެންފައިވެ އެވެ.
މި އޮޕަރޭޝަންގައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެކުރި ދެ މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މި މައްސަލާގައި ހައްޔަރުކުރީ 39 އަހަރުގެ ސްރީ ލަންކާ އަންހެނަކާއި 27 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.
މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ލަގެޖް ބަލައި ފާސްކުރިއިރު އެއްވެސް އެއްޗެއް ފެނިފައެއް ނުވާ ކަމަށާއި މަސްތުވާތަކެތި ހުރި ދެ ބުލެޓް ފެނުނީ އެކްސްރޭ ނަގައިގެން ބެލިއިރު ފުރަގަސްފަރާތުގައި ފޮރުވާފައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ.
ޑޯގް ސްކޮޑާ އެކު ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވަނީ
ކުއްތާ ބޭނުންކޮށްގެން މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް
އެއް އަހަރު ތެރޭ 100 ކިލޯގެ ޑްރަގް އަތުލައިގެންފި
ހާފްވޭހައުސްއަށް މަސްތުވާތަކެތި އެއްލި މީހަކު ހައްޔަރު
އައްޑޫ 10 ތަނެއް ބަލައިފާސްކޮށް 10 މީހުން ހައްޔަރު
މަރުވެފައި އޮތް މީހާގެ ބަނޑުން 78 ބުލެޓްގެ ޑްރަގް
ނަދީމް: މަސައްކަތެއް ނުކުރިއަސް އަގުބޮޑު ކާރުގައި!
އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާންމުކޮށްފި
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
ހިޔާ ފްލެޓެއްގައި ހަށިވިއްކި ބަޔަކު ހައްޔަރު