ހުރިހާ ސިވިލް ސާވަންޓުންގެ މުސާރަ މި އަހަރު ބޮޑު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާތީ އެ ކަމަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދަވާ ކަމަށް ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް މިއަދު ވިދާޅުވެއްޖެ އެވެ.
ހުރިހާ ސިވިލް ސާވަންޓުންގެ މުސާރަ މި އަހަރު ބޮޑު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާތީ އެ ކަމަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދަވާ ކަމަށް ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ލޯކަލް ގަވަމެންޓް މިނިސްޓްރީގެ މި އަހަރުގެ "މެދު މުރާޖައާ" ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ މަޝްވަރާތައް ވަރަށް ފުޅާދާއިރާއެއްގައި ކަމާ ގުޅޭ މުއައްސަސާތަކާ އެކު ކުރައްވަމުން ގެންދަވާ ކަމަށް ސީއެސްސީގެ ރައީސް ނާސިހު ވިދާޅުވިއިރު، ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރަން ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
ސީއެސްސީގެ ރައީސް މިއަދު ވިދާޅުވީ، ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަށްޓަކައި ޕޭކޮމިޝަނުން އެކިއެކި މިނިސްޓްރީތަކާ ވެސް މިހާރު ބައްދަލުކުރަމުން އަންނަ ކަމަށެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީގެ މިއަދުގެ ބައްދަލުވުމުގައި ސީއެސްސީގެ ރައީސް ނާސިހު ވާހަކަ ދައްކަވަނީ.---ފޮޓޯ ލޯކަލް ގަވަމެންޓް މިނިސްޓްރީ
މުސާރަ ބޮޑުކުރުމާ ގުޅުވައިގެން ނާސިހު ވިދާޅުވީ، ޑިއުޓީގައި ކުރަންޖެހޭ މަސައްކަތްތަކަށް ސިވިލް ސާވަންޓުން އިސްކަންދޭން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ވީހާ ވެސް ގިނައިން އޮފީހުގައި ވަގުތު ހޭދަކުރުން އޭނާ ފާހަގަކުރެއްވި އެވެ. ދެން ވިދާޅުވީ، ރަސްމީ ގަޑީގައި މަސައްކަތް ނުކޮށް، އިތުރު ގަޑީގެ ފައިސާ ހޯދުމުގެ ބޭނުމުގައި ރަސްމީ ގަޑީގެ ބޭރުން މަސައްކަތް ކުރުން އެހާ ރަނގަޅު ނޫން ކަމަށެވެ.
ސިވިލް ސާވިސްގައި މި ވަގުތު 30،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ އަށް 12 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މި އަހަރަށް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ހިމަނާފައިވަނީ ޖުމްލަ 13.9 ބިލިއަން ރުފިޔާ އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ބައްދަލުވުމުގައި ސީއެސްސީގެ ރައީސް ނާސިހު މިއަދު ވިދާޅުވީ، އޮފީސްތަކުގައި ކަންކަން ހާސިލް ނުވާ ސަބަބު ބެލުމާއި ސެކްޝަންތަކުގެ މަސައްކަތްތައް ވެސް ދޭތެރެދޭތެރެއިން މުރާޖައާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
މުސާރައިގެ ކަންބޮޑުވުންތައް ހައްލުކޮށްފިން: ރައީސް
ސިވިލްސާވަންޓުންގެ މުސާރަ ނޮވެމްބަރު 1 ގައި ބޮޑުކުރަނީ
ސީއެސްސީގެ ރައީސަކަށް މުޖުތާޒު، ނައިބަކަށް ނާސިހު
ނާސިހް އެދިވަޑައިގަތީ ދެފުށް ފެންނަ ހިދުމަތްތަކަށް!
ޕޭ ހާމަނައިޒޭޝަންގެ މަގްސަދު ހާސިލް ނުވޭ: ސީއެސްސީ
ހިދުމަތްތައް ހަލުވިކުރުމުގައި ސިވިލްސާވިސްގެ ދައުރު ބޮޑު
ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލައިފި
ކުރީގެ ސިވިލްސާވިސް މުވައްޒަފުންނަށް އަލުން ވަޒީފާ ދެނީ
އިތުބާރުކުރާ ހިދުމަތަކަށް ސިވިލްސާވިސް ވާންޖެހޭނެ
މުސްއަބުގެ މައްސަލަ އިސްތިއުނާފު ކުރާނަން: ސީއެސްސީ