އުމުރުން 11 އަހަރުގެ ކުއްޖެއްގެ ފުއްޕާމެއިން އަނެއްކާ ވެސް ޕިނެއް ނަގައިފި އެވެ.
01 ޖުލައި 2020
އުމުރުން 11 އަހަރުގެ ކުއްޖެއްގެ ފުއްޕާމެއިން އަނެއްކާ ވެސް ޕިނެއް ނަގައިފި އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ އީއާރާއި ރޭޑިއޮލޮޖީ އާއި އެނެސްތެސިއޮލޮޖީ އަދި ނަރުހުންގެ އެހީއާ އެކު، ދިވެހި ކުއްޖެއްގެ ފުންޕާމޭގެ ވާތުފަޅިން ޕިނެއް ނަގާފައިވާ ކަމަށެވެ. އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް، ސަރުކާރުގެ މައި ހޮސްޕިޓަލުން ބުންޏެވެ.
އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ، ނޭވާލާ ނިޒާމުގެ ޑރ. މުހައްމަދު އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބުރުގާ އަޅާ މީހުން ޕިން އަނގަޔަށް ނުލުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
މީގެ ކުރިން ވެސް އެފަދަ ހާދިސާތައް ހިނގައިގެން އައިޖީއެމްއެޗުގައި ފަރުވާ ދީފައި ވެ އެވެ.
With support from ER/Radiology/Anesthesiology/Our Bronchoscopy Nurses team
— IGMH (@igmhmv) June 30, 2020
- Pulmonology team of National Centre for Respiratory Medicine-IGMH were able to remove a metal pin (Usual Burga Pin) from left lung of an 11 year old Maldivian. Alhamdhulillah the patient is fine. pic.twitter.com/Yy6AE6tG3y
އައިޖީއެމްއެޗުގެ ޓުވީޓް
ޕިން ނަގަނީ މީހާ ހޭނައްތާލައިގެންނެވެ. އެހެންކަމުން މިއީ އުނދަގޫ އަދި ނުރައްކާ ވެދާނެ ފަދަ ޕްރޮސީޖާއެކެވެ.
ޕިނެއް ދިރުވާލައިގެން ހޮސްޕިޓަލަށް ގެންގޮސްފި ނަމަ އެކްސްރޭ ނަގައި، އެ ޕިން އޮތް ތަން އެންމެ ފުރަތަމަ ދެނެގަންނަނީ އެވެ. ނޭވާލާ ހޮޅި ނުވަތަ ފުއްޕާމޭގެ ތެރޭގައި ޕިން އޮންނަ ތަނުގެ ސަބަބުން އެކްސްރޭ އިން ނުފެނިއްޖެ ނަމަ ޖެހެނީ ސީޓީ ސްކޭން ހައްދާށެވެ. ޕިން އޮތް ތަނާއި ނޭވާލާ ހޮޅިއަށް ޕިން ހެރިފައި ހުރިތޯ އާއި ހޮޅިތަކުގެ ފަލަމިން ވެސް އެ އެކްސްރޭއިން އެނގޭނެ އެވެ.
ނޭވާހޮޅީގައި ކެޝޫނަޓެއް ތާށިވެ، ނުރައްކާވެއްޖެ
ޓެސްޓުތަކަށް ފަހު ކުޑަ ކުއްޖާ ދޫކޮށްލައިފި
ފަރުވާއަށް 10،000 އަށްވުރެ ގިނަ މީހުން ކިއުގައި
މާލެ ސަރަހައްދުގެ ހޮސްޕިޓަލް ބޯޑު އަލުން އެކުލަވާލައިފި
އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ
ހިޔަލައިގެ ހިދުމަތްތައް ވަގުތީ ގޮތުން ދަރުމަވަންތަ އަށް
ޑެންގީ ޖެހިގެން 9 އަހަރު ކުއްޖަކު ނިޔާވެއްޖެ
ބައެއް ޓެސްޓްތައް މާދަމާ ހަދަން ފަށާނެ: އައިޖީއެމްއެޗް
މިޝްކާގެ ވަކިވުން: ގެއްލުނީ ޖަވާހިރެއް!
އެމްބިއުލާންސްގެ އިންތިޒާރުގައި ތިއްބާ ހޭނެތި، މަރު!