Roadha Mihaaru
ޖަލުން ފިލައިގެން އުޅެނިކޮށް މިސްބާހު ހައްޔަރުކޮށްފި

އައްސޭރި ޖަލުން ފިލައިގެން އުޅެނިކޮށް މިސްބާހު ހައްޔަރުކޮށްފި

18 މެއި 2022

ޕާކިސްތާނުގައި ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ފުލުހުން ބުނެފައިވާ، މިސްބާހު މުހައްމަދު އައްސޭރި ޖަލުގައި ބަންދުކޮށްފައި ހުއްޓާ ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޕާކިސްތާނުގައި ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ފުލުހުން ބުނެފައިވާ، މިސްބާހު މުހައްމަދު އައްސޭރި ޖަލުގައި ބަންދުކޮށްފައި ހުއްޓާ ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.

މިސްބާހަކީ ނޮވެމްބަރު 2020 އިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލުމާ ގުޅިގެން އާއިލާ އިން އެދިގެން ހޯދަން އިިއުލާންކުރި މީހެކެވެ.

އެކަމަކު، ފަހުން ދިވެހި ފުލުހުންނަށް އެނގުނު ގޮތުގައި އޭނާއަކީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު، އެ މީހުންގެ ޑްރަގް ޝިޕްމަންޓުގެ އަގު އަދާކުރާނެ ކަމުގެ ގެރެންޓީއެއްގެ ގޮތުގައި، ރާއްޖޭން ބޭރުގެ ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށަށް ފޮނުވާލާފައިވާ މީހެކެވެ.

މިދިޔަ އަހަރުގެ ޖުލައި 23 ގައި މިސްބާހު މާލެ އައުމާ އެކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރި އެވެ.

އެ އިދާރާ އިން ރޭ ބުނިގޮތުގައި، އައްސޭރި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު ފިލުމާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޯދައި މިހާރު ވަނީ ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭނާ ފިލި ގޮތެއް އަދި އިތުރު އެއްވެސް މައުލޫމާތެއް އެ އިދާރާއަކުން ނުދެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ފިލައިގެން އުޅެނިކޮށް ހައްުޔަރުކުރި މީހަކީ މިސްބާހެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އުމުރުން 25 އަހަރުގެ މިސްބާހު ގޮވައިގެން ދިޔައީ ޑިސެމްބަރު 8، 2020 ގައި "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެ އަށް 72 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އިރުފާނެވެ. އިރުފާނު ހައްޔަރުކުރީ މިސްބާހު ދުބާއީ އަށް ގެންގޮސް އެނބުރި އައި ފަހުން މަސްތުވާތަކެއްޗާ އެކުގަ އެވެ.

އިރުފާނާއި މިސްބާހް ދުބާއީ އަށް ދާން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔައީ 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ދުއްވާ ކާރުގައި ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.

މިސްބާހު ގޮވައިގެން ދުބާއީ އަށް ދިއުމަށް ފަހު އިރުފާން އަނބުރާ ރާއްޖެ އަށް އައި ނަމަވެސް މިސްބާހު ރާއްޖެ އައުމުގެ ބަދަލުގައި ނޮވެމްބަރު 23 ވަނަ ދުވަހު ފްލައި ދުބާއީގެ ފްލައިޓަކުން ދުބާއީން ޕާކިސްތާނަށް ފުރީ އެވެ. އަދި "ގެރެންޓާ" އެއްގެ ގޮތުގައި ޕާކިސްތާނަށް އޭނާ ދިޔަ ކަމަށް ފުލުހުން ބުންޏަސް މިސްބާހު ވަނީ އޭނާ އާންމުކުރި ވީޑިއޯއެއްގައި އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.