08 މެއި 2022
މީގެ 16 އަހަރު ކުރިން، ބޮލީވުޑްގެ ބަތަލާ ސޮނާލީ ބެންޑްރޭ ލީ ހެދުމެއް އޭނާ އަނެއްކާ ވެސް ލައިފި އެވެ. ފިލްމީ ތަރިންނަކީ އާންމުކޮށް އެއް ފަހަރު ފެންނަ ހެދުމެއްގައި ދެވަނަ ފަހަރަށް ފެންނަ ބައެއް ނޫނެވެ. އެކަމަކު ސޮނާލީ ވަނީ މީގެ 16 އަހަރު ކުރިން އޭނާ ލީ ހެދުމެއްގައި އަނެއްކާ ވެސް ފެނިފަ އެވެ.
މީގެ 16 އަހަރު ކުރިން، ބޮލީވުޑްގެ ބަތަލާ ސޮނާލީ ބެންޑްރޭ ލީ ހެދުމެއް އޭނާ އަނެއްކާ ވެސް ލައިފި އެވެ. ފިލްމީ ތަރިންނަކީ އާންމުކޮށް އެއް ފަހަރު ފެންނަ ހެދުމެއްގައި ދެވަނަ ފަހަރަށް ފެންނަ ބައެއް ނޫނެވެ. އެކަމަކު ސޮނާލީ ވަނީ މީގެ 16 އަހަރު ކުރިން އޭނާ ލީ ހެދުމެއްގައި އަނެއްކާ ވެސް ފެނިފަ އެވެ.
ސޮނާލީ އޭނާގެ އިންސްޓަގްރާމްގައި މިފަހުން ދެ ފޮޓޯއެއް ހިއްސާކުރި އެވެ. ފުރަތަމަ ފޮޓޯގައި ފެންނަނީ މީގެ 16 އަހަރު ކުރިން އޭނާ ލީ ހުދު ހެދުމެއްގައި ހުންނަ ތަނެވެ. އެ ފޮޓޯގައި އޭނާއާ އެކު ހުރީ ޖޭމްސްް ބޮންޑްގެ ރޯލު ކުޅުނު ހޮލީވުޑްގެ އެކްޓަރު ޕިއާސް ބްރޯޒްނަން އެވެ.
ދެވަނަ ފޮޓޯގައި ފެންނަނީ އޭނާގެ ފިރިމީހާ އަދި ޑައިރެކްޓަރު ގޯލްޑީއާ އެކު ހަމަ އެ ހެދުމުގައި އޭނާ ހުންނަ ތަނެވެ. އެއީ މިފަހުން ނެގި ފޮޓޯއެކެވެ.
ސޮނާލީ ބުނީ ކުރިއާއި މިހާރު އޭނާ ހުންނަ ގޮތް ފެންނަ ފޮޓޯތަކަކީ އޭނާގެ ފޭވަރިޓް ކަމަށެވެ. އެއިން ފެންނަނީ އޭނާ އަށް އައިސްފައިވާ ބަދަލުތަކާއި ބަދަލުނުވާ ބައެއް ކަންކަން ކަމަށް ވެސް ބުންޏެވެ. އޭނާ ބުނި ގޮތުގައި 16 އަހަރު ކުރިން އޭނާ ލީ އެ ހެދުން މިހާރު ވެސް ހަމަ ހެޔޮވަރު ކަމަށެވެ.
އެ ފޮޓޯއާ އެކު ބައެއް މީހުން ވަނީ އެހާ ގިނަ ދުވަސްތަކެއް ވަންދެން އޭނާ އެ ހެދުން ފޮރުވާފައި ބޭއްވީ ކީއްވެތޯ ވެސް ސުވާލުކޮށްފަ އެވެ.
ސޮނާލީ ބޮލީވުޑަށް ނިކުތީ 1994 ގައި ފިލްމު "އާގް" އިންނެވެ. އޭގެ ފަހުން ކާމިޔާބު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށް، ގިނަ ބައެއްގެ ލޯބި ހޯދި ސޮނާލީ ވަނީ ވަރަށް ގިނަ ރިއަލިޓީ ޝޯތަކުގައި ޖަޖުންގެ ގޮތުގައި ވެސް ފެނިފަ އެވެ.
ޑޭޓަކަށް ދިޔައީ 21،000ރ. ގެ ގަމީހެއް ލައިގެން
ފެޝަން ޑިޒައިނަރު ރޯހިތު ބާލް މަރުވެއްޖެ
މަސާބާއަށް އަންހެން ކުއްޖަކު ލިބިއްޖެ
ކާންސްގައި އައިޝްވާރިޔާ ލީ ހެދުންތަކަށް ސަމާލުކަން
މިފަހަރުގެ މެޓް ގާލާގައި ވިދާލީ ޒެންޑާޔާ އާއި ޖީޖީ
އެމެރަލްޑް ގަހަނާ އަށް އޮތް ލޯބި ބޮޑުވަނީ
ފެޝަން ޑިޒައިނަރު މަނީޝް ފިލްމެއް ޑައިރެކްޓުކުރަނީ
އާލިއާ، "ގޫޗީ" ބްރޭންޑުގެ އެމްބަސެޑަރަކަށް
ބޮޑު ޑިސްކައުންޓަކާ އެކު އިލާލާގެ ޕްރޮމޯޝަން މާދަމާ
ޖިއަޑާނޯގެ ރީ-ސްޓޮކާ އެކު ކްލެސިކުގައި ސޭލެއް