Roadha Mihaaru
ކޮންފަރެންސްގައި މާލޭ ސިޓީ ކައުންސިލް ބައިވެރި ނުވި

ކައުންސިލަރުންގެ ކޮންފަރެންސްގައި މާލޭ ސިޓީ ކައުންސިލުން ބައިވެރިއެއް ނުވި!

28 މެއި 2022

ކައުންސިލްތަަކަށް ދިމާވާ މައްސަލަތަކުގައި ކައުންސިލަރުންނާ އެކު އެއް މޭޒެއްގައި މަޝްވަރާކޮށް، ހައްލު ހޯދަން އއ. އުކުޅަހުގައި މިއަދު ބޭއްވި ކޮންފަރެންސަށް މާލޭ ސިޓީ ކައުންސިލަށް ދިން ދައުވަތު ގަބޫލުނުކުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު އުކުޅަހުން ފަޒީނާ އަހުމަދު

ކައުންސިލްތަަކަށް ދިމާވާ މައްސަލަތަކުގައި ކައުންސިލަރުންނާ އެކު އެއް މޭޒެއްގައި މަޝްވަރާކޮށް، ހައްލު ހޯދަން އއ. އުކުޅަހުގައި މިއަދު ބޭއްވި ކޮންފަރެންސަށް މާލޭ ސިޓީ ކައުންސިލަށް ދިން ދައުވަތު ގަބޫލުނުކުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

މި ރަށުގައި ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު، އަހަރެއްހާ ދުވަހުގެ ތެރޭގައި ދިމާވި ގޮންޖެހުންތަކަށް ހައްލު ހޯދަން ބާއްވާ މުހިއްމު ކޮންފަރެންސްގައި މާލެ ސިޓީ ކައުންސިލުން ބައިވެރިނުވާ މަށެވެ. އެ ކައުންސިލުން އަންނަނީ ސަރުކާރުން އެއްބާރުލުން ނުދޭ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލަށް މި މަހުގެ 21 ގައި ކޮންފަރެންސަށް ދައުވަތު ދިން ކަމަށެވެ. އެކަމަކު ކޮންފަރެންސަށް ޝައުގުވެރިވާނެ އެއްވެސް ކައުންސިލަރެއް ނެތް ކަމަށް ލިއުމުން ޖަވާބުދީފައިވާ ކަމަށް ވިދާޅުވި އެެެވެ.

ވިއަވަތި ކޮންފަރެންސްގައި ރައީސް އާއި އެލްޖީއޭގެ ސީއީއޯ އަފްޝަން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ވިއަވަތި ކޮންފަރެންސްގައި ރައީސް އާއި އެލްޖީއޭގެ ސީއީއޯ އަފްޝަން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ކައުންސިލަރުންގެ ކޮންފަރެންސް ބޮއިކޮޓްކުރި ކަން މާލޭ ސިޓީ ކައުންސިލުން ދޮގުކުރެ އެވެ. އެ ތަނުން މީޑިއާތަކަށް ބުނެފައި ވަނީ، ދައުވަތު އައީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ކަމަށާއި ބައިވެރިވެވަޑައިނުގެންނެވުނީ މި ވަގުތު ރަށުގައި ނޫޅުއްވާތީ ކަމަށެވެ.

މިއަދުގެ ކޮންފަރެންސްގައި، ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގެ އެކި ރަށްތަކުން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން 174 ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. ކޮންފަރެންސްގައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރަށް ދިމާވި ގޮންޖެހުންތަކާއި ކައުންސިލްތަކުގައި ހުރި ކަންބޮޑުވުންތަކަށް އަންނަނީ މަޝްވަރާކުރަމުންނެވެ.

އެ މަޝްވަރާތަކުން ހައްލުތަކެއް ވެސް އަންނަނީ ނެރެމުންނެވެ. މާލޭގައި ހުރި އަތޮޅު ފިހާރަތަކަށް ލިބޭ ކުލި ކައުންސިލްތަކަށް ލިބޭނެ ގޮތެއް ހަދައިދޭން ހުށަހެޅުއްވުމުން، ރައީސް ވަނީ އެ ގޮތަށް މިއަދު ނިންމަވައި ދެއްވައިފަ އެވެ.