ވިލިމާލޭ ހޮސްޕިޓަލުން ކުޑަކުދިންތަކެއްގެ ގަޔަށް މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ސަސްޕެންޑްކޮށްފި އެވެ.
29 މެއި 2022
ވިލިމާލޭ ހޮސްޕިޓަލުން ކުޑަކުދިންތަކެއްގެ ގަޔަށް މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ސަސްޕެންޑްކޮށްފި އެވެ.
އައިޖީއެމްއެޗުގެ ދަށުން ހިންގާ ވިލިމާލޭ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވަނިކޮށް، ޖެހީ އެމްއާރު ވެކްސިނާއި ބީއޯޕީވީ ވެކްސިނެވެ. އެމްއާރު އާއި ބީއޯޕީވީ އަކީ އާންމު ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ވެކްސިނެކެވެ. އެއީ މި އަހަރުގެ ޖެނުއަރީ މަހަށް މުއްދަތު ހަމަވެފައި ހުރި ވެކްސިން ކަމަށް ވެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅުން ހުރި މުވައްޒަފުން މިހާރު ވަނީ ސަސްޕެންޑްކޮށްފައި ކަމަށެވެ. އެކަމަކު، އެއީ ކިތައް މުވައްޒަފުން ކަަމެއް އަދި މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހުމާ، އެ މުވައްޒަފުންނާ ހުރީ ކޮން ގުޅުމެއް ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
އައިޖީއެމްއެޗުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ ކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެޗްޕީއޭއާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅައި އެ ފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ވިލިމާލޭ ހޮސްޕިޓަލްގައި ވެކްސިން ޖެހުން ވެސް މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.
ވިލިމާލޭ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މައްސަލަ ފެންމަތިކުރީ ވިލިމާލޭ ދާއިރާގެ އެމްއެންޕީގެ މެމްބަރު އަހުމަދު އުޝާމެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްްސިނެއް ދީފައިވާ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބުނެވެ. އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި އެކަން ހިނގި ގޮތް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް އުޝާމް ވިދާޅުވި އެވެ.
އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ވެބްސައިޓުގައިވާ ގޮތުން މުއްދަތު ހަމަވެފައިވާ ވެކްސިނެއް ޖަހައިފި ނަމަ އެ ވެކްސިން އަލުން ޖަހަން ޖެހެ އެވެ. ނަމަވެސް މުއްދަތު ހަމަވި ޑޯޒަކީ ލައިވް ވައިރަސް ވެކްސިނެއް ނަމަ، އެ ޑޯޒް ރިޕީޓްކުރަން މަދުވެގެން ހަތަރު ހަފުތާ މަޑުކުރަން ޖެހެ އެވެ. އެކަމަކު، އެ ދުވަހު އެކަން ދެނެގަނެވިއްޖެ ނަމަ، އެ ޑޯޒު ހަމަ އެ ދުވަހު ރިޕީޓް ކުރެވޭނެ ކަމަށް ސީޑީސީގެ ވެބްސައިޓުގައިވެ އެވެ.
މުއްދަތުހަމަވި ވެކްސިން ޖެހި މީހުންނަށް ފިޔަވަޅު އަޅަނީ
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅަނީ
ހިމަބިހި ޖެހިފައިވާ މީހަކު އަނެއްކާ ވެސް ފެނިއްޖެ
5 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިން ފަށައިފި
މަންކީޕޮކްސްއަށް ޓެސްޓުކުރަން އައިޖީއެމްއެޗް ތައްޔާރުކުރަނީ
ވިލިމާލެ ހޮސްޕިޓަލުގައި އަލުން ވެކްސިން ދޭން ފަށަނީ
ކުދިންތަކަކަށް މުއްދަތުހަމަވި ވެކްސިން ދިން މައްސަލައެއް
މިޝްކާގެ މަރުގެ މައްސަލައިގެ ތަހުގީގު މިރޭ ނިމޭނެ
މިޝްކާގެ ވަކިވުން: ގެއްލުނީ ޖަވާހިރެއް!