ވ. ތިނަދޫގައި އެކަށީގެންވާ ވަރުގެ މިސްކިތެއް ނެތް ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން އިހުތިޖާޖު ކޮށްފި އެވެ.
20 މެއި 2022
ވ. ތިނަދޫގައި އެކަށީގެންވާ ވަރުގެ މިސްކިތެއް ނެތް ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން އިހުތިޖާޖު ކޮށްފި އެވެ.
ހުކުރު ނަމާދަށް ފަހު އެެ ރަށު ރައްޔިތުން މިއަދު ކުރި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި އަބްދުﷲ މަޖީދު "މިހާރު" އަށް ބުނީ އެ ރަށުގައި ހުރި މިސްކިތުގެ ދަށުގައި ގަބުރު ހުރި ކަމަށް ބުނެ އުވާލާފައިވާތާ 10-15 އަހަރުވެފައިވާ ކަމަށެވެ.
ރައްޔިތުން މިހާރު ނަމާދު ކުރަމުން އަންނަނީ ކުރިން އަންހެނުންގެ މިސްކިތެއްގެ ގޮތުގައި ބޭނުން ކުރަމުން އައި ކުޑަ މިސްކިތެއްގައި ކަމަށް އޭނާ ބުންޏެވެ.
"ހުކުރު ދުވަހެއް ނޫނީ އީދު ދުވަހެއް ވިޔަސް 100 މީހުންގެ ޖާގަ ހަމަނުވާތީ މިތިބެން ޖެހެނީ ދޭހައި އަތްވަކާއި ވެހޭހާ ވާރެއެއްގައި. ރަށުގައި އެހެން މަޝްރޫއުތައް ހިންގިޔަސް މިސްކިތުގެ ވާހަކަ އެއްވެސް ގޮތަކަށް ނުދައްކާ،" މަޖީދު ބުންޏެވެ.
މިހާރު ބޭނުން ކުރަމުންދާ ކުޑަ މިސްކިތުގެ ހާލަތު ވެސް ގޯސް ކަމަށް އޭނާ ބުންޏެވެ. މިސްކިތުގައި ދާއިމީ އިމާމެއް ނުހުންނަ ކަމަށާއި ފޮޅައި ސާފުކޮށް ބަލަހައްޓާނެ މީހަކު ވެސް ނުހުންނަ ކަމަށް އޭނާ ބުންޏެވެ.
މަޖީދު ވިދާޅުވީ އެ ރަށުން 30 ގޯތި ދޫކޮށްފައި އޮތުމުން މީހުން އިތުރު ވާނެ ކަމަށް ލަފާކުރާ ކަމަށެވެ. ނަމަވެސް މިހާރު ވެސް މިސްކިތުގެ ޖާގަ ނެތް އިރު އެ މައްސަލަ މީގެ ކުރިން ވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް އޭނާ ބުންޏެވެ.
ތިނަދޫ އަކީ 200 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިމެނެ އެވެ.
ވ. ތިނަަދޫގައި މިސްކިތް އަޅަން ބަޔަކު ޝައުގުވެރިވެއްޖެ
ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް އަޅަނީ
ފަރީދުގެ ހަނދާނުގައި މިސްކިތް އަޅަން ފައިސާ ހަމަވެއްޖެ
ޝެއިހް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރަނީ
މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި އީދު ނަމާދުކުރާނެ
ރަށްރަށުގެ އިމާމުންގެ މުސާރަ މިމަހު ލަސްވާނެ
ހަރަމްފުޅުގެ އިމާމުގެ ދަރުހެއް ބުރާސްފަތި ދުވަހު
ހިޔާ ޓަވަރުތައް ކައިރީގައި 3 ބުރީގެ މިސްކިތް ހުޅުވަނީ
ހުޅުމާލެ 2 ގައި މިސްކިތެއް އަޅަން ބިން ހަވާލުކޮށްފި
ނަގުދު ފައިސާ ވަގުފު ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފި