Roadha Mihaaru
މިދިޔަ އާދިއްތަ ދުވަހަކީ އެއާޕޯޓުގެ ރެކޯޑު ދުވަހެއް

މިދިޔަ އާދިއްތަ ދުވަހަކީ އެއާޕޯޓުގެ ރެކޯޑު ދުވަހެއް

26 ފެބުރުއަރީ 2019

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު 219 އަށް އަރައި، އާދިއްތަ ދުވަހަކީ ރެކޯޑް އަދަދަކަށް ރަންވޭގެ ހަރަކާތްތައް ހިނގި ދުވަހެއް ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު 219 އަށް އަރައި، އާދިއްތަ ދުވަހަކީ ރެކޯޑް އަދަދަކަށް ރަންވޭގެ ހަރަކާތްތައް ހިނގި ދުވަހެއް ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން މިއަދު ބުނެފި އެވެ.

އެއާޕޯޓުން ބުނީ މިދިޔަ އާދިއްތަ ދުވަހު 93 ބައިނަލްއަގްވާމީ ދަތުރާއި 111 އެތެރޭގެ ދަތުރުގެ އިތުރުން 15 އެޑް-ހޮކް ނުވަތަ ޝެޑިއުލް ނޫން ދަތުރު ކުރި ކަމަށެވެ.

މީގެ ކުރިން ރެކޯޑް އަދަދަކަށް ދަތުރުތައް ކުރީ ޖެނުއަރީ 6، 2018 ގަ އެވެ.

ރެކޯޑް އަދަދަށް ދަތުރު ކުރި އިރު މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ވެސް އެއާޕޯޓުން ވަނީ ރެކޯޑް އަދަދަށް ދަތުރުތައްކޮށްފަ އެވެ. އެގޮތުން ސީޕްލޭނާއި ރަންވޭގެ ދަތުރުތަކާ އެކު ޖުމްލަ 729 ދަތުރު ކުރި އެވެ.

ކޮންމެ އަހަރެއްގެ ކްރިސްމަސް ބަންދު ދުވަސްތަކާއި އާ އަހަރު ފެށޭ ދުވަސްތަކަކީ އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ރާއްޖެއަށް އަންނަ ދުވަސްވަރެވެ.

ވީއައިއޭ ބޭނުންކުރާ ފްލައިޓްތަކުގެ އަދަދަށް ބަލާއިރު އެއާޕޯޓް ބޮޑުކޮށް ތަރައްގީކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ބިލިއަނެއްހާ ޑޮލަރުގެ އިންވެސްޓްމަންޓެއް ފަށައިފަ އެވެ. އޭގެ ތެރޭގައި އާ ރަންވޭއެއް ހެދުމާއި އާ ޓާމިނަލް އިމާރާތްކުރުން ވެސް ހިމެނެ އެވެ. އާ ރަންވޭ މިއަހަރުގެ ފަހުކޮޅުގައި ބޭނުން ކުރެވޭނެ ކަމަށް އެއާޕޯޓުން ބުނެ އެވެ.