ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވައިލި މަދަނީ އިޖުރައާތުގެ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
16 ޖޫން 2022
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވައިލި މަދަނީ އިޖުރައާތުގެ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
ގިނަ ދުވަސްތަކެއްގެ މަސައްކަތަށް ފަހު، މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި މަދަނީ އިޖުރައާތުގެ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު، މަދަނީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ.
ރާއްޖޭގައި ގިނައީ މަދަނީ މައްސަލަތައް ކަމަށް ވާއިރު، އެ ގާނޫނާ އެކު އާންމުންގެ މުދަލާއި ފައިސާއާ ގުޅޭ މައްސަލަތަކުގައި އަމަލުކުރާ އުސޫލުތަކަށް އެއްކޮށްހެން ބަދަލުވީ އެވެ. މިއީ ފަހުގެ ތާރީހެއްގައި އެ ނިޒާމަށް އައި އެންމެ ބޮޑު ބަދަލެވެ.
- މައްސަލަ ކާމިޔާބުވި ފަރާތުގެ ގާނޫނީ ހަރަދު ނާކާމިޔާބުވި ފަރާތުން ދައްކަން ޖެހުން.
- ޣައިރު ހާޒިރުގައި ކުރާ ހުކުމްތައް ރިވިއު ކުރަން އެދެވޭނެ.
- ކުދި މައްސަލަތައް އެންމެ ދުވަހަކުން ނިންމުން.
- ދެ ފަރާތް އެއްބަސްވާ ނަމަ، އަޑުއެހުމަކާ ނުލައި މައްސަލަ ނިންމުން.
- ހުކުމަށް އަމަލު ނުކުރާ ނަމަ ދަރަނިވެރިޔާގެ މުދާ ކޯޓުން މޮނިޓާކުރުން.
ރާއްޖޭގައި މިހާތަނަށް ލިޔުނު އެންމެ ދިގު އެ ގާނޫނު އަމަލުކުރަން ފެށިޔަސް، ކޮންމެ ކޯޓަކުން ވަކި ގަވާއިދެއް ހަދަން ޖެހޭތީ ގާނޫނީ ބޭފުޅުންގެ ކަންބޮޑުވުން އެބައޮތެވެ. އެއީ އެކި ރަށްރަށުގެ ކޯޓުތަކުން އެކި ގޮތަށް ގަވާއިދު ހަދައިގެން އަމަލު ކޮށްފާނެތީ އެވެ. ގާނޫނު ބުނާގޮތުން ގަވާއިދު ހަދަންޖެހޭނީ ކޮންމެ ކޯޓަކުން ވަކިންނެވެ.
އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، ކުރީގެ ތިން ގާނޫނަކާއި ޝަރީއަތް ކުރުމާބެހޭ ގަވާއިދުގެ 1 އަދި ދެވަނަ ބައި ވެސް އުވުނީ އެވެ. އުވައިލި ތިން ގާނޫނަކީ ތަރިކައާ ބެހޭ ދައުވާގެ ގާނޫނާއި ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދައުވާ އާއި މައްސަލަތައް ޝަރީއަތަށް ހުށަހެޅުމާ ބެހޭ ގާނޫނާއި ފައިސާ ބަހައްޓައިގެން މީހުން ޝަރީއަތަށް ހާޒިރު ކުރުމާއި މެސެޖްގެ ޒަރީއާއިން ހެކިބަސް ހޯދުމާބެހޭ ގާނޫނެވެ.
ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ލާ ގޮތަށް ހަދައިފި
މަތީ ކޯޓުތަކުގެ ނިންމުން "ކަރުދާސްކޮޅަކަށް" ވަނީތަ!
ޑިސްޕިއުޓް އުވާލުމުން ނިންމި މައްސަލަތައް މަދުވެއްޖެ
ތަހުވީލުކޮށްފިނަމަ އިސްތިއުނާފް ނިމެންދެން މަޑުޖައްސަނީ
ސިވިލް ކޯޓަށް އާ ދެ ފަނޑިޔާރުން އައްޔަންކޮށްފި
ސިވިލް ކޯޓުން މައްސަލަ ބަލާ އުސޫލު ބަދަލުކޮށްފި
ނުފޫޒުު ފޯރުވުނު ނަމަ މިނިވަނެއް ނުކުރާނެ: ޔާމީން
ޖޫރިމަނާގެ ބޮޑެތި އަދަދުތައް އަތް ނުފޯރާ ފަށުގައި
އަހަރެއްގެ ތެރޭގައި ސުޕްރީމް ކޯޓުން ބޮޑު ބަދަލެއް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ނިހާޔަތު ކުރިމަތިލައިފި