08 މެއި 2022
އަންހެނުންގެ ހިއްސާ ބޮޑު، ސިވިލް ސާވިސްގެ ސީނިއާ މެނޭޖްމަންޓުގައި އަންހެން މުވައްޒަފުން ގިނަ ނުވާ ސަބަބު ދެނެގަންނަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފަށައިފި އެވެ.
އަންހެނުންގެ ހިއްސާ ބޮޑު، ސިވިލް ސާވިސްގެ ސީނިއާ މެނޭޖްމަންޓުގައި އަންހެން މުވައްޒަފުން ގިނަ ނުވާ ސަބަބު ދެނެގަންނަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފަށައިފި އެވެ.
އެ ކޮމިޝަނުން އަންނަނީ ސަރުކާރުގެ މުވައްޒަފުންގެ ފަރާތުން އެ މައުލޫމާތު އެއްކުރުމަށް ސާވޭއެއް ކުރިއަށް ގެންދަމުންނެވެ. ސިވިލް ސާވިސްގެ މުވައްޒަފުންނާއި އެ ނޫން އެންމެންނަށް ވެސް މި ސާވޭގައި ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި 26,000 މީހުން ތިބި އިރު 62 ޕަސެންޓަކީ އަންހެނުންނެވެ. ފިރިހެނުންގެ ޕަސެންޓަކީ 38 ޕަސެންޓެވެ.
ސިވިލް ސާވިސްގެ ސާވޭ ލިންކް
މާލެ ސަރަހައްދު: އަންހެން: 6,135 މުވައްޒަފުން
ފިރިހެން: 3962
އަތޮޅުތެރެ: އަންހެން 10,458
ފިރިހެން: 6,143
ސިވިލް ސާވިސްގެ މުވައްޒަފުންގެ މައުލޫމާތު.
ސިވިލް ސާވިސްގެ ސާވޭގައި، ސަރުކާރުގެ މުވައްޒަފެއް ނަމަ ވަޒީފާގައި ދެމިހުންނަން ނުވަތަ ކުރިއަށް ދިއުމުގައި ދިމާވާ ގޮންޖެހުންތައް ބަލާނެ އެވެ. އެ ގޮންޖެހުންތަކަކީ ކުރިއަށްދިއުމުގެ ފުރުސަތު ނެތުންތޯ އާއި މުސާރައިގެ ކުރިއެރުން ނުލިބެނީތޯ ނުވަތަ މަސައްކަތުގެ މާހައުލުގައި އަންހެނުންނާއި ފިރިހެނުން ތަފާތު ކުރުންތޯ ނުވަތަ މުޖުތަމައުގައި އަންހެނުންނާ މެދު ދެކޭ ގޮތުގެ ސަބަބުން ވެސް ދެނެގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ އާބާދީގެ 49 ޕަސެންޓު އަންހެނުން ހިއްސާކުރާއިރު އެ މީހުންނާ މެދު ކުރާ ތަފާތުކުރުންތަކަށް ނިމުމެއް ގެންނަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހެޅި އެވެ. މުޖުތަމައުގައި އަންހެނުންނާ މެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށާއި ދިވެހި މުޖުތަމައުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު މަގުފަހިކޮށްދިނުމަށާއި ގާނޫނުގެ ކުރިމަތީގައި ހަމަހަމަކަން ކަށަވަރުކޮށްދޭން ޖެހިފައިވާ ކަމަށް އެ ގަރާރުގައިވެ އެވެ.
އެ ގަރާރާ ގުޅުވައި މި ފަހުން ރައްޔިތުންގެ މަޖިލީހާއި ގައުމީ ޔުނިވަސިޓީ ގުޅިގެން ވަނީ ރާއްޖޭގައި އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކާއި އެ ކަންކަމަށް ހުއްޓުމެއް ގެނައުމަށް ކުރަން ޖެހޭ ކަންކަން ދެނެގަތުމަށް ވެސް ސާވޭއެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ސާވޭގައި މުޖުތަމައުގައި އަންހެނުން ތަފާތު މަގާމްތައް ފުރުމާ ބެހޭ ގޮތުން ދެކޭ ގޮތް ވެސް ބަލާފައިވެ އެވެ.
އެ ސާވޭގެ ބައިވެރިން ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި އަންހެނުން އިސް މަގާމްތައް ފުރުމަކީ މައްސަލައެއް ނޫނެވެ.
ދިރާސާގައި ބުނެފައިވާ ގޮތުގައި ސަރަހައްދީ އެހެން ގައުމުތަކާ އަޅާބަލާއިރު ދެ ޖިންސުގެ ތަފާތުކުރުން ނިސްބަތުން ރާއްޖޭގައި ކުޑަކަމަށް ގަބޫލުކުރެވޭނެ ޖާގަ އެބައޮތެވެ. އުޖޫރަ ކަނޑައެޅުމާއި އެއް މަގާމެއްގައި އުޅޭ އަންހެނުންނާއި ފިރިހެނުންނާ ދެމެދު ތަފާތުކުރުމެއް ނެތް ނަމަވެސް އަންހެނުންނަށް ލިބޭ އާމްދަނީ ނިސްބަތުން ކުޑަ ކަމަށް ދިރާސާގެ ހޯދުންތަކުގައި ފާހަގަކޮށްފައިވެ އެވެ.
ދިވެހި ބަހުގެ މިނިސްޓްރީ އަށް އާ ޕީއެސްއެއް
ޝޫޒާ ވަޒީފާއިން ވަކިވާން މަޖުބޫރުކުރި މައްސަލަ ބަލަނީ
ބުލީކުރާ ކަމަށް ބުނާ ޕީއެސްއެއްގެ މައްސަލަ ބަލަނީ
ސުލްތާނާ އަނެއްކާވެސް އޭޖީ އޮފީހުގެ ޕީއެސްގެ މަގާމަށް
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި
ޕޭ ހާމަނައިޒޭޝަންގެ މަގްސަދު ހާސިލް ނުވޭ: ސީއެސްސީ
ސިވިލް ސާވިސްގެ ހިދުމަތް ރަނގަޅުކުރަން ހިޔާލު ހޯދަނީ
ހިދުމަތްތައް ހަލުވިކުރުމުގައި ސިވިލްސާވިސްގެ ދައުރު ބޮޑު
ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލައިފި
ކުރީގެ ސިވިލްސާވިސް މުވައްޒަފުންނަށް އަލުން ވަޒީފާ ދެނީ