Roadha Mihaaru
އޭޝިއާ ޔޫތު ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު

ވެސްޓަން އޭޝިއާ ޔޫތު ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

14 ޖޫން 2022

ވެސްޓަން އޭޝިއާ ޔޫތު ފެސްޓިވަލުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވެސްޓަން އޭޝިއާ ޔޫތު ފެސްޓިވަލުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

މި ފެސްޓިވަލް އޮންނާނީ މި މަހުގެ 15-23 އަށް އއ. އުކުޅަހުގަ އެވެ. މި ފެސްޓިވަލުގައި ރާއްޖޭގެ އިތުރުން ސްރީ ލަންކާ، ނޭޕާލް، ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން، އުޒްބެކިސްތާނު، ކިރްގިސްތާނު އަދި ކަޒަކްސްތާނުގެ އެތުލީޓުން ބައިވެރިވާނެ އެވެ. މިއީ މި ސަރަހައްދުގައި ބާއްވާ އެންމެ ވާދަވެރި ޖޫނިއާ ޗެސް މުބާރާތެވެ.

މި މުބާރާތް ކުރިއަށް ދާނީ ތިން ފޯމެޓަކަށް ބަހާލައިގެންނެވެ. އެއީ ރެޕިޑް ޗެސް، ބީޗް ބްލިޓްޒް ޗެސް އަދި ކްލެސިކް ޗެސް އެވެ.

މި ފެސްޓިވަލުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރެއްވުމަށް ފަހު ދިރާގުގެ އެސިސްޓަންޓް މެނޭޖާ ބްރޭންޑް، ނާއިޔާ ޝަރީފު ވިދާޅުވީ ރާއްޖޭގެ އެތުލީޓުންނާ މެދު ފަހުރުވެރިވާ ކަމަށާއި މި ފަދަ ކަމެއްގައި އެއްބާރުލުން ދޭން ލިބުމަކީ ކުންފުންޏަށް ވެސް ލިބޭ ފަހުރެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ރައީސް ހުސެއިން ޝިޔާން ވިދާޅުވީ، ދިރާގާ އެއްކޮށް ކުޅިވަރު ކުރިއެރުވުމުގެ އެކި ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި މި ފެސްޓިވަލުގައި ދިރާގުގެ އެއްބާރުލުން ލިބުމަކީ ލިބޭ އުފަލެއް ކަމަށެވެ.

ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ދިރާގުން އިސްކަންދޭ ކަމެކެވެ. މި ފަދަ އެކި ކުޅިވަރު ފެސްޓިވަލާއި އިވެންޓުތަކަށް ދިރާގުން އަންނަނީ އެއްބާރުލުން ދެމުންނެވެ.