Roadha Mihaaru
މުނި ހޯމްކެއާ އިން ސޯފާ އަށް ބޮޑެތި ޑިސްކައުންޓުތަކެއް

މުނި ހޯމްކެއާ އިން ސޯފާ ސެޓަށް ބޮޑެތި ޑިސްކައުންޓުތަކެއް ދެނީ

26 ޑިސެމްބަރ 2016

މުނި ހޯމްކެއާ އިން ސޯފާ ސެޓަށް ބޮޑެތި ޑިސްކައުންޓުތަކެއް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

މުނި ހޯމްކެއާ އިން ސޯފާ ސެޓަށް ބޮޑެތި ޑިސްކައުންޓުތަކެއް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް ފަރުނީޗަރު އެތެރެކޮށް، ވިއްކާ މުނި ހޯމްކެއާގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި މި ޕްރޮމޯޝަންގައި، އެ ފިހާރަ އިން ވިއްކާ ސޯފާ ސެޓުތަކަށް 20-50 ޕަސެންޓާ ދެމެދުގެ އަދަދެއްގެ ޑިސްކައުންޓް ލިބޭނެ އެވެ. މިސާލަކަށް، ގާތްގަނޑަކަށް 18،000 ރުފިޔާ އަށް ލިބޭ ސޯފާ ސެޓެއް މި ޕްރޮމޯޝަނުގައި ގާތްގަނޑަކަށް 14،000 ރުފިޔާ އަށް މިހާރު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުނި ހޯމްކެއާގެ ޕްރޮމޯޝަންގައި ހިމެނޭ ސޯފާ ސެޓެއް ދައްކާލަން ބަހައްޓާފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މުނި ހޯމްކެއާގެ ޕްރޮމޯޝަންގައި ހިމެނޭ ސޯފާ ސެޓެއް ދައްކާލަން ބަހައްޓާފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

"އެންމެ ފެންވަރު ރަނގަޅު ބްރޭންޑުތަކުގެ ސޯފާ މި ހުރީ. މިއީ އަޅުގަނޑުމެން މި ފަހަރު އަލަށް ކުރާ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.

އެކި ޑިޒައިންތަކުގެ ސޯފާ ހިމެނޭ މި ޕްރޮމޯޝަން ކުރި އަށް ގެންދަނީ ސްޓޮކް ހުސް ވަންދެންނެވެ. އަދި މި ޕްރޮމޯޝަންގައި ވެސް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)ގެ އިންސްޓޯލްމަންޓް ސްކީމް ބޭނުން ކުރެވޭނެ އެވެ.

ސޯފާގެ އިތުރުން ވެސް މުނި ހޯމްކެއާ އިން ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ފަރުނީޗަރު ވިއްކަ އެވެ. އޭގެ ތެރޭގައި ގޭތެރޭގެ ފަރުނީޗަރާއި ބަދިގެ އަށް ބޭނުންވާ ތަކެތީގެ އިތުރުން، ހިފާ ގެންގުޅޭ ސާމާނު ވެސް ހިމެނެ އެވެ.