Roadha Mihaaru
އެމްއައި ކޮލެޖުން އެޑިއުކޭޝަނަލް ފެއާއެއް ބާއްވަނީ

އެމްއައި ކޮލެޖުން އެޑިއުކޭޝަނަލް ފެއާއެއް ބާއްވަނީ

09 މެއި 2022

އެމްއައި ކޮލެޖުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އެޑިއުކޭޝަނަލް ފެއާއެއް ބާއްވަން ނިންމައިފި އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

އެމްއައި ކޮލެޖުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އެޑިއުކޭޝަނަލް ފެއާއެއް ބާއްވަން ނިންމައިފި އެވެ.

މި ފެއާ ފުރަތަމަ ބާއްވަން ހަމަޖެހިފައިވަނީ ހދ.ކުޅުދުށްފުއްޓާއި ހއ.އިހަވަންދު އާއި ގއ.ވިލިނގިއްޔާއި އައްޑޫގަ އެވެ. އެ ތަންތަނުގައި ފެއާ އޮންނާނީ އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެވެ.

މި މަހުގެ 20 ވަނަ ދުވަހު ށ.މިލަންދޫގައި ފެއާ ބާއްވަން ނިންމާފައި ވާއިރު 21 ވަނަ ދުވަހު ފެއާ އޮންނާނީ ގެންދާނީ ހުޅުމާލޭގަ އެވެ.

އެއަށްފަހު މި މަހުގެ 27 ވަނަ ދުވަހު ރ.މީދުއާއި ގދ.ތިނަދު އާއި ނ.ހޮޅުދު އާއި ލ.ގަމުގައި ވެސް މި ފެއާ ބާއްވާނެ އެވެ.

އެމްއައި ކޮލެޖުގެ އޮފިޝަލަކު ވިދާޅުވީ ފެއާގައި ބައިވެރިވާ ކުދިންގެ ތެރެއިން ގުރުއަތުން ހޮވޭ ފަސް ކުދިންނަށް ހަދިޔާއަކަށް ޓެބްލެޓް ދޭނެ އެވެ.

''ފެއާގައި ބައިވެރިވާ ކުދިންނަށް ކޮންމެ ކެމްޕަހެއްގައި ވެސް އެޕްލިކޭޝަން ފިލްކުރާ ކުދިންގެ ތެރެއިން ގުރުއަތުން ހޮވާފައި އެބަ ދެން ފަސް ޓެބްލެޓް. ޑިގްރީ ކޯސްތަކުން މަތީ ކޯސްތައް ހަދާ ކުުދިންނަށް ގުރުއަތުން ހޮވާފައި ފަސް ޓެބްލެޓް. އޭގެ އިތުރުން ފެއާގައި ރަޖިސްޓްރޭޝަން ކުރިއަށްގެންދާ ކުދިންނަށް އެޑްމިޝަން ފީ މި އޮތީ ސެޓްފިކެޓް ލެވެލް ތިނެއް, ހަތަރެއް, ފަހެއްގެ،'' އެމްއައިކޮލެޖްގެ އޮފިޝަލަކު ވިދާޅުވި އެވެ.

''ދޭން އޭގެ އިތުރުން އަޅުގަނޑުމެން ހަފުތާއެއް ކުރިން މި އިއުލާނުކޮށްލަނީ ސްކޮލަޝިޕް ލިންކެއް. އެއީ ހަމަ ފެއާ އޮންނަ ތަނުގެ ކުދިން ޑިގްރީ އަދި މާސްޓާސް ޕްރޮގްރާމަށް ލިބޭ 100 ޕަސެންޓް ސްކޮލަޝިޕެއް އެއީ. އެވެސް މި އިންނަނީ ފެއާ ބާއްވާ ތަންތަނުގެ ދަރިވަރުންގެ ތެރެއިން ނަތީޖާއަށް ބަލާފައި ހޮވާނީ.''

ސޯޅަ ބްރާންޗެއްގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސްއަށް ކިޔަވައި ދެމުން އަންނަ އެމްއައި ކޮލެޖުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ ތައުލީމާ ބެހޭ އެކި ދާއިރާތަކުން ސާވޭއެއް ވެސް ހަދަން ފަށައިފަ އެވެ. އެ ސާވޭގައި ބައިވެރިވެވޭނީ އެ ކޮލެޖުން ހަދާފައިވާ ގޫގުލް ފޯމު ފުރައިގެންނެވެ. އެ ފޯމު ފުރައިގެން ވެސް އަގުހުރި އިނާމުތަކެއް ލިބެ އެވެ. އެއްވަނަ އިނާމަކަށް އައިފޯން 13 ޕްރޯ މެކްސްއެއް ލިބޭއިރު ދެވަނަ އިނާމަކަށް އައިޕެޑް ޕްރޯއެއް އަދި ތިންވަނަ އިނާމަކަށް އެޕަލް އެއާ ޕޮޑްސްއެއް ލިބޭނެ އެވެ.

އެމްއައި ކޮލެޖްގެ އައްޑޫ ކެމްޕަހުގައި ހުންނަ އެގްރިކަލްޗާ ސްކޫލުގެ ފަރާތުން ގަސް އިންދަން ދަސްކޮށްދީ ގަހާ ބެހޭ މުުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުމުގެ ގޮތުން މާދަމާ ކޯހެއް ފަށަން ވެސް ވަނީ ނިންމައިފަ އެވެ. ސެޓްފިކެޓް 3 އިން ގާޑެނިން''ގެ ނަމުގައި ކުރިއަށްގެންދާ އެ ކޯހުގައި އަސާސީ ތައުލީމު ހާސިލުކޮށްފައިވާ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ.

ކޯހާގުޅޭ އިތުރު މައުލޫމާތު 6880072 އިން ލިބޭނެ ކަމަށް އެމްއައި ކޮލެޖުން ބުންޏެވެ.