Roadha Mihaaru
ދާންދު އަށް ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް ގެންގޮސްފި

ދާންދޫ ގޮނޑުދޮށް ހިމާޔަތްކުރަން ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް ގެންގޮސްފި

02 ޖޫން 2022

ގއ. ދާންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް ގެންގޮސްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ގއ. ދާންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް ގެންގޮސްފި އެވެ.

ދާންދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މި މަޝްރޫއުގެ ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ.

ބޮޑުހިލައިގެ ޝިޕްމެންޓް އިއްޔެ އެ ރަށަށް ގެންގޮސްފައިވާއިރު ބިން ހިއްކުމަށް ބޭނުންވާ ބަންޑް ވޯލް ނުވަތަ ބިންހިއްކާ ސަރަހައްދު އިން ވަކިކޮށް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިންހިއްކުމާއި 1238 މީޓަރުގެ ސަރަހައްދުގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި އަދި 240 މީޓަރު ސަރަހައްދުގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މި މަޝްރޫއުގެ އަގަކީ 186.6 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ އެކި ރަށްތަކުގެ ބަނދަރު ތަރައްގީ ކުރުމުގެ ޕްރޮގްރާމްގެ ދަށުން އިއްޔެ ވަނީ ކ. ހިންމަފުށީ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށިލުމުގެ މަސައްކަތް ނިންމާލައިފަ އެވެ. އަދި އެ ރަށު ބަނދަރުގެ ޕޭވްމެންޓް ހެދުމުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން ބުންޏެވެ.