Roadha Mihaaru
މުނި ހޯމްކެއާއިން ކޮންމެ ހަފްތާއަކަށް އިނާމެއް ދެނީ

މުނި ހޯމްކެއާއިން ކޮންމެ ހަފްތާއަކަށް އިނާމަކާއި ޑިސްކައުންޓް ދެނީ

28 ނޮވެމްބަރ 2023

މުނި ހޯމްކެއާއިން ކޮންމެ އަހަރަކު ވެސް ބާއްވާ "އިޔާ އެންޑް ސޭލް" ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މުނި ހޯމްކެއާއިން ކޮންމެ އަހަރަކު ވެސް ބާއްވާ "އިޔާ އެންޑް ސޭލް" ފަށައިފި އެވެ.

މި ސޭލްގައި އެ ފިހާރައިން އެކި އޮފާތަކާއި ޑިސްކައުންޓް ދެ އެވެ. އަދި މުނިހޯމްކެއާގެ ފިހާރަތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ކަސްޓަމަރަކަށް އަގުހުރި އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސޭލްގައި އެ ފިހާރައިން ވިއްކާ އަލްޓްރާ ބައުންޑް ޕްރިމިއަމް ޓައިލް ސިމެންތީގެ 10 ބަސްތާ ގަތުމުން އެއް ބަސްތާ ހިލޭ ލިބޭނެ އެވެ. އަދި ކިޗަން ކެބިނެޓާއި ކޮފީ ޓޭބަލުން 40 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ.

ސޭލްއާ ގުޅޭ ވީޑިއޯއެއް.

މި ސޭލްގައި އެ ތަނުން ވިއްކާ ބެޑްރޫމް ސެޓާއި, ސޯފާ ސެޓު އަދި ސެނިޓެރީ ވެއާ ފަދަ އެކި ޕްރިޑަކްޓުތަކުން 40 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

މުނި ހޯމްކެއާއިން ބުނި ގޮތުގައި މި ޕްރޮމޯޝަނަކީ އާ އަހަރު ފަށާއިރު ގެއަށް ބޭނުންވާ ތަކެތި އަގުހެޔޮކޮށް ގަތުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފެށި ޕްރޮމޯޝަނެއް ކަމަށެވެ. އަދި މި ޕްރޮމޯޝަނުގައި ފަރުނީޗަރުގެ އިތުރުން ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ އެކި ޕްރޮޑަކްޓުތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް ބުންޏެވެ.

މި ޕްރޮމޯޝަނުން ގަންނަ ތަކެއްޗަށް ހިލޭ ރާވާ ދިނުމާއި ޑޭލިވަރީގެ ހިދުމަތް ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ.