18 ޖޫން 2022
އެޗްބީއޯ އިން ގެނެސްދިން އެންމެ ކާމިޔާބު ޓީވީ ސީރީޒް "ގޭމް އޮފް ތުރޯންސް"ގެ ލީޑު އެއް ކެރެކްޓާ ކަމަށްވާ ޖޯން ސްނޯއާ އެކު، އެ ސީރީޒްގެ ސްޕިން އޮފްއެއް ގެނެސްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެޗްބީއޯ އިން ގެނެސްދިން އެންމެ ކާމިޔާބު ޓީވީ ސީރީޒް "ގޭމް އޮފް ތުރޯންސް"ގެ ލީޑު އެއް ކެރެކްޓާ ކަމަށްވާ ޖޯން ސްނޯއާ އެކު، އެ ސީރީޒްގެ ސްޕިން އޮފްއެއް ގެނެސްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ވެރައިޓީން ރިިޕޯޓްކުރި ގޮތުގައި، އެ ސްޕިން އޮފް ސީރީޒްގައި ވެސް ޖޯން ސްނޯގެ ރޯލުން ފެންނާނީ "ގޭމް އޮފް ތުރޯންސް"ގެ އޮރިޖިނަލް ސީރީޒްގައި އެ ރޯލު ކުޅުނު ކިޓް ހެރިންގްޓަން ކަމަށެވެ. އަދި އެ ސީރީޒްގައި ފަށާނީ "ގޭމް އޮފް ތުރޯންސް" ނިންމާލި ހިސާބުން ކަމަށް ވެސް ބުންޏެވެ.
އެ ސީރީޒްގެ މަސައްކަތް މިހާރު އޮތީ ޑިވެލޮޕްމަންޓް ސްޓޭޖުގައި ކަމަށް ވެސް ބުންޏެވެ.
"ގޭމް އޮފް ތުރޯންސް"ގެ ފަހު ސީޒަން ނިންމާލި ގޮތް ކަމުނުގޮސްގެން، އެ ސީރީޒްގެ ފޭނުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. މިއަދާ ހަމަ އަށް ވެސް ފޭނުން އެ ރުޅިގަނޑުގައި ތިބިއިރު، ޖޯން ސްނޯގެ ސްޕިން އޮފްއެއް ގެނެސްދޭން އުޅޭކަން އެނގުމުން އެކަމަށް ވެސް ފޭނުން އަންނަނީ އެ ރުޅި ބާލަމުންނެވެ.
އެޗްބީއޯ އިން އަންނަނީ "ގޭމް އޮފް ތުރޯންސް"ގެ އިތުރު ސްޕިން އޮފްއެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ އެ ސީރީޒްގައި ދެއްކި ހާދިސާތައް ހިނގުމުގެ 200 އަހަރު ކުރިން ހިނގި ކަންތައްތަކެއް ދައްކާނެ "ހައުސް އޮފް ދަ ޑްރެގަން" އެވެ. އަންނަ އޮގަސްޓް މަހު 21 ގައި އެ ސީރީޒް ޕްރިމިއާކުރާނެ އެވެ.
އިއުލާންކޮށްފައިވާ އިތުރު ސްޕިން އޮފްތަކުގެ ތެރޭގައި "ޓޭލްސް އޮފް ޑަންކް އެންޑް އެގް"، "ޓެން ތައުޒަން ޝިޕްސް"، "ނައިވް ވޮޔޭޖެސް"، "ފްލީ ބޮޓަމް" އަދި އެނިމޭޓެޑް ސީރީޒެއް ހިމެނެ އެވެ.
ގޭމް އޮފް ތުރޯންސްގެ ޕްރީކުއެލް އޮގަސްޓް 21 ގައި
"ގޭމް އޮފް ތުރޯންސް" ގެ ޕްރީކްއެލްގެ ޓީޒާއެއް
"ގޭމް އޮފް ތުރޯންސް" ކަހަލަ ހިންދީ ސީރީޒެއް
ތުރޯންސްގެ ޕްރީކްއެލް އަކީ ހައުސް އޮފް ދަ ޑްރެގަން
"ތުރޯންސް" ގެ އިތުރު ޕްރިކްއެލްއެއް
އެމީ އެވޯޑްސް: "ތުރޯންސް" އަށް 32 ނޮމިނޭޝަން
"ތުރޯންސް" ގެ ޕްރިކްއެލްގެ ޝޫޓިން ފަށައިފި
ގޭމް އޮފް ތުރޯންސްގެ ފަހު ސީޒަން އަލުން ހަދަން އެދެނީ
ގޭމް އޮފް ތުރޯންސަށް ސްޕޮއިލާ އިންޝުއަރެންސް ޕެކެޖެއް
މެއިޒީ ވެސް ނަފްސާނީ މައްސަލަތަކުގެ ތެރޭގައި