12 ޖޫން 2022
ޔޫއެންޑީޕީ-މޯލްޑިވްސް އިން ސިލްސިލާކޮށް ނެރޭ "އައިލެންޑް ލައިފް" މަޖައްލާގެ ހަ ވަނަ އަދަދު މިއަދު ލޯންޗުކޮށްފި އެވެ.
ޔޫއެންޑީޕީ-މޯލްޑިވްސް އިން ސިލްސިލާކޮށް ނެރޭ "އައިލެންޑް ލައިފް" މަޖައްލާގެ ހަ ވަނަ އަދަދު މިއަދު ލޯންޗުކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޖައްލާ ރަސްމީކޮށް ނެރެދެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.
"އައިލެންޑް ލައިފް" މަޖައްލާއަކީ އަކީ ދިވެހިންގެ ތަރައްގީ އަށް ދިމާވާ ގޮންޖެހުންތަކާއި މުޖުތަމައުގައި ދިމާވާ އެކި ކަހަލަ މައްސަލަތަކަށް މީހުން އަހުވެލި ކުރުވުމާއި އެފަދަ ކަންކަމުން އަރައިގަތުމަށް ޔޫއެންޑީޕީގެ ޕާޓްނަރުންނާއެކު ކުރަމުން އަންނަ މަސައްކަތައް ބިނާކޮށް ތައްޔާރު ކޮށްފައިވާ މަޖައްލާ އެކެވެ.
އެ މަޖައްލާގެ ހަ ވަނަ އަދަދުގައި މިދިޔަ އަހަރު ޔޫއެންޑީޕީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގި ތަފާތު ޕްރޮގްރާމްތަކުގެ ނަތީޖާތަކަށް އަލިއަޅުވާލާފައި ވެ އެވެ. އަދި 2026 ވަނަ އަހަރާ ހަމައަށް ޔޫއެންޑީޕީން ރާއްޖޭގައި ހިންގަން ރާވާފައިވާ ޕްރޮގްރާމްތަކާ ގުޅޭ މައުލޫމާތު ވެސް މަޖައްލާގައި ވެ އެވެ.
އޭގެ ތެރޭގައި އެންމެން ބައިވެރިކޮށް، ދެމެހެއްޓެނިވި އަދި ކުރިއަރާނެ ދިރިއުޅުމެއް ބިނާކުރުމާއި މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލިވާނެ ގޮތްތައް ހިމެނޭނެ ކަމަށް ޔޫއެންޑީޕީން ބުނެ އެވެ.
ޔޫއެންޑީޕީން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރު ކެތުރިން ހެސްވެލް މިއަދުގެ ހަފުލާފައި ވާޙަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ރާއްޖެ އަކީ ހަމައެކަނި ރީތި ޓުއަރިޒަމް ޑެސްޓިނޭޝަނެއް ނޫން. މި އަށް އިތުރު ކޮށްލަން ބޭނުން ވަނީ، ރީތި އަދި ބައިވަރު ކަންކަން ހިނގައި، އާންމު މުޖުތަމައުގެ ވާހަކަތައް. މި މެގެޒިން ނެރުމުގެ އެއް އަމާޒަކީ ދިވެހި މުޖުތަމައުގައި ހިނގާ ތަފާތު އެކި ކަހަލަ ވާހަކަތަކަށް މީހުން އަހުލުވެރި ކުރުން،" ރާއްޖޭގައި ހުންނަވާ ޔޫއެންޑީޕީގެ ރެޒިޑެންޓް ކޯޑިނޭޓަރު ކެތުރިން ހެސްވެލް ވިދާޅުވި އެވެ.
އެ މަޖައްލާގައި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަލީލާއި ވަނީ ރާއްޖޭގެ ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް ސޮބްރާ ނޫރައްދީންގެ ހާއްސަ އިންޓަވިއު އެއް ވެސް ހިމަނާފައި ވެ އެވެ. އެ އިންޓަވިއުގައި ސޮބްރާ ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެ އިން އަޅަމުން އަންނަ ފިޔަވަޅުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.
ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކުގެ ހާލަތާއި ދަނޑުވެރިކަން ކުރާ އާއިލާ އަކާއި އަދި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހެއްގެ ވާހަކައެއް ވެސް މަޖައްލާގައި ވެ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ޒުވާނުންގެ ހުނަރު އަދި އިގްތިސޯދީ ގޮތުން ކުރިއަރައި ދިއުމުގައި ހުރި މަގުތަކާ ގުޅޭ ލިޔުމެއް ހިމަނާފައި ވެ އެވެ.
ރާއްޖޭގައި ހުންނަވާ ޔޫއެންޑީޕީގެ ދާއިމީ މަންދޫބު އެންރިކޯ ގަވެގްލިއާ އަދި މޯލްޑިވިއަން ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އެއްބަސްވުމާއެކު ފޮޓޯއަކަށް މިއަދު ހުއްޓިވަޑައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އައިލެންޑް ލައިފް" މަޖައްލާގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި އިޝްތިހާރު ކުރުމުގެ ގޮތުން، ޔޫއެންޑީޕީ އާއި މޯލްޑިވިއަންއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ މޯލްޑިވިއަން އެއާލައިންގެ މަތިންދާބޯޓުތަކާއި އެ އެ އެއާލައިންގެ ލައުންޖުތަކުގައި އެ މަޖައްލާ ލިބޭނެ ގޮތް ހަމަޖެއްސުމެވެ.
ބޮޑު އީދަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރަނީ
ޔޫއެންޑީޕީ މެދުވެރިވެގެން 7.9 މިލިއަން ރުފިޔާގެ އެހީ
ރަންވޭ މަރާމާތުކުރާތީ ދަތުރުތަކަށް ބުރޫއަރައިފި
އައިލެންޑް އޭވިއޭޝަންގެ ލޯނުތަކާ ގުޅޭ ކޮމެޓީ ސިއްރު
ޑީއެމްޑީގެ މަގާމު ޖެނިފާއަށް އަލުން ދޭން އަމުރުކޮށްފި
ކޫއްޑޫ އެއާޕޯޓު މަރާމާތު ކުރާނީ އޮޕަރޭޓްކުރާ ފަރާތުން
ޔޫއެންޑީޕީއަކީ ތަރައްގީގެ މުހިންމު ބައިވެރިއެއް: ރައީސް
ސީޕްލޭން ހިންގަން އެމްއޭސީއެލްއާ އެކު އާ ކުންފުންޏެއް
ޑޮމެސްޓިކް ފަސިންޖަރުންނަށް ވެސް ލައުންޖު އެކްސެސް
މޯލްޑިވިއަން އަށް އޭ330 އެއާބަހެއް ގެންނަނީ