ޕެރިސް (ޖޫން 5) – ރެއާލް މެޑްރިޑަށް ބަދަލުވިތާ 24 ގަޑިއރު ވެސް ނުވަނީސް، ކުރީގެ ކްލަބް ޕީއެސްޖީއާ ދެކޮޅަށް، ކިލިޔަން އެމްބާޕޭ ޝަކުވާ ފުންޏެއް އޮއްސާލައިފި އެވެ.
ޕެރިސް (ޖޫން 5) – ރެއާލް މެޑްރިޑަށް ބަދަލުވިތާ 24 ގަޑިއރު ވެސް ނުވަނީސް، ކުރީގެ ކްލަބް ޕީއެސްޖީއާ ދެކޮޅަށް، ކިލިޔަން އެމްބާޕޭ ޝަކުވާ ފުންޏެއް އޮއްސާލައިފި އެވެ.
މިމަހުގެ 30 ގައި ޕީއެސްޖީއާ އެކު އޮތް ކޮންޓްރެކްޓް ހަމަވުމާ އެކު ފަސް އަހަރުގެ ކޮންތްރެކްޓެއްގައި ރެއާލް މެޑްރިށް ބަދަލުވާން އޭނާ މިހާރު ވަނީ ސޮއި ކޮށްފަ އެވެ.
މިދިޔަ އޮގަސްޓް މަހު ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރަން އެމްބާޕޭ ދެކޮޅު ހެދުމުން އޭނާއަށް ކްލަބުން އަދަބު ދިނެވެ. އެގޮތުން އޭނާ ޓްރެއިން ކުރަން ޖެހުނީ ސީނިއާ ސްކޮޑާ ވަކިންނެވެ.
"ޕީއެސްޖީގައި ހުރީ އުފަލަކުން ނޫނޭ ބުނުމަކީ އެއްގޮތަކަށް ވެސް އިންސާފުވެރި ގޮތަކަށް ނުވާނެ. އެކަމަކު ބައެއް ކަންތައް ލޯމައްޗަށް ނުފެންނާނެ." ޔޫރޯގެ ކުރިން ގައުމީ ޓީމާއެކު ކުޅޭ އެކުވެރިކަމުގެ މެޗުގެ ކުރިން އޮތް ޕްރެސްގައި ބައިވެރިވި އެމްބާޕޭ ބުންޏެވެ.
އެމްބާޕޭ ބުނީ ޕީއެސްޖީގައި އޭނާ "ސަލާމަތް ކުރީ" ކޯޗު ލުއިސް އެންރީކޭ އާއި އެޑްވައިޒަރު ލުއިސް ކެމްޕޯސް ކަމަށެވެ. އަދި އެ ދެމީހުންގެ އެހީއާ ނުލައި އަލުން ކުޅުމުގެ ތެރެއަށް ނާދެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެއީ އަހަރެން ފަހުރުވެރި ވާފަދަ ސީޒަނެކޭ ބުނެވޭނެ. އެއީ އަހަރެން ކުޅުމަށް ވާން ޖެހުނު ގުރުބާނީތައް ވަރަށް ރަނގަޅަށް އިހުސާސް ކުރެވުނު،" އެމްބާޕޭ ބުންޏެވެ.
"މެޗަކަށް ފަހު މެޗެއް ކުޅެގެން ތަށި ހޯދުމަކީ އަހަރެންނަށް އަބަދުވެސް ލިބޭ ޝަރަފެއް. އެކަމަކު ކުރިއަށް އޮތް ސީޒަނަކީ އެފަދަ ސީޒަނަކަށް ވާކަށް އަހަރެން ނޭދެން."
ޕީއެސްޖީ އަށް ހަ ފަހަރު ލީގު ކާމިޔާބު ކޮށްދިން އެމްބާޕޭ އަށް ކުރިއަށް އޮތީ ޔޫރަޕްގެ ރަސްގެފާނުން ކަމަށްވާ ސްޕެއިންގެ ރެއާލް މެޑްރިޑާ އެކު މުޅިން އާ މިސްރާބަކަށް ދަތުރު ފެށުމެވެ.
"މިއީ ވަރަށް ބޮޑު އުފަލެއް. ހުވަފެނެއް ހަގީގަތަކަށް މި ވީ،" އެމްބާޕޭ ރެއާލް މެޑްރިޑަށް ބަދަލުވެވުމުން ކުރެވޭ އިހުސާސް ކިޔައިދިނެވެ.
"މިއީ އަހަރެން އަބަދުވެސް އެ ކްލަބަކަށް ކުޅެން ބޭނުންވެގެން ހުވަފެންތަކެއް ދެކެމުން އައި ކްލަބް. އަހަރެން އެ ކްލަބަށް މި ދަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ހުރެ."
ރެއާލުން އެމްބާޕޭއަށް ދޭން ބުނާ އަގު ކުޑަވުމުގެ ޝަކުވާ
ރެއާލަށް ބަދަލުވާން އެމްބާޕޭ ނިންމައިފި: މީޑިއާ
ޕީއެސްޖީ އިން އެމްބާޕޭ "ސޭލް" އަޅުވައިފި
އެމްބާޕޭ ޕީއެސްޖީގައި މަޑުކުރީ ފައިސާ އާ ހެދިއެއް ނޫން
"ޔޫއެފާ އިން ކަންކުރަންވީ ގޮތް ކިޔައިދޭކަށް ނުޖެހޭ"
މިއީ ޕީއެސްޖީން ހިންގާ ޖަރީމާ އެއް: ލަލީގާ
ކޮންޓްރެކްޓް އާ ކުރުމަށްފަހު ހެޓްރިކާއެކު ރަން ބޫޓް
ރެއާލްއަށް ނޫނެކޭ ބުނެ އެމްބާޕޭ ޕީއެސްޖީގައި މަޑުކޮށްފި
އެމްބާޕޭ ވަށައިގެން ހިނގާ ކަންކަމުން އަސަރެއް ނުކުރާނެ
އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން މެކްރޮން ބޭނުންވޭ