ޖަރުމަން ވިލާތާއި ފަރަންސޭސި ވިލާތުން ޔޫކްރޭނަށް އަސްކަރީ ހަތިޔާރު ފޮނުވުމަކީ ސަރަހައްދީ ހަމަޖެހުން ނެތިގެންދާނެ ކަމެއް ކަމަށް ވިދާޅުވެ އެކަން އެ ގޮތަށް ނުކުރުމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އެ ދެ ގައުމަށް އިއްޔެ އިންޒާރު ކުރައްވައިފި އެވެ.
ޖަރުމަން ވިލާތާއި ފަރަންސޭސި ވިލާތުން ޔޫކްރޭނަށް އަސްކަރީ ހަތިޔާރު ފޮނުވުމަކީ ސަރަހައްދީ ހަމަޖެހުން ނެތިގެންދާނެ ކަމެއް ކަމަށް ވިދާޅުވެ އެކަން އެ ގޮތަށް ނުކުރުމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އެ ދެ ގައުމަށް އިއްޔެ އިންޒާރު ކުރައްވައިފި އެވެ.
ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިން އިން ބުނި ގޮތުގައި ރައީސް ޕުޓިން، އެ ދެ ގައުމަށް އިންޒާރު ކުރެއްވީ، ޔޫކްރޭންގެ ހަނގުރާމައާ ބެހޭ ގޮތުން، ފަރަންސޭސި ރައީސް އިމެނުއެލް މެކްރޯން އާއި ޖަރުމަންގެ މުސްތަޝާރު އޮލާފް ޝޯލްޒްއާ އެކުގައި އިއްޔެ މަޝްވަރާ ބައްދަލުވުމުގަ އެވެ. އޭގެ އިތުރުން ޕުޓިން ވިދާޅުވި ގޮތުގައި ދުނިޔޭގެ ގައުމުތަކުގެ މެދުގައި ކާބޯތަކެއްޗާއި ކާޑުގެ ބާވަތްތައް ދައުރުކުރުމަށް ހުރަސްއެޅިފައިވަނީ، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ރަޝިޔާ އަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
ކްރެމްލިން އިން ބުނި ގޮތުގައި ޔޫކްރޭނަށް ހަތިޔާރު ފޮނުވުމަކީ ނުރައްކާތެރި ކަމެއް ކަމަށް، ރައީސް ޕުޓިން ތަކުރާރުކޮށް އެ ދެ ބޭފުޅުންނަށް ދެންނެވި އެވެ. އަދި އެ ދެ ގައުމުން އެކަން ނުހުއްޓާ ނަމަ، އިތުރު ހަމަނުޖެހުންތައް އުފެދި، މިހާރު ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިތުރަށް ފުޅާވެގެންދާނެ ކަމަށް ވެސް ޕުޓިން އިންޒާރު ކުރެއްވި އެވެ.
ތިން ބޭފުޅުންގެ މެދުގައި 80 މިނެޓް ވަންދެން ބޭއްވި މި މަޝްވަރާތަކާ ބެހޭ ގޮތުން ޖަރުމަން ވިލާތުގެ މުސްތަޝާރުގެ އޮފީހުން ބުނި ގޮތުގައި ފަރަންސޭސި ރައީސް މެކްރޯން އާއި ޖަރުމަންގެ މުސްތަޝާރު ޝޯލްޒް ވަނީ، ހަނގުރާމަ ވަގުތުން ހުއްޓައިލުމަށް ޕުޓިން އަށް ދަންނަވައިފަ އެވެ. އޭގެ އިތުރުން ރަޝިޔާ ސިފައިން ޔޫކްރޭނުން ފޭބުމަށް ވެސް ދެ ބޭފުޅުން، ރައީސް ޕުޓިން އަށް ދެންނެވި އެވެ.
މިހާރު ޔޫކްރޭންގައި ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމާ ބެހޭ ގޮތުން، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ އެކުގައި ސުލްހައިގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް، އިއްޔެގެ މަޝްވަރާތަކުގައި ޖަރުމަން ވިލާތާއި ފަރަންސޭސި ވިލާތުގެ ވެރިން، ރައީސް ޕުޓިން އަށް ދެންނެވި އެވެ.
އެ ދެ ބޭފުޅުންގެ އެ ހުށަހެޅުމާ ބެހޭ ގޮތުން ކްރެމްލިން އިން ބުނި ގޮތުގައި ސުލްހައިގެ ވާހަކަތައް ދެއްކުމަށް ރަޝިޔާ އަބަދު ވެސް އޮންނާނީ ތައްޔާރަށެވެ. އެހެން ނަމަވެސް، ރައީސް ޕުޓިން އާއި ރައީސް ޒެލެންސްކީގެ ބައްދަލުވުމެއް ބޭއްވުމާ ބެހޭ ގޮތުން، ކްރެމްލިން އިން ވަކި އެއްޗެއް ނުބުނެ އެވެ.
މިހާރު ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައިވާ ޔޫކްރޭންގެ ހުރިހާ ސަރަހައްދުތަކެއްގައި ވެސް ދިރިއުޅުމުގެ އާންމު ހާލަތަކަށް ކަންތައް ބަދަލުކުރުމަށް ރަޝިޔާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް، ރައީސް ޕުޓިން އިއްޔެ ވަނީ ޖަރުމަނާއި ފަރަންސޭސި ވެރިންނަށް ދަންނަވައިފަ އެވެ. އެ ގޮތުން ޕުޓިން ފާހަގަ ކުރެއްވީ، ޔޫކްރޭންގެ ދެކުނުގައި އޮންނަ މަރިއުޕޯލް ކިޔާ ބަނދަރުމަތީ ސަހަރާއި، އިރުމަތީ ދޮންބާސް ސަރަހައްދުން ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ސަރަހައްދުތަކުގައި ރަޝިޔާ ސިފައިން މިހާރު ކުރަމުންދާ މަސައްކަތްތަކެވެ.
މި ބައްދަލުވުމުގައި ޖަރުމަނާއި ފަރަންސޭސި ވެރިން ވަނީ، ރަޝިޔާ އިން ހައްޔަރުކޮށްފައިވާ ޔޫކްރޭންގެ ސިފައިން މިނިވަންކޮށް ޔޫކްރޭނާ ހަވާލުކުރުމަށް ވެސް، ރައީސް ޕުޓިންގެ އަރިހުން އެދިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި، ޔޫކްރޭންގެ މަރިއުޕޯލްގައި ހުންނަ އަޒޯވްސްޓަލް ކާރުޚާނާގެ ތެރޭގައި ހަފުތާތަކެއް ވަންދެން ފިލައި ތިބުމަށް ފަހު އަމާން ދިނުމުން، ރަޝިޔާ ސިފައިން ހައްޔަރުކުރި، ޔޫކްރޭންގެ 2,500 އެއްހާ ސިފައިން ވެސް ހިމެނެ އެވެ.
ހަނގުރާމަ ހުއްޓުވުމުގައި މެދުވެރިވެވިދާނެ: ރައީސް ޝީ
ފްރާންސުން ޔޫކްރޭނަށް އިތުރު ބަރު ހަތިޔާރު ދެނީ
ޔޫކްރޭނަށް އަރަންޖެހުނީ، ނޭޓޯ ފުޅާކުރަމުންދާތީ: ޕުޓިން
ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ
ކިމްއާ އެކު ހުރިހާ ދާއިރާއަކުން މަޝްވަރާ ކުރެވޭނެ
ޕުޓިންއާ މަޝްވަރާ ކުރައްވަން ކިމް ރޭލުގައި ރަޝިޔާއަށް
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
އެފްރިކާގެ ރައީސް، ޕުޓިންއަށް: ހަނގުރާމަ ހުއްޓަލާ
ރަޝިޔާ ސިފައިން ބަޚްމުތު ހިފައިފި
އެފް-16 ދީފިއްޔާ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ