ކާންސް ފިލްމު ފެސްޓިވަލްގެ ރެޑް ކާޕެޓް އިވެންޓުގައި ލާން އުޅުނު ހެދުންތައް ގެއްލުމުން، ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަޝްހޫރު އެކްޓްރެސް ޕޫޖާ ހެޖަށް ކުރިމަތިވި ހާސްކަން އޭނާ ބަންޑުންކޮށްލައިފި އެވެ.
ކާންސް ފިލްމު ފެސްޓިވަލްގެ ރެޑް ކާޕެޓް އިވެންޓުގައި ލާން އުޅުނު ހެދުންތައް ގެއްލުމުން، ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަޝްހޫރު އެކްޓްރެސް ޕޫޖާ ހެޖަށް ކުރިމަތިވި ހާސްކަން އޭނާ ބަންޑުންކޮށްލައިފި އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ކާންސް ފިލްމު ފެސްޓިވަލްގެ ރެޑް ކާޕެޓް އިވެންޓުގައި ޕޫޖާ އެންމެ ފުރަތަމަ ފެނުނީ ވަރަށް މަޑު ފިޔާތޮށި ކުލައެއްގެ ސްޓްރެޕްލެސް ގައުންއެއްގަ އެވެ. އެކަމަކު، އެ ވަގުތު އޭނާގެ މޫނުމަތިން ހާސް ކަމެއް ފެންނަން ނެތަސް، ޕޫޖާ ވަނީ އެންމެ ފަހު ވަގުތު އޭނާ އަށް ލަނޑެއް ލިބުނު ކަމަށް ބުނެފަ އެވެ.
އިންޑިއާ އިން ފްރާންސަށް އޭނާ ކުރި ދަތުރުގައި އެ ފެސްޓިވަލުގައި ލާން އުޅުނު ހެދުންތައް އޮތް ދަބަސް ގެއްލުނީ މޭކަޕް ސާމާނުތަކާ ވެސް އެކުގަ އެވެ.
ޕޫޖާ ބުނީ އޭނާގެ އެއް ލަގޭޖް ގެއްލުނީ އިންޑިއާގައި އެއާޕޯޓަށް ދިޔަ މަގުމަތީގައި ކާރަކަށް ކަމަށެވެ. އަދި އަނެއް ލަގެޖް ގެއްލުނީ ޕެރިސްގައި ޓްރާންސިޓްވިއިރު ކަމަށް ބުންޏެވެ. ޕޫޖާ އަށް ސަލާމަތުން ލިބުނު ހަމައެކަނި އެއްޗަކީ އޭނާގެ އަތް ދަބަހަށް ލީ ގަހަނާތަކެވެ.
އެ ސަމާނުތައް ގެއްލުމުން ރޯނެ ވަގުތު ވެސް ނުލިބުނު ކަމަށް ބުންޏެވެ. އަދި އޭނާ އަށް ވުރެ ބޮޑަށް އޭނާގެ މެނޭޖަރު ޕެނިކްވެގެން އުޅުނު މަންޒަރު ފެނުނު ކަމަށް ވެސް ބުންޏެވެ.
އެންމެ ފަހުން އޭނާގެ ޓީމުން، ކެއިންބުއިމެއް ވެސް ނެތި އޭނާ ތައްޔާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ބުންޏެވެ.
އޭނާ ރެޑް ކާޕެޓް އިވެންޓަށް ތައްޔާރުވީ އެތަނުން ހެދުމާއި މޭކަޕް ސާމާނު ގަނެގެންނެވެ. އަދި އެ ދުވަހު ފުރަތަމަ ފަހަރަށް ކެއީ ވެސް ރެޑް ކާޕެޓް އިވެންޓަށް ފަހު ކަމަށް ބުނެ ޕޫޖާ ވަނީ އޭނާގެ މުޅި ޓީމަށް ތައުރީފުކޮށްފަ އެވެ.
ކިތަންމެ އަވަސް އަރުވާލައިގެން ތައްޔާރުވިޔަސް ގިނަ ބަޔަކަށް ޕޫޖާގެ ފެނިލުންތައް ކަމުދިޔަ އެވެ. އެ ފިޔާތޮށި ހެދުމުގެ އިތުރުން ފްލޯރަލް ޕްރިންޓް ހެދުމެެއްގަ އާއި ރީނދޫ ކުލައިގެ ހެދުމެއްގެ މަތިން ޒިބްރާ ޕްރިންޓް ބްލޭޒާއެއް ވެސް އޭނާ ލި އެވެ.
ޕޫޖާ މި އަހަރުގެ ފިލްމު ފެސްޓިވަލްގައި ބައިވެރިވީ އިންޑިއާ ތަމްސީލުކުރާ 11 މެމްބަރުންގެ ތެރެއިންނެވެ. އެ ފެސްޓިވަލްގައި އިންޑިއާ ވަނީ ކަންޓްރީ އޮފް އޮނާ އަށް ސެލެކްޓްވެފަ އެވެ.
ކާންސްގައި އައިޝްވާރިޔާ ލީ ހެދުންތަކަށް ސަމާލުކަން
ފެޝަން ޑިޒައިނަރު ރޯހިތު ބާލް މަރުވެއްޖެ
މަސާބާއަށް އަންހެން ކުއްޖަކު ލިބިއްޖެ
ކިއާރާގެ އެކްސެންޓް ބޮޑު ޖޯކަކަށް
މިފަހަރުގެ މެޓް ގާލާގައި ވިދާލީ ޒެންޑާޔާ އާއި ޖީޖީ
އެމެރަލްޑް ގަހަނާ އަށް އޮތް ލޯބި ބޮޑުވަނީ
ފެޝަން ޑިޒައިނަރު މަނީޝް ފިލްމެއް ޑައިރެކްޓުކުރަނީ
އާލިއާ، "ގޫޗީ" ބްރޭންޑުގެ އެމްބަސެޑަރަކަށް
ސޮނާލީ 16 އަހަރު ކުރިން ލީ ހެދުމެއްގައި
ކާންސް ފިލްމު ފެސްޓިވަލްގެ ޖޫރީންގެ ލިސްޓުގައި ދީޕިކާ