Roadha Mihaaru
ސިފައިންގެ މައްޗަށް ޕޮލިހުން ފަހަތުން އަރައި މޮޅުވެއްޖެ

ސިފައިން ދެ ސެޓް ހޯދާފައި ވަނިކޮށް ޕޮލިސް ކްލަބް ފަހަތުން އަރައި މޮޅުވެއްޖެ

13 ޖޫން 2022

ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި، އެންމެ ފަހުގެ މުބާރާތުގެ ފައިނަލުގައި ވާދަކުރި ދެ ޓީމު ކަމަށްވާ، ދިވެހި ސިފައިން ކްލަބާއި ޕޮލިސް ކްލަބް ކުޅުނު މެޗު ސިފައިން ފުރަތަމަ ދެ ސެޓް ހޯދާފައި ވަނިކޮށް، ޕޮލިހުން ފަހު ތިން ސެޓް ކާމިޔާބު ކޮށް މެޗު ކާމިޔާބު ކޮށްފި އެވެ.

އެންމެ ފަހުން މުބާރާތް ބޭއްވި އަހަރު 2019 ގެ ފައިނަލުގައި ޕޮލިސް ކްލަބްގެ މައްޗަށް ސިފައިން ކުރީ ހޯދީ 3-2 ސެޓުންނެވެ. މިއަދު ހަވީރު ކުޅުނު މެޗަކީ އެ މެޗުގެ ރިވާސް ރިޕްލައި އެކެވެ. މިއަދުގެ މެޗުގައި 3-2 ސެޓުން ކާމިޔާބު ހޯދީ ޕޮލިސް ކްލަބެވެ.

ސޯޝަލް ސެންތަރުގެ އިންޑޯ ހޯލްގައި ކުޅުނު މެޗު ފަސް ސެޓަށް ދެމިގެން ދިޔަ އެވެ. ފުރަތަމަ ދެ ސެޓް ސިފައިން ހޯދީ 25-15 އަދި 25-20 ންނެވެ.

ޕޮލިސް ކްލަބްގެ ބިދޭސީ ދެ ކުޅުންތެރިން އުފާފާލު ކުރަނީ: މެޗު ޕޮލިސް ކޮޅަށް އަނބުރާލުމުގައި އެ ދެކުޅުންތެރިން ވަނީ މުހިންމު ދައުރެއް އަދާކޯށްފަ --- ފޮޓޯ: ފާޔާޒު މޫސާ | މިހާރު

ޕޮލިސް ކްލަބްގެ ބިދޭސީ ދެ ކުޅުންތެރިން އުފާފާލު ކުރަނީ: މެޗު ޕޮލިސް ކޮޅަށް އަނބުރާލުމުގައި އެ ދެކުޅުންތެރިން ވަނީ މުހިންމު ދައުރެއް އަދާކޯށްފަ --- ފޮޓޯ: ފާޔާޒު މޫސާ | މިހާރު

ސިފައިން ކުޅުނު ފުރަތަމަ މެޗުގައި ރޭ ސްޕޯޓްސް ކަލްބް ސިޓީ އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މިއަދު ޕޮލިސްގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދަން ނުކުތް ނަމަވެސް ތިން ވަނަ ސެޓް ހޯދައި ޕޮލިހުން މެޗު ކޮށްޓްރޯލް ދަށަށް ގެންދަން މަސައްކަތް ކުރި އެ ސެޓް ޕޮލިހުން ކާމިޔާބު ކުރީ 25-22 ންނެވެ.

ހަތަރު ވަނަ ސެޓް ގެންދިޔައީ 25-20 ންނެވެ. އެއާއެކު މެޗުގެ ފޯރި އިތުރަށް ގަދަވި އެވެ. މެޗުގެ ޑިސައިންޑިން ސެޓް ޕޮލިސް ކާމިޔާބު ކުރީ 15-7 ންނެވެ.

އެސޯސިއޭޝަން ކަޕްގައި މިއަދު ހަވީރު ޕޮލިހާއި ސިފައިންގެ ކްލަބް ކުޅުނު މެޗުގެ ތެރެއިން: މެޗު ފަސް ސެޓަށް ދިގު ދެމިގެން ދިޔަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެސޯސިއޭޝަން ކަޕްގައި މިއަދު ހަވީރު ޕޮލިހާއި ސިފައިންގެ ކްލަބް ކުޅުނު މެޗުގެ ތެރެއިން: މެޗު ފަސް ސެޓަށް ދިގު ދެމިގެން ދިޔަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕޮލިހުން ޓީމު ބިނާ ކޮށްފައި އޮތީ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންގެ މައްޗަށެވެ، މުބާރާތުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ސްޕޯޓްސް ކްލަބް ގްޑީސްގެ މައްޗަށް ކާމިޔާބު ހޯދީ 3-1 ސެޓުންނެވެ. ލީގު އުސޫލުން ކުޅޭ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ އެއްވަނައިގައި މިހާރު އޮތީ ޕޮލިހެވެ. އެޓީމު ވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.

މިރޭ ސިޓީ އާއި ވެމްކޯ ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް އެ ޓީމަކަށް ޕޮލިހާއި އެއްވަރަށް ޕޮއިންޓް ލިބޭނެ އެވެ. ވެމްކޯ ކުޅުނު ފުރަތަމަ މެޗުގައި އޮފް އެފްސީން މައްޗަށް ކުރީ ހޯދީ 3-2 ސެޓުންނެވެ.