ޑްރަގްސް ބޭނުން ކުރުމަކީ ހުރިހާ ކަމެއްގެ ހަލާކެވެ؛ މިކަމަށް ޔަގީނުން ވެސް އެއްބަސްވާނެ މީހަކީ މުހަންމަދު ތޮއްލަމް އެވެ. އޭނާ އެންމެ ލޯބިވި ކަންތަކާ އުމުރުގެ ވަކި ހިސާބަކުން ހިތިގޮތަކަށް އަލްވަދާއު ކިޔަން ޖެހުނީ ޑްރަގްސްއާ ހެދި އެވެ.
26 ޖޫން 2022
ޑްރަގްސް ބޭނުން ކުރުމަކީ ހުރިހާ ކަމެއްގެ ހަލާކެވެ؛ މިކަމަށް ޔަގީނުން ވެސް އެއްބަސްވާނެ މީހަކީ މުހަންމަދު ތޮއްލަމް އެވެ. އޭނާ އެންމެ ލޯބިވި ކަންތަކާ އުމުރުގެ ވަކި ހިސާބަކުން ހިތިގޮތަކަށް އަލްވަދާއު ކިޔަން ޖެހުނީ ޑްރަގްސްއާ ހެދި އެވެ.
ރާޅުގަނޑަށް އޭނާ ފުންމާލީ ސްކޫލުގައި ކިޔަވަމުން، 1996 ގަ އެވެ. ސާފިންގައި މުހިންމު ނަމެއްގެ ގޮތުގައި އޭނާގެ ނަން މިހާރު ލިޔަން ޖެހުނަސް، ރާޅާ އަޅަން ފެށިތާ ގިނަ ދުވަސްތަކެއް ނުވެ ރާޅުތަކުގެ ތެރޭގައި އޭނާ ޑްރަގަށް ގެނބުނީ އެވެ. އެއީ، އޭނާ ސިފަކުރާ ގޮތުގައި ހިތްދަތި ހަޔާތެކެވެ.
"ދެން އަހަރެންގެ ފެމިލީން ބޭނުން ނުވީ މާލޭގައި ބަހައްޓަން ވެސް. އަމިއްލަ އަތޮޅަށް، އައްޑު އަށް ގެންދިޔައީ،" ޑްރަގްސްއާ މުޅިން ދުރުވެ، މިހާރު 15 ވަނަ އަހަރު ހޭދަކުރާ ތޮލްއަމް ބުންޏެވެ.
"އައްޑު އަށް ދިޔައިރު ރާޅާ އަޅާ ރައްޓެއްސަކު ނެތް. އެ ހިސާބުން ބޮޑު ބްރޭކަކަށް ދިޔައީ،" އޭނާ ކިޔައިދިނެވެ.
އެކަމަކު އޭނާ ހިތްވަރު ދުލެއް ނުކުރެ އެވެ. ބޯޑާ އެކު އޭނާ އަނެއްކާ ވެސް ރާޅުގަނޑަށް ފުންމާލި އެވެ. އޭނާ އެންމެ ލޯބިވި ކުޅިވަރަށް އެނބުރި ދިޔަ އެވެ. އެކަމަކު ޑްރަގާ އަލްވަދާއު ކިޔެވެ.
މިއީ، އޭނާ ޒުވާނުންނަށާއި ރާޅާ އަޅާ މީހުންނަށް ދޭ މުހިންމު މެސެޖެވެ. އޭނާ ބުނާ ގޮތުން، "ބޮލެއް ނިގުލެއް ނެތް އެއްޗަކަށް އަޅުވެތިވެގެން ހުރުން ނިމުމަކަށް އައުމުން" ކޮންމެ ދުވަހަކީ ވެސް އެކަމާ ދޭތެރޭ ފަޚުރުވެރިވެ ޝުކުރު އަދާކުރާ ދުވަހެކެވެ.
މާވަށުގައި މީހަކު މަރާލަން ބޭނުންކުރި ވަޅި ހޯދައިފި
ހަތަރު ކިލޯގެ ޑްރަގާ އެކު މީހަކު ހައްޔަރުކޮށްފި
ދަރިފުޅު ހަށިގަނޑުގައި ޑްރަގްސް، މަންމަ ހޯދަނީ
ޑްރަގާއެކު ކުޅުދުއްފުށި އެއާޕޯޓުން ދެ މީހަކު ހައްޔަރު
ހައްޔަރުކުރި ފުލުސް ކޮކެއިންއަށް ޕޮޒިޓިވް
މަސްތުވާތަކެއްޗާއެކު ފުލުހަކާއި ނޫސްވެރިއަކު ހައްޔަރު
ރެކޯޑް ސްކޯއަކާ އެކު ޖޫނިއާ ޗެމްޕިއަންކަން ސައްޔިދަށް
އަންމަޑޭ އަލުން މުލީގެ ޗެމްޕިއަންކަން ހޯދައިފި
72 ކިލޯ ޑްރަގުގެ މައްސަލަ އިސްތިއުނާފުކޮށްފި
މިއަހަރުގެ ގައުމީ ސާފް ލީގު މުލީގައި ފަށައިފި