Roadha Mihaaru
ކާންސްގައި އައިޝްވާރިޔާ ލީ ހެދުންތަކަށް ސަމާލުކަން

ކާންސްގައި އައިޝްވާރިޔާ ލީ ހެދުންތަކަށް ސަމާލުކަން

18 މެއި 2024

ފްރާންސްގެ ކާންސް ސިޓީގައި މިހާރު ކުރިއަށް ގެންދާ މި އަހަރުގެ ކާންސް ފިލްމް ފެސްޓިވަލުގެ ރެޑްކާޕެޓް އިވެންޓަށް ބޮލީވުޑްގެ ތަރި އައިޝްވާރިޔާ ރާއީ ބައްޗަން ލީ ހެދުންތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

މިފަހަރުގެ ފެސްޓިވަލުގައި އައިޝްވާރިޔާ ވަނީ ދެ ހެދުމެއް ލައިފަ އެވެ.

އޭނާ އެންމެ ފުރަތަމަ ފެނުނީ ރަން ކުލައިގެ ފޮއިލް އިން 3ޑީ މާތަކެއް ޖަހާފައިވާ ކަޅާއި ހުދުކުލައިގެ ގައުންއެއްގަ އެވެ. އެއީ އިންޑިއާގެ މުމްބާއީގެ ފެޝަން ބްރޭންޑެއް ކަމަށްވާ ފަލުންގީ ޝޭން ޕީކޮކްގެ ޑިޒައިނެކެވެ.

އައިޝްވާރިޔާ ދެން ފެނުނީ ވިލުނޫކުލަ އާއި ރިހިކުލައިގެ ގައުންއެއްގަ އެވެ.

ކާންސް ފިލްމް ފެސްޓިވަލުގެ ރެޑްކާޕެޓުގައި އައިޝްވާރިޔާ ބައިވެރިވާތާ މިހާރު 20 އަހަރު ވެއްޖެ އެވެ. އެ އިވެންޓަށް އޭނާ ދަނީ ފްރާންސްގެ މަޝްހޫރު ކޮސްމެޓިކް ބްރޭންޑް ލޯރިއަލްގެ އެމްބަސެޑަރެއްގެ ހައިސިއްޔަތުންނެވެ.

މިފަހަރުގެ އިވެންޓުގައި އައިޝްވާރިޔާ ބައިވެރިވި ނަމަވެސް، ކާންސްގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓްތަކުން އައިޝްވާރިޔާގެ އެއްވެސް ފޮޓޯއެއް ހިއްސާކޮށްފައި ނުވާތީ އޭނާގެ ފޭނުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.

ކާންސް ފިލްމް ފެސްޓިވަލް ކުރިއަށް ގެންދަނީ މި މަހު 14 އިން ފެށިގެން 25 ގެ ނިޔަލަށެވެ. މިއީ މި ފެސްޓިވަލް ބާއްވާ 77 ވަނަ އަހަރެވެ. މިފަހަރުގެ ވެސްޓިވަލުގައި ދުނިޔޭގެ އެކި ގައުމުތަކުން 22 ފިލްމެއް ވާދަކުރެ އެވެ. އަދި ވާދަނުކުރާ ކެޓަގަރީތަކުން ވެސް ވަރަށް ގިނަ ފިލްމުތައް މި ފެސްޓިވަލުގައި ދައްކަން ވަނީ ތާވަލުކޮށްފަ އެވެ.