މަދީނާ ޔުނިވާސިޓީގެ ޝަރަފުވެރި އެވޯޑެއް، ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރޭ ދީފި އެވެ.
16 ޖޫން 2022
މަދީނާ ޔުނިވާސިޓީގެ ޝަރަފުވެރި އެވޯޑެއް، ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރޭ ދީފި އެވެ.
އެ ޔުނިވާސިޓީގައި ބޭއްވި ހާއްސަ ހަފުލާއެއްގައި "ޖާއިޒަތުލްހިއްރީޖިނައްރުއްވާދު" އެވޯޑް، ޝަހީމާ، ހަވާލު ކޮށްދެއްވީ ސަލްމާން ރަސްގެފާނުގެ ދަރިކަލުން މަދީނާގެ އަމީރު ފައިސަލްބިން ސަލްމާނެވެ.
އެއީ، މަދީނާ ޔުނިވާސިޓީގެ އިސް ދަރިވަރުންނަށް ހާއްސަކޮށް ދޭ އެންމެ ޝަރަފުވެރި އެވޯޑެކެވެ. މި އަހަރު އަލަށް ދޭން ފެށި އެ އެވޯޑް، ޝަހީމާއެކު މެލޭޝިއާ އަދި ސެނެގަލްގެ ބޭފުޅަކަށް ލިބިވަޑައިގަތެވެ.
އެވޯޑާއެކު ޝަހީމަށް 50،000 ރިޔާލް (204،665ރ.) ވެސް ލިބިވަޑައިގަތެވެ.
Dr. Mohamed Shaheem Ali Saeedh, President of IOCC, has received the "Jaaizathulkhirreejeenahruhvaadhu" Alumni Leadership Award from Medina's Islamic university.
— IOCC Maldives (@IOCCMv) June 15, 2022
This is the highest honor bestowed for ex-students who graduated from that university. @Mohamedshaheem1 pic.twitter.com/pmMtkTyqgr
އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރުކަމާއި ޗާންސެލަރުކަން ވެސް ކުރެއްވި މަދީނާ ޔުނިވާސިޓީން ޝަރީއާގެ ފުރަތަމަ ޑިގްރީ އަށް ކިޔަވައި ވިދާޅުވާން ފެއްޓެވީ 2001 ވަނަ އަހަރު އެވެ. އޭގެ ފަހުން މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އަދި ޕީއެޗްޑީ ހާސިލްކުރެއްވި އެވެ.
އޭނާ ޕީއެޗްޑީ ތީސިސް ލިޔުއްވީ ރާއްޖޭގައި ޒަކާތުގެ ހަރުދަނާ މާލީ ނިޒާމެއް ގާއިމުކުރުމާ ބެހޭ ގޮތުންނެވެ
މެލޭޝިއާ އިންޓަނޭޝަނަލް ޔުނިވާސިޓީ އެލަމްނައި ލީޑަޝިލް އެވޯޑް ވެސް ޝަހީމަށް އެ ޔުނިވާސިޓީން ވަނީ ދީފަ އެވެ. އެއީ ޔުނިވާސިޓީގެ އެލަމްނައިގެ ތެރެއިން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތާއި ލީޑަޝިޕްގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ބޭފުޅުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމު ލީޑަރުންގެ ލިސްޓުގައި އިދާރީ ލީޑަރުންގެ ބައިގައި ވެސް ޝަހީމްގެ ނަން ހިމަނާފައިވެ އެވެ.
މީގެ 61 އަހަރު ކުރިން ބިނާކުރި އިސްލާމިކް ޔުނިވާސިޓީގައި 22،000 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.
ނަބަވީގެ އިމާމު ރާއްޖެ ވަޑައިގަތުމުން ހޫނު މަރުހަބާއެއް
މަދީނާ ޔުނިވާސިޓީގެ ރައީސް ރާއްޖެ ވަޑައިގެންފި
ސުންނަތަށް ތަބާވެ މެދުމިނުގައި ނަމާދުކުރުމަށް އެދިއްޖެ
ހަރަމްފުޅު އިމާމް ރައީސްގެ އަރިހަށް ޒިޔާރަތްކުރައްވައިފި
ހަރަމްފުޅުގެ އިމާމުގެ ދަރުހެއް ބުރާސްފަތި ދުވަހު
މަދީނާގެ ހަރަމްފުޅުގެ އިމާމު ރާއްޖެ ވަޑައިގަންނަވަނީ
އައިޔޫއެމް-މަދީނާ ޔުނިވަސިޓީ ގުޅިގެން މަސައްކަތް ކުރަނީ
މަދީނާ އެކްސިޑެންޓުގައި އެއް އާއިލާއަކުން 18 މަރު
ބާކީވާ ހައްޖު ކޯޓާގެ ބައެއް ރާއްޖެއަށް ހޯދަން މަޝްވަރާ
"ބާ މިސްކިތްތަކުގެ ބަދަލުގައި އާ މިސްކިތްތައް އަޅާނެ"