އަންނަ އާދިއްތަ ދުވަހުން ފެށިގެން އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި ކުރާ އެއްވެސް ވިޔަފާރިއެއްގައި އެނާޖީ ޑްރިންކްސް ވިއްކުން މަނާކޮށްފި އެވެ.
28 ޑިސެމްބަރ 2016
އަންނަ އާދިއްތަ ދުވަހުން ފެށިގެން އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި ކުރާ އެއްވެސް ވިޔަފާރިއެއްގައި އެނާޖީ ޑްރިންކްސް ވިއްކުން މަނާކޮށްފި އެވެ.
އައިޖީއެމްއެޗުން މިދިޔަ ހޯމަ ދުވަހު ނެރުނު ދެންނެވުމެއްގައި ބުނީ ދުޅަހެޔޮ ސިއްހަތަށް ހާއްސަ ކެމްޕެއިނެއް އަންނަ އަހަރު ފަށާއިރު އެނާޖީ ޑްރިންކް ފަދަ އެއްޗެހި ފެންނަން ހުރުމަކީ އެ ކެމްޕެއިނަށް ނުރަނގަޅު އަސަރެއް ކުރާނެ ކަމެއް ކަމަށެވެ.
"ހޮސްޕިޓަލްތަކުގެ ކެންޓީންތަކާއި ފިހާރަތަކާއި އަދި އެނޫން ވެސް ހޮސްޕިޓަލްތަކުގެ އިމުގެ ތެރޭގައިވާ ވިޔަފާރިކުރާ ތަނަކުން، 1 ޖެނުއަރީ 2017 އިން ފެށިގެން، ބޭހުގެ ގޮތުގައި ވިއްކާ ބާވަތްތައް ފިޔަވާ އެހެން އެއްވެސް ބާވަތެއްގެ އެނާޖީ ޑްރިންކް ވިއްކުމަކީ ހުއްދަ ކަމެއް ނޫން ކަމުގައި ދެންނެވީމެވެ،" އައިޖީއެމްއެޗްގެ ދެންނެވުމުގައި ބުނެފައިވެ އެވެ.
އެނާޖީ ޑްރިންކްގެ ބަދަލުގައި ވީހާ ވެސް ތާޒާ އަދި ސިއްހަތަށް ފައިދާ ކުރާނެ އުފެއްދުންތައް، އެ ހޮސްޕިޓަލްތަކަށް ހޯދާ މީހުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ އެދިފަ އެވެ.
އައިޖީއެމްއެޗުގައި ހުންނަ ދެ ކެންޓީނުން ވެސް އެނާޖީ ޑްރިންކް ވިއްކަ އެވެ. އެކަމަކު ވިލިމާލެ ހޮސްޕިޓަލްގައި ކެންޓީނެއް އަދި ނުހަދަ އެވެ.
ސްކޫލުތަކުގައި އެނާޖީ ޑްރިންކް ބޭނުންކުރުން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މަނާކޮށްފަ އެވެ.
ފަރުވާއަށް 10،000 އަށްވުރެ ގިނަ މީހުން ކިއުގައި
އައިޖީއެމްއެޗްގައި އަހަރަކު 2 މިލިއަން ލެބް ޓެސްޓް
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
މާލެ ސަރަހައްދުގެ ހޮސްޕިޓަލް ބޯޑު އަލުން އެކުލަވާލައިފި
ބައެއް ޓެސްޓްތައް މާދަމާ ހަދަން ފަށާނެ: އައިޖީއެމްއެޗް
11 އަހަރުގެ ކުއްޖެއްގެ ފުއްޕާމެއިން ޕިނެއް ނަގައިފި
ޓެސްޓުތަކަށް ފަހު ކުޑަ ކުއްޖާ ދޫކޮށްލައިފި
ސީލިންގު ވެއްޓުމާ ގުޅިގެން އިތުރަށް ދަނީ ބަލަމުން
ސީޓީ ސްކޭން ހަދަން އައިޖީއެމްއެޗުން ޓްރީޓޮޕަށް ފޮނުވަނީ
350 ޑޮކްޓަރުން ޚިދުމަތަށް ނެރެފިން: މިނިސްޓަރު