ވިލިމާލެ ހޮސްޕިޓަލުގައި މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ކުދިން ތަކެއްގެ ގަޔަށް ޖެހި މައްސަލައާ ގުޅިގެން ވެކްސިން ޖެހުން މެދުކަނޑާލުމަށްފަހު، އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން މާދަމާ ވެކްސިން ދޭން ފަށަން ނިންމައިފި އެވެ.
07 ޖޫން 2022
ވިލިމާލެ ހޮސްޕިޓަލުގައި މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ކުދިން ތަކެއްގެ ގަޔަށް ޖެހި މައްސަލައާ ގުޅިގެން ވެކްސިން ޖެހުން މެދުކަނޑާލުމަށްފަހު، އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން މާދަމާ ވެކްސިން ދޭން ފަށަން ނިންމައިފި އެވެ.
އެ ހޮސްޕިޓަލް ހިންގާ އައިޖީއެމްއެޗުން މިރޭ ކުރި އިއުލާނުގައި ބުނީ މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލަ ތަހުގީގުކޮށް އެފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އަދި އެ ކަންތައް އިތުރަށް ހަރުދަނާކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދާ އެއްގޮތަށް އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން އަލުން ވެކްސިން ދޭން ފަށާނެ ކަމަށް ބުންޏެވެ.
ވިލިމާލޭގައި ކުދިންތަކަކަށް މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ދިން މައްސަލަ ފެންމަތިވީ މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ. އެއާއެކު، ވެކްސިން ޖެހި މުވައްޒަފުން ވަނީ ސަސްޕެންޑުކޮށްފަ އެވެ.
ވިލިމާލޭ ހޮސްޕިޓަލުން، މުއްދަތު ހަމަވެފައިވަނިކޮށް ޖެހީ އެމްއާރު ވެކްސިނާއި ބީއޯޕީވީ ވެކްސިނެވެ. އެމްއާރު އާއި ބީއޯޕީވީ އަކީ އާންމު ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ވެކްސިނެކެވެ. އެއީ މި އަހަރުގެ ޖެނުއަރީ މަހަށް މުއްދަތު ހަމަވެފައި ހުރި ވެކްސިން ކަމަށް ވެ އެވެ.
އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ވެބްސައިޓުގައިވާ ގޮތުން މުއްދަތު ހަމަވެފައިވާ ވެކްސިނެއް ޖަހައިފި ނަމަ އެ ވެކްސިން އަލުން ޖަހަން ޖެހެ އެވެ. ނަމަވެސް މުއްދަތު ހަމަވި ޑޯޒަކީ ލައިވް ވައިރަސް ވެކްސިނެއް ނަމަ، އެ ޑޯޒް ރިޕީޓްކުރަން މަދުވެގެން ހަތަރު ހަފުތާ މަޑުކުރަން ޖެހެ އެވެ. އެކަމަކު، އެ ދުވަހު އެކަން ދެނެގަނެވިއްޖެ ނަމަ، އެ ޑޯޒު ހަމަ އެ ދުވަހު ރިޕީޓް ކުރެވޭނެ ކަމަށް ސީޑީސީގެ ވެބްސައިޓުގައިވެ އެވެ.
މުއްދަތު ހަމަވި ވެކްސިން ޖެހި މުވައްޒަފުން ސަސްޕެންޑް
ވިލިމާލެ ހޮސްޕިޓަލުން ޑައިލިސިސް ހަދަން ފަށައިފި
ބޭހުގެ ބިލަށް އެސްޓީއޯއަށް 1 ބިލިއަން ނުލިބި އެބަހުރި
"ކިއު ކުޑަވާނީ ސްޕެޝަލިޓީގެ އިތުރު ހޮސްޕިޓަލްތައް އަޅައިގެން"
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ
އެނދު އިތުރުކޮށް، ދަރުމަވަންތަ އެއްކޮށް ބޭނުންކުރަނީ
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
ޑރ. އިސްނީން: ގޮހޮރުގެ ފުރަތަމަ ދިވެހި ޑޮކްޓަރު
ހޮސްޕިޓަލުގެ ކިއު ކުޑަކުރަން ވަގުތު އިތުރުކުރަނީ
ސަރުކާރުގެ މައި ހޮސްޕިޓަލަކަށް ދަރުމަވަންތަ!