ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު މިއަދު އައްޔަން ކުރައްވައިފި އެވެ.
12 މެއި 2022
ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު މިއަދު އައްޔަން ކުރައްވައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުގައި 10 އަހަރަށް ވުރެ ގިނަ ދުވަސް އަދި އޭގެކުރިން ސިވިލް ކޯޓުގެ އިސްގާޒީ ކަން ކުރެއްވި ސަމީރު ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ މަހު އެވެ.
ޑެޕިއުޓީ ޕީޖީގެ މަގާމަށް ސަމީރު އައްޔަން ކުރެއްވީ މިއަދެވެ. އެ މަގާމަށް ބޭފުޅުން އައްޔަންކޮށް، ވަކި ކުރާނީ ޕްރޮސެކިއުޓާ ޖެނެރަލެވެ.
މިސްރުގެ އަޒްހަރު ޔުނިވަސިޓީންނާއި މެލޭޝިއާއިން ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރެއްވި ސަމީރަކީ ހައި ކޯޓުގައި މަޝްހޫރު ބޮޑެތި މައްސަލަތަކެއް ނިންމެވި ބޭފުޅެވެ. އަނބިމީހާ ފިރިމީހާ ރޭޕްކުރުމުގެ ކުށެއް ފުރަތަމަ ފަހަރަށް ސާބިތުވާ ކަމަށް 2020 ވަނަ އަހަރު ހައި ކޯޓުން ނިންމެވީ ވެސް އޭނާއެވެ.
އަނބިމީހާ ފިރިމީހާ ރޭޕްކުރުމުގެ ކުށާ ގުޅޭގޮތުން އުފެދިފައި ހުރި ބަހުސްތަކަށް ދީނީ އަދި ގާނޫނީ ނަޒަރުން އަލި އަޅުވާލައްވައި، އޭނާ ކުރެއްވި އެ ހުކުމަކީ މަޝްހޫރުވެގެން ދިޔަ ހުކުމެކެވެ. އަދި މި ނޫނަސް، ފާހަގަ ކޮށްލެވޭ ޖިނާއީ އަދި މަދަނީ އަދި އާއިލީ މައްސަލަތަކެއް ވެސް އޭނާ ހައި ކޯޓުން ނިންމެވި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމުން ސަމީރު އިސްތިއުފާ ދެއްވިއިރު އޭނާ ހުންނެވީ ހައި ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަންކުރި މެމްބަރުގެ މަގާމުގަ އެވެ. އިސްތިއުފާ ދެއްވުމާ އެކު، އޭނާ ވަނީ އެ މަގާމުން ވަކިވެފަ އެވެ.
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
"އަމީން ދޫވީ ޓެރަރިޒަމް މައްސަލައިގައި ސީރިއަސްނުވާތީ"
އޯޑިއޯތަކުގެ ޝަކުވާ އިދިކޮޅުން ޕީޖީއަށް ހުށަހަޅައިފި
ހިޔާނާތުގެ ވަކި މައްސަލައެއް ނުބާލާކަށް ނާންގަން: ޕީޖީ
ޖިހާދުގެ މައްސަލަ ހައި ކޯޓުން އެންމެފަހުން ބަލައިގެންފި
ޖިހާދުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް
ޖިހާދުގެ މައްސަލަ ރިވިއުކުރަން ދައުލަތުން ހުށަހަޅަނީ
ޖިހާދުގެ މައްސަލަ ނުބަލަން ހައި ކޯޓުން ނިންމައިފި
ޑެޕިއުޓީ ޕީޖީގެ މަގާމުން ސަމީރު އިސްތިއުފާ ދެއްވައިފި
އެމްބަސީ ކައިރީގައި މުޒާހަރާ ކުރާތީ ޝަކުވާ ލިބޭ: ޕީޖީ