ސިވިލް ކޯޓަށް އާ ދެ ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އައްޔަންކޮށްފި އެވެ.
15 މާޗް 2022
ސިވިލް ކޯޓަށް އާ ދެ ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އައްޔަންކޮށްފި އެވެ.
އެ ކޯޓުގެ ފަނޑިޔާރުން ކަމަށް އައްޔަންކޮށްފައި ވަނީ ސ. ފޭދޫ، ފިތިރޯނުގެ، ޒުލައިހާ ޝީޒާ އާއި ގއ. މާމެންދޫ، ފެހިގެ، އަހްމަދު ނިމާލް ޖުނައިދެވެ.
ޖޭއެސްސީގައި ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ފަނޑިޔާރުން ވަނީ މަގާމު ހުވާކުރައްވައިފަ އެވެ. ޖޭއެސްސީގެ ރައީސް ހިސާން ހުސެއިންގެ ކުރިމަތީގައި އެ ދެ ފަނޑިޔާރުންނަށް ހުވާލައިދެއްވީ ހައިކޯޓްގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ އެވެ.
އެ ރަސްމިއްޔާތުގައި ޖޭއެސްސީގެ އިސްވެރިންނާއި ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން، ސިވިލް ކޯޓަށް އަލަށް އައްޔަންކުރި ފަނޑިޔާރު ޒުލައިހާ ޝީޒާއާ މަގާމުގެ ފަތްކޮޅު ހަވާލުކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެޓާނީ ޖެނަރަލް އޮފީހުގެ އެކި މަގާމުތައް ކުރިން އަދާކުރެއްވި ޒުލައިހާ ޝީޒާ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވާސިޓީން ބެޗްލާސް އޮފް ލޯސް (އޮނާސް) ހާސިލްކުރައްވައި، ބަކްބެކް ކޮލެޖް، ޔުނިވާސިޓީ އޮފް ލަންޑަން އިން މާސްޓަ އޮފް ލޯސް އިން ކޮންސްޓިޓުޝަނަލް ޕޮލިޓިކްސް، ލޯ އެންޑް ތިއަރީ ވެސް ހާސިލްކުރައްވައިފަ އެވެ.
އޭނާ ވަނީ އެޖީ އޮފީހުގައި ސްޓޭޓް ކައުންސެލް ކަމާއި ސީނިއާ ސްޓޭޓް އެޓާނީ ކަމުގެ އިތުރުން ސްޓޭޓް އެޓާނީގެ މަގާމުގައި ތިން އަހަރަށް ވުރެ ދިގު މައްދަތަކަށް ހިދުމަތްކުރައްވައިފަ އެވެ.
ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން، ސިވިލް ކޯޓަށް އަލަށް އައްޔަންކުރި ފަނޑިޔާރު އަހްމަދު ނިމާލް ޖުނައިދުއާ މަގާމުގެ ފަތްކޮޅު ހަވާލުކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އަހްމަދު ނިމާލް ވަނީ ވިލާ ކޮލެޖުން ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ (އޮނާސް) ހާސިލްކުރައްވައިފަ އެވެ. އޭނާ ވަނީ ލޯ ފާމެއް ކަމަށްވާ ފަރްހާން ޒަމީލް އެންޑް ނިމާލްގެ މެނޭޖިން ޕާޓްނާރެއްގެ ގޮތުގައި އެއް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ.
ސިވިލް ކޯޓުގެ އިސްގާޒީގެ މައްސަލައެއް ޖޭއެސްސީއަށް
ދަށު ކޯޓުތަކުން ޖޭއެސްސީ އަށް ފަރުހާދު އިންތިހާބުކޮށްފި
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު
ސިވިލް ކޯޓު ހިންގުން ގާޒީ ފަރުހާދާ ހަވާލުކޮށްފި
ފަނޑިޔާރު ކަމަށް ކުރިމަތިލާއިރު އިމްތިހާނެއް ދެނީ
ގާޒީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތެއްނުވި
ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަނީ
ޖޭއެސްސީން މިދިޔަ އަހަރު ނިންމީ ގިނަ ޝަކުވާ ނުބަލަން
"މަސައްކަތް މިކުރަނީ ރަނގަޅު ފަނޑިޔާރުން ހޯދައިދޭން"
ފަނޑިޔާރުންގެ ޗުއްޓީޕްލޭން ދުރާލާ ހަދަން އަންގައިފި