މާލޭ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތިތަކަށް ކުރިމަތިލުމާ ބެހޭ އުސޫލު ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ އުސޫލު އާންމުކުރާނީ ޖޫން މަހުގެ ތެރޭގައި ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
30 މެއި 2022
މާލޭ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތިތަކަށް ކުރިމަތިލުމާ ބެހޭ އުސޫލު ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ އުސޫލު އާންމުކުރާނީ ޖޫން މަހުގެ ތެރޭގައި ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ލުޔެއް ހޯދުމަށް ސަރުކާރުން ނިންމާފައި ވަނީ މާލޭ މީހުންނަށް ހުޅުމާލެއިން 1،000 ގޯއްޗާއި ގުޅީފަޅުން 2،000 ގޯތީގެ އިތުރުން ގިރާވަރު ފަޅުން ހިއްކާ ބިމުން މަދުވެގެން 2،000 ގޯތި ދިނުމެވެ.
އެ ގޯތިތައް ދޫކުރާނެ ގޮތުގެ އުސޫލު އެކުލަވާލުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަމުން އަންނައިރު ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، "މިހާރު" އަށް އަންނަ މަހުގެ މެދު ތެރޭގައި އުސޫލު އާންމުކުރެވޭނެ ކަމަށެވެ.
ކުރިން އަކްރަމް ވިދާޅުވެފައިވާ ގޮތުގައި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލާނީ ޖޫން ހިސާބުގަ އެވެ.
މަޖިލީހުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ މާލެ ސަރަހައްދުން ދޫކުރާ ގޯތިތަކަށް ކުރިމަތިލުމަށް މާ ބޮޑެތި ޝަރުތުތަކެއް ކަނޑައަޅާފައި ނުވާނެ ކަމަށެވެ.
● މާލެ އަށް އުފަން މާލެ ރައްޔިތަކަށް ވުން
● އެ މީހެއްގެ ނަންމަތީގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އަދި ވާރުތަކުރަން ވެސް އެ ވަރުގެ ބިމެއް ނެތުން. އެ ވަރުގެ ބިމެއް ލިބިއްޖެ ނަމަ ދައުލަތަށް ދޫކޮށްލުން ނުވަތަ ވާރުތަވާން އޮތް ތަނެއް ވެސް ދޫކޮށްލުން.
● ދަފްތަރަށް އުފަން މީހުންނަށް ވެސް ކުރިމަތިލެވޭނެ.
● މާލޭގައި ދިރިއުޅޭނެ އެއްވެސް ތަނެއް ނެތް މާލޭގެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ
އެ ޝަރުތުތަކުގެ އިތުރުން މާކްސް ދޭ އުސޫލުތަކެއް އޮންނާނެ އެވެ. އަސްލަމް ވިދާޅުވި ގޮތުގައި އެކި އުމުރުފުރާގެ މީހުންނަށް ދޭ މާކްސްތައް ތަފާތުވިޔަސް މީހަކާ އިނދެގެން އުޅޭތީ އިތުރު މާކްސެއް ނުލިބޭނެ އެވެ. އެކަމަކު ދެމަފިރިން ގުޅިގެން އެއް ގޯއްޗަކަށް ކުރިމަތިލާ ނަމަ މާކްސް އިތުރުކުރަން ވިސްނާ ކަމަށް މަޖިލީހުގައި އަސްލަމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައިދެއްވަމުން ދެއްވި ރިޔާސީ ބަޔާނުގައި ގޯތި ދޫކުރަން ނިންމިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާންކުރެއްވިއިރު މިއީ ހިލޭ ދޫކުރާ ގޯތިތަކެކެވެ.
ގޯތި ލިސްޓަށް 800 އެއްހާ ޝަކުވާ ހުށަހެޅި: އަކްރަމް
އީދުގެ ކުރިން ފްލެޓާއި ގޯތީގެ ލިސްޓު އިއުލާނު ކުރާނެ
ފްލެޓާއި ގޯތި ދޫކުރާ ކޮމިޓީ އުފައްދައިފި
ފުލުހުންގެ ފްލެޓުތައް މި އަހަރަށް ނުނިންމޭނެ: ހައުސިން
"ދަފްތަރުގައި ތިބި މީހުންނަށް މާލެއިން ގޯތި ލިބޭނެ"
400 އަކަފޫޓުގެ ގޯތި ދޫކޮށްލާ ނަމަ ފްލެޓް ދޭނީ ހިލޭ
ފުލުހުންގެ ފްލެޓްތައް މުއްދަތަކަށް ނުނިންމޭނެ: ސަރުކާރު
މާލޭ މީހުންނަށް ގޯތި ދޫކުރަން ޖޫން މަހު ހުޅުވާލަނީ
މި ދައުރުގައި އެންމެ ފްލެޓެއް ވެސް އެޅިދާނެބާ؟
ދައުވާކުރަން އުޅެނީ ހައުސިންގެ ކުރީގެ ވެރިންނަށް!