ހދ. ކުޅުދުއްފުއްޓަށް ވައިގެމަގުން މަސްތުވާތަކެތި އެެތެރެކުރަން އުޅުނު ދެ މީހަކު އެ ރަށު އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
20 ޖުލައި 2025
ހދ. ކުޅުދުއްފުއްޓަށް ވައިގެމަގުން މަސްތުވާތަކެތި އެެތެރެކުރަން އުޅުނު ދެ މީހަކު އެ ރަށު އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ވައިގެމަގުން ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށި ޕޮލިސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ލީޑް، މުހައްމަދު ހުމާމް ހަސަން ނައީމް، 29 އާއި މ. އަރޫދާގެ، އަބްދުﷲ އިބްރާހިމް، 53 އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށީ އެއާޕޯޓުން ކަމަށެވެ.
ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 52.2 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުމާމް ހަސަން ނައީމަށް 10 ދުވަހަށް އަދި އަބްދުﷲ އިބްރާހީމަށް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
އަނިޔާގެ ރިޕޯޓަކާހެދި ވަންއިރު ފެނުނީ 17 ކިލޯ ޑްރަގް
ޑްރަގްބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ ހަވާލުކޮށްފި
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ޑްރަގާ އެކު ހައްޔަރުކުރި އަންހެން ފުލުހަކު ވަކިކުރަނީ
އަތުލިޔުމާ ހެދި އުމުރު ދުވަހުގެ ޖަލު ހުކުމެއް
ޑްރަގާއެކު އަތުލައިގަތް ނެދަލެންޑްސް މީހާ ބަންދަށް
ޑްރަގް މައްސަލައެއްގައި ނިލަންދޫން ނުވަ މީހަކު ހަައްޔަރު
ހަތަރު ކިލޯގެ ޑްރަގާ އެކު މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެބެއިން ހައްޔަރުކޮށްފި