Roadha Mihaaru
ދަރަނބޫދޫގެ ދަނޑުތަކަކަށް ގެއްލުންދީފި

ދަރަނބޫދޫގެ ދަނޑުތަކަކަށް ގެއްލުންދީފި

14 މެއި 2022

ފ. ދަރަނބޫދޫގެ ދަނޑުތަކަކަށް ރޭ ބަޔަކު ގެއްލުންދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފ. ދަރަނބޫދޫގެ ދަނޑުތަކަކަށް ރޭ ބަޔަކު ގެއްލުންދީފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަބްދުލްހަމީދު އާދަމް މިއަދު ވިދާޅުވީ ރަށުގެ އިރުމަތީފަރާތުގައި އޮތް، ދެ މީހެއްގެ ތިން ދަނޑަކަށް ރޭ ބަޔަކު ވަދެ، ކަރަ އާއި މެލަން ބިނދެ، އަދި މޭވާތަކާއި ގަސްތަކަށް ގެއްލުން ދީފައިވާ ކަމަށެވެ.

ފަޅޯ ގަސްތައް ވެސް ހުރީ ބުރިކޮށް، އެ ސަރަހައްދަށް އުކާލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ ދަނޑުވެރިކަން ކޮށްގެން އާމްދަނީ ހޯދާ ބައެއްގެ ތަންތަނެވެ.

"ފިޔަވަޅުތައް ވެސް އެބަހުރި ފެންނަން. ގަސްތުގައި ކުރި ކަމަކަަށް ވިޔަސް އަދި ތުހުމަތުކުރެވޭ މީހެއް އަދި ނެތް،" ހަމީދު ވިދާޅުވި އެވެ.

ކައިރި ކައިރީގައި އޮތް ދަނޑުތަކުން ތިރީހަކަށް ކަރާ އާއި މެލަން ފަޅާލައި 15 ފަޅޯ ގަސް ބުރިކޮށްލާފައިވެ އެވެ.

"މި ފަހުން އެ ދަނޑުތަކުން ކަރާ ބިނދެފައި ހުރީ. އެކަމަކު ބާކީ ހުރި އެއްޗެހިތައް އެ ހަލާކުކޮށްލީ."