ދިވެހި ސާފިން ލީގުގެ ދެވަނަ މުބާރާތް، "މުލީކޮޅު ރާޅުގަނޑު" ގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ޝާނިފް ޝަފީގް ހޯދައިފި އެވެ.
ދިވެހި ސާފިން ލީގުގެ ދެވަނަ މުބާރާތް، "މުލީކޮޅު ރާޅުގަނޑު" ގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ޝާނިފް ޝަފީގް ހޯދައިފި އެވެ.
މުބާރާތް ބާއްވާ ރަށް، މ. މުއްޔަށް ނިސްބަތްވާ ޝާނިފް ޖޫނިއާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އަވަށްޓެރި މުލަކުގެ ޖުމާން މުހައްމަދުގެ މައްޗަށް 2.89 ތަފާތަކުން ކުރި ހޯދައިގެންނެވެ.
ސާފިން ލީގު ކުރިއަށްދަނީ ޝޯޓް ބޯޑުގެ އިވެންޓްތަކެވެ. މިއަދު މެންދުރު ފަހު ބޭއްވި ފައިނަލްގެ ހީޓްގައި ޝާނިފް ވަނީ އަށް ރާޅުގައި އަޅައިގެން 14.43 ޕޮއިންޓް ހޯދައިފަ އެވެ. އޭނާ އެންމެ ގިނައިން ސްކޯ ކުރީ ހަތްވަނަ ރާޅުގަ އެވެ. އެރާޅުގައި 7.50 ޕޮއިންޓް ހޯދި އެވެ.
ޝާނިފް ކަނޑު ހިފައިގެން: ސާފިން ލީގުގެ ދެވަނަ މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދީ އޭނާ
ޖުމާން ވެސް އަށް ރާޅުގައި އެޅި އެވެ. އެކަމަކު އޭނާ އަށް ހޯދުނީ 11.54 ޕޮއިންޓެވެ. ހަތަރުވަނަ ރާޅުގައި އޭނާ ވަނީ 6.67 ޕޮއިންޓް ހޯދައިފަ އެވެ. މިއީ މި މުބާރާތުގެ ފައިނަލް ސްޓޭޖުގައި ޖުމާން އާއި ޝާނިފް ބައްދަލު ކުރި ދެވަނަ ފަހަރެވެ.
ކުއާޓާ ފައިނަލް ހީޓް 2 ގައި ވާދަކޮށް ވެސް ކުރި ހޯދީ ޝާނިފެވެ. ކުއާޓާގައި އޭނާ ވަނީ ފަސް ރާޅުން 15.66 ޕޮއިންޓް ހޯދައިފަ އެވެ. ހަތަރު ރާޅުން ޖުމާން އަށް ހޯދުނީ 5.07 ޕޮއިންޓެވެ.
މުބާރާތުގެ އޯޕަން ކެޓަގަރީގެ ސެމީ ފައިނަލްގައިި ގައުމީ ޗެމްޕިއަން ހޫދު އަހްމަދު ބަލިކުރުމަށްފަހު އަހްމަދު އާގިލް ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ފައިނަލްގައި އޭނާއާ ވާދަކުރާނީ ނަޖާހް މުހައްމަދެވެ. މިއީ ސާފިން ލީގުގައި ނަޖާހްގެ ދެވަނަ ފައިނަލެވެ. އަމިއްލަ ރަށް، ގަދަ. ގައްދޫގައި ބޭއްވި ފުރަތަމަ މުބާރާތުގައި އިސްމާއީލް ރަޝީދު (ސްމައިލީ) އާ ދެކޮޅަށް ފައިނަލްގައި ވާދަކުރީ ނަޖާހް އެވެ.
މުލީކޮޅު ރާޅުގަނޑުގައި ސްމައިލީ ކަޓައިފި
މުލީ މުބާރާތުގައިވެސް ސްމައިލީ އާއި ޝަރޫފް ކުރިއަށް
އާޔާ ފަސްވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި
ގައުމީ ސާފް ލީގު ޗެމްޕިއަންކަން އަލުން އަންމަޑޭއަށް
އުމުރުން 15 އަހަރުގެ ޔަސީން ސާފިން ޗެމްޕިއަނަކަށް!
އަންމަޑޭ ކަޓައި، ސައްޔިދު ސެމީ ފައިނަލަށް
އޭޝިއަން ގޭމްސްގެ ސާފިންއިން ރާއްޖެއަށް އިތުރު ދެ ޖާގަ
އޭޝިއަން މުބާރާތުން ޖޫނިއާ ސާފިން ޓީމަށް ކޮޕާ މެޑަލް
ސާފިންގެ ގައުމީ ޓީމު އޭޝިއާ މުބާރާތަށް އިންޑިއާއަށް
އަންމަޑޭ އަލުން މުލީގެ ޗެމްޕިއަންކަން ހޯދައިފި