އުތުރުގެ ރަށްތަކުން އުކާލާ ކުނި މެނޭޖް ކުރުމަށް ހދ. ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް އަޅަން އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ.
07 ޖޫން 2022
އުތުރުގެ ރަށްތަކުން އުކާލާ ކުނި މެނޭޖް ކުރުމަށް ހދ. ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް އަޅަން އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ.
ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ ކުނި ޖަމާކޮށް ނައްތާލުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ.
އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ސްޓޭޝަންގައި ޒޯން އެކެއްގައި ހިމެނޭ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި އުފެދޭ ކުނި ޖަމާކޮށް ނައްތާލުމަށް ޓަކައި ސްޓޭޝަން އެޅުމުގެ އިތުރުން ފެން ހިންދާ ނިޒާމަކާއި އެ ރަށަށް ފަސޭހައިން އަރައިފޭބޭނެ ނިޒާމެއް ވެސް ގާއިމްކުރާނެ ކަމަށެވެ.
އެ މަޝްރޫއު ފެށުމުގެ ކުރިން އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރުތައް ދެނެގަންނާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
މިއީ 7.6 މިލިއަން ރުފިޔާ އަށް، ފަސް މަސް ތެރޭގައި ނިންމަން އެމްޓީސީސީން ހަވާލުވި މަޝްރޫއެކެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކުރި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަ މުހައްމަދު އަންސަރެވެ. އެމްޓީސީސީން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.
ތިލަފުށިން ދުން އެރުވުން ހުއްޓުވުމުގެ ފެށުން
ތިލަފުށީ ބިންހިއްކުމުގެ ބޮޑުބައެއް ނިމިއްޖެ
ތިލަފުށީގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި
އެމްޓީސީސީގެ އާ ސީއީއޯއަކަށް ސައުދީ އައްޔަންކޮށްފި
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ
ގާކުނޑި ބޭނުންކޮށްގެން ހިލަވެލި ހަދާ ޕްލާންޓެއް ހަދަނީ
"ސިޓީއަކަށް މުހިންމުވާ އަސާސީ ހިދުމަތްތައް ހަމަވެެއްޖެ"
މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
ކުނި މެނޭޖުކުރުމަށް ގްރީން ފަންޑުން ފައިސާ ދީފި
ކުނި މެނޭޖުކުރާ ސާމާނު ހޯދުން ލަންކާ ކުންފުންޏަކަށް