Roadha Mihaaru
ކުޑަގިރި ޕިކްނިކް އައިލެންޑް ރައީސް ބައްލަވާލައްވައިފި

ކުޑަގިރި ޕިކްނިކް އައިލެންޑް ރައީސް ބައްލަވާލައްވައިފި

16 ޖޫން 2022

ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގެ މަސައްކަތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްލަވާލައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގެ މަސައްކަތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްލަވާލައްވައިފި އެވެ.

ކުޑަގިރި ފަޅު ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރަމުންނއަންނައިރު މިއީ މާލޭ ސަރަހައްދުގައި ޕިކްނިކް ދާނެ ރަށެއް ނެތުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ތަރައްގީކުރާ ތަނެކެވެ.

ރައީސް އޮފީހުން ބުނީ ކުޑަގިރިއަށް ވަޑައިގެން ޕިކްނިކް އައިލެންޑްގެ ސައިޓް ރައީސް ބައްލަވާލައްވާފައިވާ ކަމަށާއި އެމަނިކުފާނު ވަނީ އެތަން ފެހިކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރުކެއް ވެސް އިންދަވާފައި ކަމަށެވެ. އެމަނިކުފާނާ އެކު މިދަތުރުފުޅުގައި ނައިބް ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގަތެވެ.

އަންނަ މަހު ޕިކްނިކް އައިލެންޑް ހުޅުވުމުގެ މަސައްކަތްކުރަމުން އަންނައިރު އެތަނަށްދާ މީހުންނަށް ފެންވެރޭނެ ގޮތް ހެދުމަށް ފާހާނާ އާއި ކޮޓަރި އަދި މިސްކިތް ގާއިމުކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.

މާލޭ މީހުންނަށް ޕިކްނިކް ދިއުމަށް ވަކި ރަށެއް ގާއިމުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ކުޑަގިރު ތަރައްގީކުރަން ފެށުމުގެ ކުރިން ސަރުކާރުން އެންމެ ފުރަތަމަ ނިންމީ ކ. އެނބޫދޫފަޅުގައި ހިއްކާފައިވާ ރަށެއްގައި ޕިކްނިކް އައިލެންޑް ހެދުމަށެވެ. އެކަމަކު ސަރުކާރުގެ ނިންމުން ބަދަލުކޮށް ފަހުން ނިންމީ ކުޑަގިރިއަށް ޕިކްނިކް އައިލެންޑް ބަދަލުކުރާށެވެ.