Roadha Mihaaru
މިއީ ޕީއެސްޖީން ހިންގާ ޖަރީމާ އެއް: ލަލީގާ

މިއީ ޕީއެސްޖީން ހިންގާ ޖަރީމާ އެއް: ލަލީގާ

22 މެއި 2022

ވޭތުވެދިޔަ އަހަރުތަކުގައި މާލީގޮތުން ލިބުނު ބޮޑެތި ގެއްލުންތަކާ އެކު ވެސް ނުބައްދަލު މުސާރައަކާ އެކު ކިލިޔަން އެމްބާޕޭ މަޑުކުރުވަން ނިންމި ނިންމުމަކީ، ޕީއެސްޖީން ހިންގާ ޖަރީމާއެއްގެ ގޮތުގައި ސްޕެއިންގެ ލަލީގާއިން ސިފަ ކޮށްފި އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި މާލީގޮތުން ލިބުނު ބޮޑެތި ގެއްލުންތަކާ އެކު ވެސް ނުބައްދަލު މުސާރައަކާ އެކު ކިލިޔަން އެމްބާޕޭ މަޑުކުރުވަން ނިންމި ނިންމުމަކީ، ޕީއެސްޖީން ހިންގާ ޖަރީމާއެއްގެ ގޮތުގައި ސްޕެއިންގެ ލަލީގާއިން ސިފަ ކޮށްފި އެވެ.

ގިނަ ބަޔަކު ހީކޮށްގެން ތިބީ ރޭ މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗު ވާނީ ޕީއެސްޖީގެ ޖޯޒީގައި އެމްބާޕޭ ފެންނާނެ ފަހު ފަހަރު ކަމަށެވެ. ނަމަވެސް އެމްބާޕޭ ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑާ އެކު ދެއްކި ވާހަކަތައް އްފަރާތަކަށް ޖައްސާލައި، ޕީއެސްޖީގައި އިތުރު ތިން އަހަރު މަޑުކުރަން ނިންމާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕީއެސްޖީން ވަނީ އެމްބާޕޭ އެއްބަސްވުމުގައި ސޮއި ކުރުމުން ބޯނަހެއްގެ ގޮޮތުގައި 300 މިލިއަން ޔޫރޯ ދޭން އެއްބަސްވެފަ އެވެ. އަދި ޓެކްސް ނުހިމަނައި އަހަރަކު 100 މިލިއަން ޔޫރޯ ވެސް ދޭޏް އެއްބަސް ވެފަ އެވެ. އަދި މީގެ އިތުރުން އެމްބާޕޭ އަށް ވަނީ ޕީއެސްޖީގެ ސްޕޯޓިން ޕްރޮޖެކްޓުގެ އެޑްވަޒިޒަރެއްގެ މަގާމު ދޭން އެއްބަސްވެފައި ވާކަމަށް ވެސް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

މި ސީޒަނަށް ފަހު ޓީމުގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމުގައި ހުރި ލިއެނާޑޯ އަރައުހޯ އަދި ކޯޗު މައުރީޝިއޯ ޕޮޗެޓިނޯ މަގާމުން ދުރުކުރަން ނިންމާފައި ވާކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އާ ކޮންޓްރެކްޓާ އެކު އެމްބާޕޭއަށް ޕީއެސްޖީން ދޭ ބާރުތަކުގެ ތެރޭގައި ކޯޗާއި ސްޕޯޓިން ޑިރެކްޓަރު ކަނޑައެޅުމާއި އަދި ކުޅުންތެރިންގެ ސޭލްސްގައި ވެސް ގޮތް ނިންމުމުގެ ބާރު ހިމެނޭ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

މިއާ ގުޅިގެން ސްޕެއިންގެ ލަ ލީގާ އިން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ. މި ބަޔާނުގައި ލަ ލީގާއިން ބުނީ، ޕީއެސްޖީން އެމްބާޕޭއަށް ހުށަހެޅި ޑީލްގެ ސަބަބުން ޔޫރަޕުގެ ފުޓުބޯޅައަށް އިގްތިސޯދީ ލޮޅުންތަކެއް އަންނާނެ ކަމަށާއި، ވޭތުވެދިޔަ އަހަރުތަކުގައި މާލީގޮތުން ލިބުނު ބޮޑެތި ގެއްލުންތަކާ އެކު ވެސް ނުބައްދަލު މުސާރައަކާ އެކު އެމްބާޕޭ މަޑުކުރުވަން ނިންމި ނިންމުން އޮޅުން ފިލުވައިދޭން ޖެހޭ ކަމަށެވެ. އަދި މި މައްސަލަ ޔޫއެފާ އަށް ރިޕޯޓް ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެމްބާޕޭ އާއި ޕީއެސްޖީގެ ރައީސް: އެމްބާޕޭ ވަނީ ޕީއެސްޖީ އާއެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ --- ފޮޓޯ: ގެޓީ އިމޭޖަސް

އެމްބާޕޭ އާއި ޕީއެސްޖީގެ ރައީސް: އެމްބާޕޭ ވަނީ ޕީއެސްޖީ އާއެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ --- ފޮޓޯ: ގެޓީ އިމޭޖަސް

"މިއީ ޕީއެސްޖީން ހިންގާ ޖަރީމާ އެއް، މިދިޔަ ސީޒަނުގައި ވެސް 220 މިލިއަން ޔޫރޯގެ ގެއްލުން ވެފައި ވާކަން އެމީހުން ރިޕޯޓް ކޮށްފައި ވޭ، އެއީ އޭގެ ކުރީ ސީޒަނުގައި ގެއްލުވްނި ކަމަށް ބުނާ 700 މިލިއަން ޔޫރޯގެ އިތުރަށް (ސްޕޮންސާޝިޕް އާމްދަނީ ޝައްކު ކުރެވޭ އަގުގައި ރިޕޯޓް ކޮށްފައި)، ޓީމުގެ ސްކޮޑަށް ގާތްގަނޑަކަށް 650 މިލިއަން ޕައުންޑް ހަރަދު ވާނެ، މި ހާލަތުގައި އޮތް ޓީމަކުން ކުޅުންތެރިޔާ މަޑުކުރުވަން ނިންމިއިރު، ކުޅުންތެރިންގެ މުސާރައަށް ބެލުމެއް ނެތި ސޮއިކުރުވުމުގެ ތަނަވަސްކަން ލިބިފައި ތިބި ކުލަބުތަކަށް އެ ފުރުސަތެއް ނެތް،" ލަ ލީގާގެ ބަޔާނުގައި ވެއެވެ.

"ލަ ލީގާ އިން ޔޫއެފާ އާއި ފްރާންސްގެ މާލީ އަދި އިދާރީ ފަރާތްތަކުގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ކަމާބެހޭ އިދާރާތަކަށް ވެސް ޝަކުވާ ހުށަހަޅާނަން، އެއީ ޔޫރަޕުގެ ފުޓްބޯޅައިގެ އިގްތިސާދީ އިކޯސިސްޓަމް ދެމެހެއްޓެނިވި ގޮތުގައި ދިފާއު ކުރުމަށް."

މީގެ އިތުރުން ލަ ލީގާގެ ބަޔާނުގައި ވަނީ، ޕީއެސްޖީގެ މި ނިންމުމާ އެކު އެނގިގެން ދިޔައީ ގައުމުންބޭރުގެ ފަރާތްތަކުން ހިންގާ ކުލަބުތަކުން ފުޓުބޯޅައިގެ ގަވާއިދަށް އިހުތިރާމް ނުކުރާ މިންވަރު ކަމަށެވެ. އަދި ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) ގެ ރައީސްކަން ކުރައްވާ ޕީއެސްޖީގެ ރައީސް، ނާސިރު އަލް ޚެލައިފީ އަކީ ޔޫރަޕިއަން ސުޕާ ލީގާ އެއްވަރަށް ޔޫރަޕުގެ ފުޓުބޯޅައަށް ހުރި ނުރައްކަލެއް ކަމަށް ބުނެފަ އެވެ.

އެމްބާޕޭ ޕީއެސްޖީގައި މަޑުކުރުވުމާ ގުޅިގެން ލަ ލީގާގެ ރައީސް ހާވިއޭ ޓެބާސް ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިއީ ޕީއެސްޖީން ފުޓުބޯޅައަށް ކުރި މަލާމާތެއް ކަމަށެވެ.