Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
މުލީ މުބާރާތުގައިވެސް ސްމައިލީ އާއި ޝަރޫފް ކުރިއަށް

ސާފިން ލީގުގެ މުލީ މުބާރާތުގައި ވެސް ސްމައިލީ އާއި ޝަރޫފަށް ހުއްޓުމެއްނެތް

14 މެއި 2022

އެމްޓީސީސީ ދިވެހި ސާފިން ލީގުގެ ދެވަނަ މުބާރާތް މުލީކޮޅު މުބާރާތުގެ ފެށުން ވެސް އިސްމާއީލް ރަޝީދު (ސްމައިލީ) ކުރިއެރުން ހޯދައިފި އެވެ.

އެމްޓީސީސީ ދިވެހި ސާފިން ލީގުގެ ދެވަނަ މުބާރާތް މުލީކޮޅު މުބާރާތުގެ ފެށުން ވެސް އިސްމާއީލް ރަޝީދު (ސްމައިލީ) ކުރިއެރުން ހޯދައިފި އެވެ.

ސާފިން ލީގުގެ ގުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ 2022" ޗެމްޕިއަންކަން ހޯދި ސްމައިލީ ވަނީ، މިއަދު މ. މުލީގައި ފެށި މުބާރާތުގެ ތިންވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ޝޯޓްބޯޑްގެ ސީނިއާ ކެޓަގަރީގެ ރައުންޑް 1 ގައި ވާދަކޮށް ސްމައިލީ ވަނީ އެއްވަނަ ހޯދައިފަ އެވެ. ރައުންޑް 1 ގެ ހީޓް 1 ގައި އޭނާއާ ވާދަކުރީ އިބްރާހިމް އައިމަން އާރިފް، ޝައިހާން ހުސައިން ސޮލާހް އަދި ފަރްހާދެވެ.

ސްމައިލީ ވަނީ ތިން ރާޅުން 6.67 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ފުރަތަމަ ރާޅުގައި ވެސް އޭނާ ވަނީ 5.50 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ދެވަނަ އަށް އަށް އައިމަން އަށް ހަތަރު ރާޅުން ސްކޯ ކުރެވުނީ 4.30 ޕޮއިންޓެވެ. ތިންވަނަ އަށް ދިޔަ ޝައިހާން އަށް ސްކޯ ކުރެވުނީ 2،43 ޕޮއިންޓެވެ. ވަގުތު ހަމަވިއިރު ފަރްހާދު އަށް އެއް ރާޅުގައި ސްކޯ ކުރެވުނީ 1.23 ޕޮއިންޓެވެ.

ސްމައިލީ ކުރިން ބޭއްވި މުބާރާތެއްގައި ރާޅާ އަޅަނީ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްމައިލީ ކުރިން ބޭއްވި މުބާރާތެއްގައި ރާޅާ އަޅަނީ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މުޅިކޮޅު ރާޅުގަނޑުގެ ނަމުގައި ކުރިއަށްގެންދާ މުބާރާތުގައި މިއަދު ވަނީ ބޮޑެތި ރާޅުތަކެއް ނަގައިފަ އެވެ. ބައެއް ރާޅުގެ އުސްމިނުގައި 10 ފުޓް ހުއްޓެވެ. ރައުންޑް 1 ގެ އަށް ހީޓްގެ ތެރެއިން އެންމެ މަތިން ސްކޯ ކުރީ ހީޓް 3 ގައި ވާދަކުރި އަހްމަދު އާގިލް (އަންމަޑޭ) އެވެ. އޭނާ ވަނީ 15.50 ޕޮއިންޓް ސްކޯކޮށްފަ އެވެ. އޭނާ އެއަދަދަށް ސްކޯ ކުރީ ހަ ރާޅުގަ އެވެ. އޭނާގެ ފަސްވަނަ ރާޅުގައި 8.33 ޕޮއިންޓް ސްކޯ ކުރި އެވެ. ފުރަތަމަ ރާޅުގައި ވެސް 6.17 ޕޮއިންޓް ސްކޯ ކުރި އެވެ.

އެ ހީޓްގައި ދެވަނަ އަށް ދިޔަ އައިހަމް އަދުނާން، ފަސް ރާޅުގައި ސްކޯ ކުރީ 8.47 ޕޮއިންޓެވެ. ތިންވަނަ އަށް ދިޔަ އަބްދުﷲ އަރުޝަދު އަށް ސްކޯ ކުރެވުނީ 4.84 ޕޮއިންޓެވެ. ހަތަރުވަނަ އަށް ދިޔަ ޔަމާން އިބްރާހިމް އަށް ސްކޯ ކުރެވުނީ 3.37 ޕޮއިންޓެވެ.

އެންމެ ފަހުގެ ގައުމީ މުބާރާތުގެ ޗެމްޕިއަން ހޫދު އަހްމަދު ވެސް ހީޓް 4 ގައި ވާދަކޮށް، ފަސް ރާޅުގައި އަޅައިގެން 14.17 ޕޮއިންޓް ހޯދައިފަ އެވެ. އެ ހީޓްގެ ދެވަނަ އަށް ދިޔައީ އިސްމާއީލް މިގްލާލް (ކުޑަ އިއްސެ) އެވެ. އޭނާ ވަނީ ތިން ރާޅު 8.87 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އެހީޓްގައި ލައްވާލި ހުސައިން އަރީފް (ފުކޫ) ވާދަކޮށްފަ އެވެ. ހީޓްގެ ތިންވަނަ އަށް ދިޔަ މުހައްމަދު ރިފާސް އަބްދު ރައްޒާގް އަށް ސްކޯ ކުރެވުނީ 3.17 ޕޮއިންޓެވެ.

ގައުމީ މުބާރާތުގައި ޝަރޫފް ރާޅަ އަޅަނީ: އޭނާ ދަނީ ސާފިން ލީގުގެ ޖޫނިއާ އަދި ސީނިއާ ބައިގައި ވެސް ކުރިއުރުން ހޯދަމުން --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގައުމީ މުބާރާތުގައި ޝަރޫފް ރާޅަ އަޅަނީ: އޭނާ ދަނީ ސާފިން ލީގުގެ ޖޫނިއާ އަދި ސީނިއާ ބައިގައި ވެސް ކުރިއުރުން ހޯދަމުން --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހީޓް 2 ގައި ވާދަކުރި މުހައްމަދު ފަޔާޒު (ޕެލޭ) ވަނީ 10.67 ޕޮއިންޓް ސްކޯކޮށް ހީޓްގެ އެއްވަނައިގައި ރައުންޑް 3 ން ޖާގަ ހޯދައިފަ އެވެ. އެ ހީޓްގެ ދެވަނަ ހޯދި މުހައްމަދު އަތޫފް ވެސް ވަނީ 9.23 ޕޮއިންޓް ހޯދައި ރައުންޑް 3 އަށް ކޮލިފައި ވެފަ އެވެ. ހީޓް 5 ސީދާ ތިން ވަނަ ރައުންޑަށް ކޮލިފައިވީ އެއްވަނަ ހޯދި ޖައިލަމް ނިޒާރު އާއި ދެވަނަ ހޯދި އިޝާން އިބްރާހިމް އެވެ.

ރައުންޑް 1 ގައި ކޮލިފައި ނުވި ބައިވެރިންނަށް ރައުންޑް 2 ގެ ނަމުގައި ޕްލޭޮފް ބުރެއްގައި ވާދަކޮށްގެން ޖުމުލަ 24 ބައިވެރި ވަނީ ރައުންޑް 3 ށް ކޮލިފައިވެފަ އެވެ. ގައްދޫ މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދި ޝަރޫފް ޝާއިރު ސީނިއާ ކެޓަގަރީގައި ވެސް ވާދަ ކުރެ އެވެ. މިއަދު ރައުންޑް 1 ގެ ހީޓް 6 ގައި ވާދަކޮށް އޭނާ ވަނީ އެއްވަނަ ހޯދައި ތިންވަނަ ބުރަށް ކޮލިފައި ވެފަ އެވެ. މިއަދު ޖޫނިއާ ބައިގައި ވެސް ވާދަކުރި ހީޓުން އޭނާ ވަނީ އެއްވަނަ ހޯދައިފަ އެވެ.

ގައްދޫ މުބާރާތުގެ ފައިނަލުގައި ސްމައިލީއާ ވާދަކުރި ނަޖާހް މުހައްމަދު ވަނީ ރައުްނޑް ހިޓް 8 ގެ ދެވަނަ ހޯދައިގެން ރައުންޑް 3 ށް ކޮލިފައި ވެފަ އެވެ. އެހީޓްގެ އެއްވަނަ ހޯދީ އަހްމަދު އަރްޒާން އެވެ.