އިންޑިއާގެ ބެންގަލޫރުން ރާއްޖެއަށް ދަތުރުކުރި ފްލައިޓުގެ ލޭންޑިން ގިއަރުގައި މައްސަލައެއް ދިމާވެ، އިމަޖެންސީގައި މުމްބާއީއަށް ޖައްސައިފި އެވެ.
06 ޖޫން 2022
އިންޑިއާގެ ބެންގަލޫރުން ރާއްޖެއަށް ދަތުރުކުރި ފްލައިޓުގެ ލޭންޑިން ގިއަރުގައި މައްސަލައެއް ދިމާވެ، އިމަޖެންސީގައި މުމްބާއީއަށް ޖައްސައިފި އެވެ.
އެމްއޭސީއެލް އިން ބުނީ މައްސަލަ ޖެހުނީ އެއާ އިންޑިއާގެ ޕްލައިޓް 265 އަށެވެ. ދިވެހިން ތިބި މި ބޯޓު މުމްބާއީއަށް އިމަޖެންސީގައި ޖެއްސި ނަމަވެސް، އެއްވެސް ފަސިންޖަރަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ލޭންޑިން ގިއަރުގައި ހައިޑްރޯލިކް މައްސަލައެއް އުޅޭކަން ފާހަގަވީ ބޯޓު ނައްޓާލިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ކަމަށްވެ އެވެ. މެންދުރު ފަހު ނައްޓާލި މި ބޯޓު މާލެ އަންނަން އޮތީ އިރުއޮއްސި 6:30 ހާއިރު އެވެ. ފްލައިޓުގައި ދިވެހިން ތިބި ނަމަވެސް އެއީ ކިހާ އަދަދެއްގެ މީހުން ކަމެއް އަދި ސާފެއް ނުވެ އެވެ.
އެއާއިންޑިއާގެ ބޯޓު އިމަޖެންސީގައި ޖައްސަން ދިޔަ މަގު
އެ ފަސިންޖަރުން ދެން އަނބުރާ މާލެ އަންނާނީ ކޮން އިރަކު ކަމެއް ވެސް ނޭނގެ އެވެ.
ބޯޓު ދިގު ދަތުރެއްކޮށް މުމްބާއީއަށް ދިޔައީ އެއާއިންޑިއާގެ އިންޖިނިއަރިން ޓީމު ގާއިމުވެ ތިބެނީ އެތަނުގައި ކަމަށް ވާތީ އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދަތުރުތައް ހުއްޓާލުމަށް ފަހު އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަފުތާއަކު ހަތަރު ފްލައިޓު އެ އެއާލއިނުން އަޅަ އެވެ.
މިދިޔަ އާދިއްތަ ދުވަހަކީ އެއާޕޯޓުގެ ރެކޯޑު ދުވަހެއް
އެއާޕޯޓްގެ ޓްރެފިކް ރެކޯޑް އަދަދަކަށް މައްޗަށް
މޯލްޑިވިއަން އިން އެއާ އިންޑިއާއާ އެކު އެގްރީމެންޓެއް
އެއާ އިންޑިއާއިން އާ ޓާމިނަލް ބޭނުންކުރަން ފަށައިފި
ޕީކް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފި
އިންޑިގޯއިން ރާއްޖެ-ޓްރިވެންޑްރަމް ދަތުރުތައް ފަށަނީ
ވީއައިއޭގެ ޕާކިން ބުރާސްފަތި ދުވަހުން ފެށިގެން ބަންދު!
ވައި ގަދަ, ފްލައިޓުތައް ނުޖެއްސިގެން ބުރުޖަހަނީ!
ފެނުނީ ޓޫރިޒަމަށް އެކަނި ބަރޯސާވުމުގެ ނުރައްކާތެރިކަން!
ރާއްޖެއަށް އެތައް ފްލައިޓެއް ޑިލޭ ވެދާނެ!