ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ އިން އެ ގައުމު ދިފާއުކުރުމަށް ކުރާ މަސައްކަތުގައި، ކޮންމެ ދުވަހަކު އެވްރެޖް ގޮތެއްގައި 100 ސިފައިން މަރުވަމުންދާ ކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ އިން އެ ގައުމު ދިފާއުކުރުމަށް ކުރާ މަސައްކަތުގައި، ކޮންމެ ދުވަހަކު އެވްރެޖް ގޮތެއްގައި 100 ސިފައިން މަރުވަމުންދާ ކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ނިއުސްމެކްސް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޒެލެންސްކީ އިއްޔެ ވިދާޅުވި ގޮތުގައި ރަޝިޔާގެ ހަމަލާތަކުގައި ޔޫކްރޭންގެ އަސްކަރިއްޔާގެ އިންސާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. އެ ގޮތުން ކޮންމެ ދުވަހު އެވްރެޖް ގޮތެއްގައި 60 އާއި 100 އާ ދެމެދުގެ އަދަދަކަށް ސިފައިން މަރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ދުވާލެއްގެ މައްޗަށް އެވްރެޖް ގޮތެއްގައި 500 ސިފައިންނަށް އެކި ވަރުގެ ޒަހަމްތައް ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ހަނގުރާމައިގައި ރަޝިޔާގެ ވިސްނުން ހުރީ ހުރިހާ ދާއިރާއަކުން އަދި ހުރިހާ ގޮތަކުން ވެސް ޔޫކްރޭނަށް ބޮޑެތި ގެއްލުންތަކެއް ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ގޮތުން އޭނާ ފާހަގަކުރެއްވި އެއް ކަމަކީ، ޔޫކްރޭންގައި ހައްދާފައިވާ ގޮވާމުގެ ބާވަތްތައް އެ ގައުމުން އެކްސްޕޯޓް ކުރިޔަނުދީ ރަޝިޔާ އިން ހިފަހައްޓާފައިވާ މައްސަލަ އެވެ. ޔޫކްރޭނުން އެކި ގައުމުތަކަށް ބޭރު ކުރަން ތައްޔާރުކޮށްފައިވާ 22.5 މިލިއަން ޓަނުގެ ގޮވާމުގެ ބާވަތްތައް، ރަޝިޔާގެ ބާރުގެ ދަށުގައި ހުރި ޔޫކްރޭންގެ ބަނދަރުތަކުން ބޭރުނުކުރެވި ހިފެހެއްޓިފައި ހުރި ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިޔާގެ އުދުވާނުން ގައުމު ދިފާއު ކުރެވޭނީ އެކަށީގެންވާ ވަރަށް ހަތިޔާރު ލިބިގެންނެވެ. އެ ގޮތުން 120-140 ކިލޯމީޓަރު ދުރުގައި ހުންނަ އަމާޒުތަކަށް ހަމަލާ ދެވޭ ފެންވަރުގެ ޒަމާނީ ހަތިޔާރު ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެރިކާ އިން ޔޫކްރޭނަށް ފޮނުވާ ހަތިޔާރުގެ ތެރޭގައި ހިމެނޭ، އެމް142 ހައި މޯބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް (ހިމާޒް)
"އަހަންނަން އެނގިފައި އޮތް ގޮތުން، އެމެރިކާގެ ބައެއް މީހުން، ނޫނީ ވައިޓް ހައުސްގެ ބައެއް މީހުން އެބަ ބުނޭ، އަހަރެމެން އެ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާ އަށް ހަމަލާ ދީފާނެޔޭ. ނިކަން ބަލާ، އަހަރެމެން ރަޝިޔާއަށް ހަމަލާ ދޭކަށް ނުރާވަން. ރަޝިޔާއާ މެދު އަހަރެމެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް. އަހަރެމެންގެ އެމީހުންގެ ސަރަހައްދުގެ ތެރޭގައި ހަނގުރާމައެއް ވެސް ނުކުރަން،" ޒެލެންސްކީ ވިދާޅުވި އެވެ.
"އަހަރެމެން ކުރަން ޖެހިގެން މިއުޅެނީ އަހަރެމެންގެ އިމުގެ ތެރޭގައި ފަށައިގެން އުޅޭ ހަނގުރާމައެއް. އަހަރެމެންގެ ގައުމަށް އެރީ އެމީހުން. އަހަރެމެން ބޭނުންވަނީ އެމީހުން ހިފާފައިވާ އަހަރެމެންގެ ސަހަރުތައް އަލުން ހޯދަން. އެ ބޭނުމަށްޓަކައި، 100 ކިލޯމީޓަރު ދުރަށް ފޮނުވައިލެވޭ ވަރުގެ ހަތިޔާރު އަހަރެމެން ބޭނުންވޭ."
އިތުރު ހަތިޔާރަށް ޔޫކްރޭން އެދެމުން ދާއިރު، އެ ގައުމަށް އިތުރު ހަތިޔާރު ފޮނުވުމަށް އެމެރިކާގެ ރައީސް މިހާރު ވަނީ ނިންމަވައިފަ އެވެ. މިފަހަރު އެމެރިކާ އިން ޔޫކްރޭނަށް ފޮނުވާ ހަތިޔާރުގެ ތެރޭގައި، އެމް142 ހައި މޯބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް (ހިމާޒް) ހިމެނެ އެވެ. މި ނިޒާމުތަކުގައި ބޭނުންކުރުމަށް އެމެރިކާ އިން ޔޫކްރޭނަށް ފޮނުވާނީ އެންމެ ދުރުވެގެން ވެސް 49 މޭލު ދުރަށް ފޮނުވައިލެވޭ ޒާތުގެ ރޮކެޓެވެ.
"ޔޫކްރޭނަށް ޒަމާނީ ހަތިޔާރުތައް ފޯރުކޮށްދިނުމުގައި އަހަރެމެން ދެމިތިބޭނަން. އޭގެ ތެރޭގައި ޓޭންކަށް ހަމަލާ ދޭ ޖެވެލިން މިސައިލާއި، މަތިންދާބޯޓަށް ހަމަލާ ދޭ ސްޓިންގާ މިސައިލާއި ބާރުގަދަ ބޮޑުބަޑި އާއި ފަހުގެ ރޮކެޓް ނިޒާމުތަކާއި ރާޑަރާއި ޑްރޯންގެ އިތުރުން އެމްއައި-17 މަރުކާގެ ހެލިކޮޕްޓަރާއި އޭގައި ބޭނުންކުރާނެ ވަޒަން ހިމެނޭނެ،" އެމެރިކާގެ ދުވަހު ނޫސް ނިއު ޔޯކް ޓައިމްސްގައި އިއްޔެ ޝާއިއުކުރެއްވި ލިޔުމެއްގައި ރައީސް ބައިޑެން ވިދާޅުވި އެވެ.
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވަނީ
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ޔޫކްރޭނަށް ހަތިޔާރު ނުދޭން ރަޝިޔާ އިން އިންޒާރުކޮށްފި
އަޑަށްވުރެ ބާރު މިސައިލެއް އެމެރިކާ އަޖުމަބަލައިފި
ބަޔޮލޮޖިކަލް ހަމަލާއެއް ދޭން ޕުޓިން އެބަ ވިސްނަވާ
އެމެރިކާއިން ޔޫކްރޭނަށް އިތުރު ހަތިޔާރު ދެނީ
އުދުހުން މަނާ ނުކުރަންޏާ އިތުރު ހަތިޔާރުދީ: ޒެލެންސްކީ
ރަޝިޔާ ނުހުއްޓުވައިފި ނަމަ ނޭޓޯ އަށް ހަމަލާ ދޭނެ
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން