17 ޖޫން 2022
މިހާތަނަށް ރާއްޖޭގައި ތަރައްގީކުރި އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓް، "އޮންލީ ބްލޫ" ހުޅުވައިފި އެވެ.
މިހާތަނަށް ރާއްޖޭގައި ތަރައްގީކުރި އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓް، "އޮންލީ ބްލޫ" ހުޅުވައިފި އެވެ.
މިދިޔަ ހޯމަ ދުވަހު ހުޅުވި އެ ރެސްޓޯރެންޓަކީ އެޓްމޯސްޕިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ "ކަލާސް އޮފް ބްލޫ" ބްރޭންޑްގެ ދަށުން ތަރައްގީ ކޮށްފައިވާ ރެސްޓޯރެންޓެކެވެ.
އެޓްމޯސްފިއާ ހޮޓެލްސްގެ 'އޮބްލޫ ސެލެކްޓް ލޯބިގިލި' ރިސޯޓާއި 'އޮބްލޫ އެކްސްޕީރިއެންސް އާއިލާފުށި' ރިސޯޓާ ދޭތެރޭގައި އަޅާފައިވާ އެ ރެސްޓޯރަންޓުގެ ޑައިނިން ރޫމުގެ ބޮޑުމިނުގައި 190 އަކަ މީޓަރުގެ ޖާގައާ އެކު 46 ގޮނޑި ހިމެނެ އެވެ. ރެސްޓޯރެންޓަށް ދަނީ އެ ދެ ރިސޯޓުގެ ދޭތެރޭ އަޅާފައިވާ ލަކުޑި ފާލަމަށް އަރައިގެން ގޮހެވެ.
ކަލާސް އޮފް ބްލޫ ބްރޭންޑްގެ ދެ ރިސޯޓުގެ މަތިން ނަގާފައިވާ ސެޓަލައިޓް ފޮޓޯއެއް---ފޮޓޯ: ގޫގުލް މެޕްސް
ރެސްޓޯރަންޓަށް ޒިޔާރަތްކުރާ ޓޫރިސްޓުން ކަނޑު އަޑީގެ 6.8 މީޓަރުގައި ތިބެ، ރީތި މަންޒަރުތަކާއި، ހިތްގައިމު ފަރުތަކާއި އެކިކުލަކުލައިގެ ކަނޑުގެ ދިރުންތަކާ އެކު ކެއުމުގެ ފުރުސަތު ލިބެ އެވެ. އަދި ރެސްޓޯރަންޓުގައި ތިބޭ މީހުންނަށް ބަދިގޭގައި ޝެފުން ކާން ތައްޔާރު ކުރާ ތަން ވެސް ފެންނާނެ އެވެ.
ޓޫރިސްޓުންނަށް ހާއްސަކޮށްގެން ހުޅުވި ލޯބިގިލި ރިސޯޓަށް ޒިޔާރަތް ކުރާ ޓޫރިސްޓުންނަށް، އެ ރިސޯޓުން ދޭ 'ލޯބި ޕްލޭން އޮފާ' އަދި މަދުވެގެން ހަތަރު ދުވަހުގެ ހުރުން ބުކް ކޮށްގެން އޮންލީ ބްލޫ އިން އެއް ކެއުން ހިލޭ ލިބެ އެވެ. ނަމަވެސް އާއިލާފުށްޓަށް ޒިޔާރަތްކުރާ މީހުންނަށް އޮންލީ ބްލޫ އިން ލަންޗް އަދި ޑިނާ ވެސް ބުކް ކުރެވޭނީ އިތުރު ހަރަދެއް ކޮށްގެންނެވެ.
ތަފާތު ވައްތަރުގެ ކެއުންތައް ލިބޭ އެ ރެސްޓޯރެންޓް ހުޅުވާފައި ހުންނަނީ މެންދުރު 12:00 އިން 3:00 އަށް އަދި އިރުއޮއްސި 6:30 އިން ރޭގަނޑު 10:00 އާ ހަމައަށެވެ.
މާލެ އަތޮޅުގެ އުތުރުގައި އޮންނަ އެ ދެ ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗެއްގައި ދާން 15 މިނެޓު ނަގަ އެވެ.
10،000 ބްރޭންޑާ އެކު އެފްއެޗްއޭއެމް ފަށައިފި
"5.8 އަންޑަސީ": ހައިރާންވަނީ ހަމަ ހިތްގަައިމުކަމުން
ޓްރެވެލޫޝަންގެ ތިން ވަނަ އެޑިޝަން ނެރެފި
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ޑަބްލިއުޓީއެމްގައި ރާއްޖޭގެ 217 ބައިވެރިން
"ޓޫރިޒަމް ކުރިއަރުވާނީ ތިމާވެށި ރައްކާތެރިކޮށްގެން"
ސްޕޯޓްސް ޓޫރިޒަމަށް ޔުވެންޓަސްއާއެކު މަޝްވަރާ ކޮށްފި
ހައްޖު ކޯޕަރޭޝަނުން މާފުށީގައި ސިޓީ ހޮޓަލެއް އަޅަނީ
އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއީއޯއަކަށް ސޮލާހު