27 މެއި 2022
ކ. ކޮއްދިއްޕަރު ފިނޮޅުގައި ތަރައްގީ ކުރަމުން އަންނަ އަމީންގިރި ރިސޯޓު، އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.
ކ. ކޮއްދިއްޕަރު ފިނޮޅުގައި ތަރައްގީ ކުރަމުން އަންނަ އަމީންގިރި ރިސޯޓު، އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އަމީންގިރި ރިސޯޓުގެ ހިންގުން ވަނީ ޓޫރިޒަމްގެ ދާއިރާގައި ދުނިޔެ އަށް މަޝްހޫރު ހޮސްޕިޓާލިޓީ ކުންފުނި، ހިލްޓަންއާ ހަވާލުކޮށްފަ އެވެ.
ހިލްޓަންގެ ބައެއް ބްރޭންޑްތަކުގެ ރިސޯޓާއި ހޮޓެލް ރާއްޖޭގައި ހުރި ނަމަވެސް "ހިލްޓަން މޯލްޑިވްސް އަމީންގިރި ރިސޯޓު" ނަން ދީފައިވާ މި ރިސޯޓަކީ އެ ކުންފުނީގެ އަމިއްލަ ނަމުގައި ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ.
ހިލްޓަން މޯލްޑިވްސް އަމީންގިރި ރިސޯޓުގެ ރޫމެއް ---ފޮޓޯ: ހިލްޓަން
އަމީންގިރި ހޯލްޑިންގްސް އަދި ހިލްޓަން ގުޅިގެން ހަދާ މި ރިސޯޓަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިން ސްޕީޑް ލޯންޗުގައި 15 މިނަޓުން ދެވޭނެ އެވެ.
އެ ރިސޯޓުގައި ޖުމްލަ 109 ވިލާ ހުންނައިރު، އޭގެތެރެއިން ގިނައީ ވޯޓާ ވިލާތަކެވެ. އަދި ބޮޑެތި އާއިލާތަކަށާއި ގްރޫޕްތަކަށް ހާއްސަކޮށް ހަދާފައިވާ ހަ ކޮޓަރީގެ ވިލާ ވެސް ހުރެ އެވެ.
ހުރިހާ ވިލާއެއްގައި ވެސް ޕްރައިވެޓް ޕޫލްއެއް ހުންނަ އެ ރިސޯޓުން، ޓޫރިސްޓުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފަސޭހަކަމާ އެކު ލިބޭނެ ކަމަށް ހިލްޓަން އިން ބުނެ އެވެ.
ހިލްޓަން މޯލްޑިވްސް އަމީންގިރި ރިސޯޓުގެ އެންމެ އަގުހެޔޮ ވިލާ ---ފޮޓޯ: ހިލްޓަން
އަމީންގިރި ރިސޯޓުގައި އެންމެ އަގުހެޔޮކޮށް ލިބެން ހުންނަނީ ރެއަކަށް 793 ޑޮލަރު ނަގާ އެއް ކޮޓަރީގެ ވޯޓާ ވިލާތަކެވެ. ރިސޯޓު ހުޅުވުމަށް ފަހު މިހާރު ހިލްޓަންގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ އަގުތަކަށް ބަދަލު އަތުވެދާނެކަމަށް އެ ރިސޯޓުން ބުނެ އެވެ.
އަލަށް ހުޅުވާ އެ ރިސޯޓުގެ ބުކިން ހެއްދުމަށް މިހާރުން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ރިސޯޓުގެ ހިތްފަސޭހަކަން ތަޖުރިބާކޮށްލަން ބޭނުންވާ މީހުންނަށް ހިލްޓަންގެ ވެބްސައިޓް މެދުވެރިކޮށް ރިޒަވޭޝަން ހެއްދޭނެ އެވެ.
އަމީންގިރި ރިސޯޓު ހިންގަން ހިލްޓަންއަށް
އިރުފުށި މައްސަލަ ސަން ޓްރެވަލްސްއާ ދެކޮޅަށް ނިންމައިފި
ވާލްޑޮފް އެސްޓޯރިއާ ރިސޯޓަށް މުވައްޒަފުން ހޯދަނީ
ޓޫރިޒަމަށް ބޮޑެތި ނަންތަކާއި އާ ރިސޯޓްތަކެއް
ރާއްޖޭގައި އިންވެސްޓްކުރެވުނީތީ ފަހުރުވެރިވަން: ހިލްޓަން
ހިލްޓަންގެ "ކިއުރިއޯ ކަލެކްޝަން"ގެ ރިސޯޓެއް ހަދަނީ
ވާލްޑޮފް އެސްޓޯރިއާގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަނީ
އިރުފުށި މައްސަލާގައި ހިލްޓަން ގޮތް ހުސްވެފައި
ކޮންރެޑުގެ ވިލާތަކެއް މަރާމާތުކުރަން 3.2 މިލިއަން
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި