Roadha Mihaaru

އެމްޓީޑީން ވެސް 3،000 ފޯމު ހަމަކޮށްފި

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިން ވެސް ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް މެމްބަރުންގެ ސޮއި ހޯދައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެމްޓީޑީން ވެސް 3،000 ފޯމު ހަމަކޮށްފި
އާލިމް އަބްދުއްލަތީފް
އާލިމް އަބްދުއްލަތީފް

13 ޖޫން 2022

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިން ވެސް ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް މެމްބަރުންގެ ސޮއި ހޯދައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ 2018 ގައި އުފައްދާފައި އެ ޕާޓީ އަށް 3،000 މެމްބަރުން ހަމަނުކުރެވުމުން، ޕާޓީ އުވައިލަން ދީފައި އޮތް މުއްދަތު މިއަދަށް ހަމަވެ އެވެ.

އީސީ މިއަދު ބުނީ، އެމްޓީޑީން ހުށަހެޅި ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރަމުން އަންނަ ކަމަށެވެ.

ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާތީ އުވައިލަން މިދިޔަ މާޗު މަހު ނޯޓިސްދިން ޕާޓީތަކުގެ ތެރޭގައި އެމްޓީޑީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) އާއި ޑީއާރުޕީ ހިމެނެ އެވެ.

ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކޮށްދެނީ 3،000 މެމްބަރުން ހަމަވެގެންނެވެ. އެކަމަކު ޕާޓީތަކަށް ދައުލަތުން ފައިސާ ދޭނީ 10،000 މެމްބަރުން ހަމަވާ ނަމަ އެވެ.